26 ފެބުރުއަރީ 2023
ފަހު ވަގުތު ޖެހި ގޯލާ އެކު ވާދަވެރި އެތުލެޓިކޯ މެޑްރިޑާ 1-1 އިން ރެއާލް މެޑްރިޑް ރޭ އެއްވަރުކުރި ނަމަވެސް އެ ޓީމު މި މެޗުން މޮޅުނުުވުމުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު ބާސެލޯނާ އަށް ލިބިއްޖެ އެވެ.
ފަހު ވަގުތު ޖެހި ގޯލާ އެކު ވާދަވެރި އެތުލެޓިކޯ މެޑްރިޑާ 1-1 އިން ރެއާލް މެޑްރިޑް ރޭ އެއްވަރުކުރި ނަމަވެސް އެ ޓީމު މި މެޗުން މޮޅުނުުވުމުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު ބާސެލޯނާ އަށް ލިބިއްޖެ އެވެ.
އެއް މެޗު މަދުން ކުޅެ ބާސެލޯނާ މިހާރު އެއް ވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 52 ޕޮއިންޓާ އެކު އެވެ. މިރޭ އަލްމެރިއާ އަތުން މޮޅުވެގެން ބާސެލޯނާ އަށް 62 ޕޮއިންޓް ހަމަކުރެވޭނެ އެވެ. އެ ހިސާބުން ރެއާލްއާ 10 ޕޮއިންޓް ކުރިއަށް އެ ޓީމަށް ޖެހިލެވޭނެ އެވެ.
ޗެމްޕިއަންސް ލީގުގައި އިންގްލެންޑުގެ ލިވަޕޫލް އަތުން ފަހަތުން އަރައި 5-2 އިން މޮޅުވެ ރެއާލުން ނެރުނު ވަރުގަދަ ނަތީޖާ، ލީގުގައި ދެއްކޭ ގޮތެއް ނުވެ އެވެ. އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަތަކެވެ.
ރެއާލުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގެ 64 ވަނަ މިނެޓުގައި އެތުލެޓިކޯގެ އެންހެލް ކޮރެއާ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. އޭނާ ދަނޑުން ފޮނުވާލީ ރެއާލުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަށް އުޅަބޮށިން ހަމަލާދިނުމުންނެވެ.
އެކަކު މަދުވި ނަމަވެސް ލީޑު ނެގީ އެތުލެޓިކޯ އިންނެވެ. މި ގޯލް 78 ވަނަ މިނެޓުގައި ޖެހީ ހޯސޭ މާރިއާ ޖިމެނޭޒް އެވެ. މެޗުގެ 85 ވަނަ މިނެޓުގައި ރެއާލް ސަލާމަތްކޮށްދިނީ، އުމުރުން 18 އަހަރުގެ އަލްވާރޯ ރޮޑްރިގޭޒް އެވެ.
މިދިޔަ ހަފުތާގައި، ރެއާލުގެ ސީނިއާ ޓީމަށް ލީގުގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅެދިން ރޮޑްރިގޭޒް މިވަނީ ދެ މެޗުން، އެއް ގޯލް ޖަހައި އެއް ގޯލް އެސިސްޓްކޮށްފަ އެވެ.
ރެއާލުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މި ނަތީޖާއާ އެކު ލީގު ހޯދުމުގެ އުއްމީދު ފަނޑުވެއްޖެ ކަމަށެވެ. އެކަމަކު އަދި ވެސް އެ ފުރުސަތު އެއްކޮށް ނުގެއްލޭ ކަމަށް އޭނާ ބުންޏެވެ.
"މިއީ ލީގަށް އަލްވަދާއު ކިޔުމެއް ނޫން. އެކަމަކު ކުރިއަށް ވުރެ ވެސް އުނދަގޫވެއްޖެ މިހާރު. އަހަރެމެން ފަހު ވަގުތާ ހަމައަށް މަސައްކަތްކުރާނަން،" އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ވަނީ ލަނޑު ޖެހި ރޮޑްރިގޭޒް އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ސީޒަނުގެ މުހިއްމު ހިސާބެއްގައި އޭނާގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ އެ ކުޅުންތެރިޔާ އަށް އަންނަ ސީޒަނުގައި ސީނިއާ ޓީމުން ޖާގަ ލިބޭނެ ކަމަށެވެ.
ހޫނުކޮށް ދިޔަ މެޑްރިޑް ޑާބީން އެތުލެޓިކޯ ޕޮއިންޓެއް ހޯދައިފި
ރެއާލް ދެ ވަނަ އަށް، އެތުލެޓިކޯ އެއްވަރު
ބެންޒެމާގެ ގޯލުން ރެއާލް ސަލާމަތްވެއްޖެ
ރެއާލުން އެތުލެޓިކޯ ބަލިވުމުގެ ފައިދާނަގައިފި
އެތުލެޓިކޯ އެއް ވަނައިގައި ލީޑުނަގައިފި
އެތުލެޓިކޯ ބަލިކޮށް ރެއާލަށް މުހިއްމު ތިން ޕޮއިންޓް
ލަލީގާގެ ފޭވަރިޓަކީ އެތުލެޓިކޯ: ޒިދާން
ރެއާލް އެއްވަރު، އެތުލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ
ރާމޯސް ސަސްޕެންޑްކުރަން އެތުލެޓިކޯ އިން ބާރުއަޅަނީ
ބާސެލޯނާ މޮޅުވިއިރު، މެޑްރިޑް ޑާބީ އެއްވަރު