06 ސެޕްޓެމްބަރ 2021
މި މަހު ޓިއުނީޝިއާގައި ބާއްވާ ޔޫތު ރޭންކިން މުބާރާތުގައި ވާދަކުރަން އެ ގައުމަށް ދާން ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ވިސާ ނުލިބި މުބާރާތުގައި ބައިވެރި ނުވެވިދާނެ ކަމުގެ ކަންބޮޑުވުން އިތުރުވެއްޖެ އެވެ.
މި މަހު ޓިއުނީޝިއާގައި ބާއްވާ ޔޫތު ރޭންކިން މުބާރާތުގައި ވާދަކުރަން އެ ގައުމަށް ދާން ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ވިސާ ނުލިބި މުބާރާތުގައި ބައިވެރި ނުވެވިދާނެ ކަމުގެ ކަންބޮޑުވުން އިތުރުވެއްޖެ އެވެ.
މި މަހު 13-19 އަށް ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ދީމާ ވާދަކުރަން އޮތީ ހަމަޖެހިފަ އެވެ. ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ބާއްވާ މުބާރާތުގައި ދީމާ ވާދަކުުރާނީ 15 އަހަރުން ދަށުގެ ކެޓެގަރީގަ އެވެ. އެ ކެޓެގެރީގެ އަންހެން މުބާރާތް ކުރިއަށް ގެންދާނީ 13-15 އަށެވެ. އޭގެ ކުރިން ހައި ޕަފޯމަންސް ކޯޗިން ކޭމްޕެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާ އެ ކޭމްޕް ފަށާނެ އެވެ.
ޓީޓީއޭއެމްގެ ރައީސް، އަލީ ރަޝީދު ވިދާޅުވީ ވިސާ ނުލިބުމުން ދީމާ އަށް ފުރޭ ގޮތް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ދީމާ އަށް ވިސާ ހޯދައިދޭން ޔުތު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް އެބަ މަސައްކަތް ކުރޭ. އެ ގައުމުތަކުގައި ހުރި ތޫނިސްގެ އެމްބަސީ މެދުވެރިކޮށް ދީމާ އަށް ވިސާ ހަމަޖެހޭތޯ،" އަލީ ވިދާޅުވި އެވެ.
- މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު 13-19 އަށް
- ދީމާ ވާދަ ކުރާ 15 އަހަރުން ދަށުގެ އަންހެން ކެޓެގެރީގެ މެޗުތައް ކުޅޭނީ ސެޕްޓެމްބަރު 13-15 އަށް
- މުބާރާތުގައި ވާދަ ކުރާނެ ކަމަށް އައިޓީޓީއެފްއިން ނެރެފައިވާ ލިސްޓްގެ ދީމާގެ ނަން އޮތީ ފަސް ވަނައިގައި
ޓިއުނީޝިއާގެ މުބާރާތަށް ފަހު ޕޯޗްގަލްގެ ލިޒްބަންގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގައި ވެސް 15 އަހަރުން ދަށުގެ ކެޓެގެރީގައި ދީމާ ވާދަކުރާނެ އެވެ. އެ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓެގެރީގެ އަންހެން މުބާރާތް އޮންނާނީ މިމަހު 18-19 އަށެވެ.
އަލީ ވިދާޅުވީ، ޓިއުނީޝިއާގެ މުބާރާތް ނިންމުމަށް ފަހު ތޫނިސްގެ މަގުން ޕޯޗްގަލް އަށް ދާ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށެވެ.
"ޕޯޗްގަލްގެ ވިސާ ހޯދުމަށް ވެސް ހަމަ އެ ރޫޓްތަކުން އެބަ މަސައްކަތް ކުރޭ. މިރޭ ވިސާ ހަމަޖެހުނަސް މާދަމާ ނަމަވެސް ދީމާ ޓިއުނީޝިއާ އަށް ފުރުވާލަން އަޅުގަނޑުމެން މަސއްކަތް މި ކުރަނީ."
