Roadha Mihaaru
ޓީޓީގެ އިންތިހާބު އަލީ ރަޝީދު ކާމިޔާބުކުރައްވައިފި

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އަލީ ރަޝީދު ކާމިޔާބުކުރައްވައިފި

08 ސެޕްޓެމްބަރ 2020

ވާދަވެރިކަމަށް ފެނުނު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އިންތިހާބުގައި ބޮޑު ތަފާތަކުން ތޯހާ ސަލީމް ބަލިކޮށް މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި އެވެ.

ވާދަވެރިކަމަށް ފެނުނު ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އިންތިހާބުގައި ބޮޑު ތަފާތަކުން ތޯހާ ސަލީމް ބަލިކޮށް މިހާރުގެ ރައީސް އަލީ ރަޝީދު (އައްޔަ) ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި އެވެ.

މި އިންތިހާބު ހުއްޓުވަން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް އައްޔައާ ވާދަކުރި ޓީމުގެ މެމްބަރު އަދި ކުރީގެ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ހުށަހެޅި ނަމަވެސް ކޯޓުން އެ ގޮތަށް އަމުރު ނުނެރެދިނެވެ. ކޯޓުގައި މައްސަލަ ކުރިއަށްދާނަމަ ރާއްޖެ ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ވަނީ ދުނިޔޭގެ މައި ޓީޓީ އިދާރާ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ދީފަ އެވެ.

TT association ge inthihaabu faskuran court inn amureh nudhin

TT association ge inthihaabu faskuran court inn amureh nudhin

The most trusted news source in the Maldives

Mihaaru

ޓީޓީ އިންތިހާބު ހުއްޓުވަން ކޯޓުން އަމުރު ނެރެނުދިން.

އިންތިހާބު އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ މިއަދު މެންދުރު ފަހު ގަލޮޅު ދަނޑުގަ އެވެ. އިންތިހާބުގައި ވޯޓު ލުމުގެ 15 ކްލަބަކާއި 272 މެމްބަރުން ވަނީ ލިބިފަ އެވެ.

އައްޔަ 155 ވޯޓް ކާމިޔާބުކުރެއްވި އިރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް ތޯހާ އަށް ލިބުނީ 80 ވޯޓެވެ. ނައިބު ރައީސަކަށް ހޮވުނީ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ކޯޗު އިބްރާހިމް ޝިއުރީ އެވެ. ޝިއުރީ އަށް ވަނީ 165 ވޯޓު ލިބިފަ އެވެ. އޭނާއާ ވާދަކުރި އަބްދުﷲ ޝަރީފަށް ލިބުނީ 71 ވޯޓެވެ.

މިއަދު ބޭއްވި ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބުގެ ތެރެއިން އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލެއްވި ތޯހާ (ކ).-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މިއަދު ބޭއްވި ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބުގެ ތެރެއިން އެސޯސިއޭޝަނުގެ ރައީސްކަމަށް ކުރިމަތިލެއްވި ތޯހާ (ކ).-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ހަޒާންދާރަކަށް އަހުމަދު ޝާޒިލް ހޮވުނީ 152 ވޯޓާ އެކު އެވެ. އޭނާއާ ވާދަކުރި މުހައްމަދު ސައީދަށް ލިބުނީ 85 ވޯޓެވެ. ކްލަބް މެމްބަރަކަށް ޖާދުﷲ ހަސަން (ޖޭޑް) ހޮވުނީ 12 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އިބްރާހިމް ލަތީފަށް ލިބުނީ ތިން ވޯޓެވެ. އެސޯސިއޭޓް މެމްބަރަކަށް ކުރިން ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިޔާ އިސްމާއިލް ޝުޖާއު (މިހާރުގެ ޖެނެރަލް ސެކްރެޓަރީއެއް ނޫން) ހޮވުނީ 144 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އައިޝަތު ފަދުވާ ރަޝީދަށް ލިބުނީ 93 ވޯޓެވެ.

އަލިބެއާ ވާދަކޮށް ފަރުދީ ފިރިހެން މެމްބަރަކަށް ހޮވުނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ބައިނަލްއަގްވާމީ އަމްޕަޔަރު އައްޒާމް އިބްރާހިމް އެވެ. އައްޒާމަށް ވަނީ 154 ވޯޓު ލިބިފަ އެވެ. އަލިބެ އަށް ލިބުނީ 79 ވޯޓެވެ. ފަރުދީ އަންހެން މެމްބަރުގެ މަގާމަށް ވާދަކުރީ ކުރީގެ ދެ ޗެމްޕިއަނުންނެވެ. އައިޝަތު ސަމާހަތު ބިންތި ފިރާގަށް އެ މަގާމު ލިބުނީ 143 ވޯޓާ އެކު އެވެ. މުއީނާ މުހައްމަދަށް ލިބުނީ 91 ވޯޓެވެ.

އެސޯސިއޭޝަން ކަޕުގެ ސިންގަލްސް ޗެމްޕިއަންކަން އަދި ގައުމީ މުބާރާތުގެ ޑަބަލްސް އާއި ޓީމް ޗެމްޕިއަންކަން ހޯދާފައިވާ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުން ހުއްޓާލީއްސުރެ އެސޯސިއޭޝަނަށް ހިދުމަތްކުރަމުންނެވެ. އެގޮތުން 2006 އިން 2008 އަށް އިދާރީ މަސައްކަތްތައް ކުރިއިރު 2008 ވަނަ އަހަރުން ފެށިގެން އޭނާ އަކީ ނައިބް ރައީސެވެ. އަދި 2016 ވަނަ އަހަރު ރައީސްކަމަށް ފުރަތަމަ ފަހަރަށް އިންތިހާބުވެ އައްޔަގެ ރައީސްކަމުގައި ޓީޓީން ވަނީ 21 މެޑަލް ހޯދައިފަ އެވެ. އޭގެ ތެރޭގައި ޓީޓީގެ 60 އަހަރުވީ ތާރީހުގައި ލިބުނު ފުރަތަމަ ރަން މެޑަލް ވެސް ހިމެނެ އެވެ. އެ ކާމިޔާބީތަކުގެ ފަހަތުގައި، އައްޔަގެ ނައިބަކަށް ހޮވުނު ޝިއުރީގެ ހިއްސާ ބޮޑެވެ.

އައްޔަ އެންމެ ފުރަތަމަ ޓީޓީ އެސޯސިއޭޝަން ރައީސަކަށް މީގެ ހަތަރު އަހަރު ކުރިން އިންތިހާބުވިއިރު، އެ ފަހަރުގެ އިލެކްޝަނުގައި ކުރިއަށްދިޔައީ ފެންނަ ނުފެންނަ ވޯޓެކެވެ. އެއީ ކޮންމެ މަގާމަކަށް ވެސް އެންމެ މީހަކު ކުރިމަތިލާފައިވުމުންނެވެ. އައްޔަގެ ކުރިން ޓީޓީ އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވީ 1970ގެ ކުރީކޮޅުން ފެށިގެން ޓީޓީގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ސީވީޑް އަހުމަދު ލަތީފް އެވެ. ލަތީފް މިހާރު ހުންނެވި ސަރުކާރުން ޖަރުމަނަށް ކަނޑައަޅާފައިވާ ސަފީރަކަށެވެ.