30 ސެޕްޓެމްބަރ 2019
މެޑްރިޑް (ސެޕްޓެމްބަރު 30) - މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޑްރިޑް ޑާބީގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް، ލައިންސަމަނަކާ ބޭއަދަބީ އިބާރާތުން ވާހަކަ ދައްކާފައިވާތީ އޭނާ ސަސްޕެންޑްކުރަން އެތުލެޓިކޯ މެޑްރިޑުން ބާރުއަޅަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑް (ސެޕްޓެމްބަރު 30) - މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޑްރިޑް ޑާބީގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް، ލައިންސަމަނަކާ ބޭއަދަބީ އިބާރާތުން ވާހަކަ ދައްކާފައިވާތީ އޭނާ ސަސްޕެންޑްކުރަން އެތުލެޓިކޯ މެޑްރިޑުން ބާރުއަޅަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާއާ ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗުގައި އެ ޓީމުގެ ޑިއޭގޯ ކޮސްޓާ އެ މެޗުގެ ރެފްރީއާ ބޭއަދަބީ ބަހުން މުއާލަމާތުކުރުމުން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭނާ އަށް މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
ރެއާލާއި އެތުލެޓިކޯ ކުޅުނު މެޗުގައި ރާމޯސް، މެޗުގެ ލައިންސްމަނާ ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާ އެކު ވަގުތުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ އެކަން ހަތަރު ވަނަ އޮފިޝަލުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެކަމަކު ސިމިއޯނީގެ އެ އެޕީލަށް ރެފްރީގެ މާ ބޮޑު ސަމާލުކަމެއް ނުލިބުނެވެ. އަދި އެ މެޗުގެ ރެފްރީ ރިޕޯޓްގައި ވެސް އެ ކަންތައްތައް ހިމަނާފައިނުވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ރެފްރީ ރިޕޯޓްގައި ހިމަނާފައިނުވާތީ އެތުލެޓިކޯ އިން މިހާރު އަންނަނީ ރަސްމީކޮށް އެ ކަންތައްތައް ސްޕެއިނުގެ ފެޑެރޭޝަނަށް ހުށަހަޅަން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ކުރަމުންނެވެ. އެތުލެޓިކޯ އިން މި މައްސަލަ ޖައްސާއިރު ހެއްކެއްގެ ގޮތުގައި ލައިންސްމަނާއި ވީޑިއޯ ހުށަހަޅާނެ ކަމަށްވެ އެވެ.
ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުގެ ގަވާއިދުގައިވާ ގޮތުން މެޗުގެ އޮފިޝަލަކާ އިހުތިރާމް ކުޑަކޮށް ވާހަކަ ދައްކައިފިނަމަ މަދުވެގެން ހަތަރު މެޗުގެ ސަސްޕެންޝަނެއް އަންނާނެ އެވެ. މި މައްސަލައިގައި ރާމޯސް އަށް ބޮޑު ސަސްޕެންޝަނެއް އަތުވެއްޖެނަމަ އޭނާ އަށް މުހިއްމު މެޗުތަކެއް ގެއްލޭނެ އެވެ. އޭގެ ތެރޭގައި އަންނަ މަހު 26 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލަސިކޯ މެޗު ވެސް ހިމެނެ އެވެ.
އެތުލެޓިކޯ މެޗަށް ފަހު ރާމޯސްގެ އެ ކަންތައްތަކާ ބެހޭގޮތުން ރެއާލްގެ ކޯޗު ޒިނެދިން ޒިދާނާ މީޑިއާ އިން ސުވާލުކުރުމުން އޭނާ ބުނީ ނުފެންނަ ކަންތައްތަކެއްގެ ވާހަކަ އޭނާ އަށް ނުދެއްކޭނެ ކަމަށެވެ.
ހޫނުކޮށް ދިޔަ މެޑްރިޑް ޑާބީން އެތުލެޓިކޯ ޕޮއިންޓެއް ހޯދައިފި
ލީގު ހޯދުމުގެ އުއްމީދު ރެއާލް މެޑްރިޑަށް ފަނޑުވެއްޖެ
ރެއާލް ދެ ވަނަ އަށް، އެތުލެޓިކޯ އެއްވަރު
ބެންޒެމާގެ ގޯލުން ރެއާލް ސަލާމަތްވެއްޖެ
ރެއާލުން އެތުލެޓިކޯ ބަލިވުމުގެ ފައިދާނަގައިފި
އެތުލެޓިކޯ އެއް ވަނައިގައި ލީޑުނަގައިފި
އެތުލެޓިކޯ ބަލިކޮށް ރެއާލަށް މުހިއްމު ތިން ޕޮއިންޓް
ލަލީގާގެ ފޭވަރިޓަކީ އެތުލެޓިކޯ: ޒިދާން
ރެއާލް އެއްވަރު، އެތުލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ
ބާސެލޯނާ މޮޅުވިއިރު، މެޑްރިޑް ޑާބީ އެއްވަރު