އޭނާ ވިދާޅުވީ، ރާއްޖޭގެ ޓީޓީ އަށާއި ދީމާ އަށް ވެސް މި ދެ މުބާރާތް މުހިންމު ކަމަށެވެ. އައިޓީޓީއެފްގެ ރޭންކިން މަރުހަލާއެއްގެ އެންމެ މަތީ ލެވަލްގައި ހިމެނޭ ދިވެހި ހަމައެކަނި ކުޅުންތެރިޔަކީ ދީމާ އެވެ. މިވަގުތު ދީމާ އޮތީ 15 އަހަރުން ދަށުގެ އަންހެން ރޭންކިންގެ ދުނިޔޭގެ 13 ވަނަ މަގާމުގަ އެވެ. އޭޕްރީލް މަހު ރޭންކިންގެ އަށް ވަނަ އަށް ވެސް އޭނާ ޖެހިލި އެވެ. އަދި 17 އަހަރުން ދަށުގެ ކެޓެގެރީން ދުނިޔޭގެ 41 ވަނައިގައި އޭޕްރީލް މަހު ދީމާ ހިމެނުނެވެ.
- މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު 18-22 އަށް
- ދީމާ ވާދަކުރާ 15 އަހަރުން ދަށުގެ އަންހެން ކެޓެގެރީގެ މެޗުތައް ކުޅޭނީ ސެޕްޓެމްބަރު 18-19 އަށް
- މުބާރާތުގައި ވާދަ ކުރާނެ ކަމަށް އައިޓީޓީއެފުން ނެރެފައިވާ ލިސްޓްގެ ދީމާގެ ނަން އޮތީ ހަތް ވަނައިގައި
މި މުބާރާތް ތަކުގައި ވާދަ ކުރުމުގެ ފުރުސަތު ދެނީ ވެސް 19 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ ގަދަ 30 ގައި ހިމެނޭ ކުޅުންތެރިންނަށެވެ. އެ ދެ މުބާރާތުގައި ވާދަ ކުރާ ކުޅުންތެރިންގެ ޕޮއިންޓް އިތުރުވެ ރޭންކު މައްޗަށް ގެންދިއުމުގެ ފުރުސަތު ލިބެ އެވެ.
"އައިޓީޓީއެފްގެ ޓޮޕް ރޭންކިންގައި ދީމާ މަގާމު ދެމެހެއްޓުން އެއީ ރާއްޖޭގެ ޓީޓީ އަށް ވަރަށް މުހިންމު ކަމެއް. މި މުބާރާތުގައި ވާދަކޮށްގެން ހޯދާ ޕޮއިންޓްތަކުން ރޭންކު މަތިވާނެ. މި މުބާރާތަށް ދީމާ އަށް ނުދެއްވިޖެނަމަ އެ މަގާމު ދަމަހައްޓަން އުނދަގޫ ވާނެ،" ކަންބޮޑުވުންތަކާއެކު އަލީ ވިދާޅުވި އެވެ.
އޭޝިއާ ބައްރުގައި ބާއްވަން ހުރި ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާގެ ގިނަ މުބާރާތްތައް ކޮވިޑް-19 އާ ގުޅިގެން ވަނީ ކެންސަލް ކޮށްފަ އެވެ. އަލީ ވިދާޅުވީ ޓިއުނީޝިއާ އާއި ޕޯޗްގަލްގައި ބާއްވާ މުބާރާތްތަކުން ފުރުސަތު ހޯދީ ވެސް އޭޝިއާގެ ގިނަ މުބާރާތްތައް ކެންސަލް ކޮށްފައި ވާތީ އެވެ. އަންނަ މަހު އޮމާންގައި ބާއްވާ ޔޫތު ކޮންޓެންޑެންޓާ މުބާރާތުގައި ވެސް ދީމާ ބައިވެރިކުރަން ޓީޓީއޭއެމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި
އޮލިމްޕިކްސް އަށް ފަހު ވެސް ދީމާއަށް ހުއްޓުމެއް ނެތް!
ދީމާގެ ކާމިޔާބު، ސައުދީ ސަފީރު އަގުވަޒަން ކުރައްވައިފި
ދީމާއަށް ޓަކައި؛ ބަންޑުންކޮށްލީ ލޯތްބާއި އިހްތިރާމް
ކްރޮއޭޝިއާ މުބާރާތުން ދީމާ އެއްވަނަ، ރަފާ ދެވަނައަށް
ޓީޓިގެ ގައުމީ ކޯޗަކަށް ކްރޮއޭޝިއާގެ ކޮރެނިޗް
ރޭންކިން މުބާރާތުން ވެސް ދީމާ އާއި ޝައްފާން އެއްވަނަ
ޓީޓީގެ ގައުމީ ތަށި ދީމާ މިލްކުކޮށްފި
ދެވަނަ ރިހި މެޑަލް، ދެން އޮތީ ރަނަށް ކުރެވޭ އުންމިދު
ކެޑޭޓް ގައިވެސް ދީމާ ރާއްޖެ ސެމީއަށް ގެންގޮސްދީފި