Roadha Mihaaru
ބާސެލޯނާ މޮޅުވިއިރު، މެޑްރިޑް ޑާބީ އެއްވަރު

ބާސެލޯނާ މޮޅުވިއިރު، މެޑްރިޑް ޑާބީ އެއްވަރު

29 ސެޕްޓެމްބަރ 2019

މެޑްރިޑް (ސެޕްޓެމްބަރު 29) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން ރަށުން ބޭރުގައި ގެޓަފޭ އަތުން 2-0 އިން މޮޅުވިއިރު، އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޑްރިޑް ޑާބީ މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ސެޕްޓެމްބަރު 29) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން ރަށުން ބޭރުގައި ގެޓަފޭ އަތުން 2-0 އިން މޮޅުވިއިރު، އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޑްރިޑް ޑާބީ މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ރޭގެ ނަތީޖާތަކަށް ފަހު ރެއާލް އެއް ވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތީ ރޭ ލެގަނޭސް އަތުން 1-0 އިން މޮޅުވެ، ހަތް މެޗުން 14 ޕޮއިންޓް ހަމަކުރި ގްރަނާޑާ އެވެ. އެތުލެޓިކޯ އަށް ވެސް ހަތް މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި ބާސެލޯނާ އޮތީ ހަތް މެޗުން 13 ޕޮއިންޓާ އެކު އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގައި ރެއާލާއި އެތުލެޓިކޯ އަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފަ އެވެ. އެ ގޮތުން އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނުއިރު، ރެއާލުގެ ގަރެތު ބޭލް މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ހުރެފައި ޖެހި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ. ރެއާލް މޮޅުކޮށްދޭން ކަރިމް ބެންޒެމާ ޖެހި ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ސުއަރޭޒް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ސުއަރޭޒް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ނުލައި އެ ޓީމުން ކުޅުނުއިރު މި މެޗުގައި ބާސެލޯނާގެ ލަނޑުތައް ކާމިޔާބުކުރީ ލުއިސް ސުއަރޭޒް އާއި ޖޫނިއާ ފާޕޯ އެވެ. ސުއަރޭޒް ޖެހި ގޯލުގައި އޭނާ އަށް އެ ފުރުސަތު ތަނަވަސްކޮށްދިނީ ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އެވެ.

މިއީ މި އަހަރުގެ އޭޕްރީލް މަހަށް ފަހު ބާސެލޯނާ އިން ލީގުގައި ރަށުން ބޭރުގައި ފުރަތަމަ މޮޅު ހޯދިއިރު، މި މެޗުގައި ވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ފާހަގަވި ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުންޏެވެ.

"ފުރަތަމަ ހާފް ދިޔައީ ރަނގަޅަކަށް ނޫން. ލަނޑެއް ޖެހުމުން އަހަރެމެންނަށް ހަމަޖެހިލެވުނީ. މިއީ ރަނގަޅު ކުރަން ޖެހޭ ކަމެއް،" ވަލްވޭޑޭ ބުންޏެވެ.

މި ފަހަރުގެ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އައި އެތުލެޓިކް ބިލްބާއޯ ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ވެލެންސިއާ އަތުން ބަލިވެފަ އެވެ.