09 ފެބުރުއަރީ 2023
ގައުމީ ޓީޓީ ޓީމުގެ ކޯޗަކަށް، ކްރޮއޭޝިއާގެ ގައުމީ ފިރިހެން ޓީމުގެ ކުރީގެ ކޯޗު ޒެވޯނިމިރް ކޮރެނިޗް ހަމަޖައްސައިފި އެވެ.
ގައުމީ ޓީޓީ ޓީމުގެ ކޯޗަކަށް، ކްރޮއޭޝިއާގެ ގައުމީ ފިރިހެން ޓީމުގެ ކުރީގެ ކޯޗު ޒެވޯނިމިރް ކޮރެނިޗް ހަމަޖައްސައިފި އެވެ.
ކޮރެނިޗްގެ ކޯޗު ކަމުން ކްރޮއޭޝިއާގެ ފިރިހެން ޓީމުން ވަނީ 2014 ގައި ލިޒްބަންގައި ބޭއްވި ޔޫރަޕިއަން ގޭމްސްއިން ރިހި މެޑަލް ހޯދައިފަ އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ކެޑޭޓް އަދި ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީޓީމުގެ ޓްރޭނިންތަކަށް އޭނާ ވަނީ ރާއްޖެ އައިސްފަ އެވެ. އެ މުބާރާތަށް ތައްޔާރު ވުމަށް ޓީޓީ ޓީމު އައްޑޫގައި ބޭއްވި ކޭމްޕްގައި ކޮރެނިޗް ބައިވެރިވި އެވެ. އޭނާ އާއެކު ކްރޮއޭޝިއާގެ ޒުވާން ދެ ކުޅުންތެރިން ވެސް އޭރު ދިވެހި ކުޅުންތެރިންނާ ދެކޮޅަށް ކުޅެން އައެވެ.
މިދިޔަ އަހަރު އޭޕްރީލް މަހު ކޮރެނިޗް ރާއްޖެ އައީ، މިދިޔަ އަހަރު މާޗު މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ރާއްޖެ އައި ދުނިޔޭގެ ކުރީގެ ޗެމްޕިއަން ޒޯރާން ޕްރިމޯރަކް މެދުވެރިކޮށެވެ. އޭނާ މެދުވެރިކޮށް މިދިޔަ އަހަރު ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ކަމަށްވާ، މިރުނާ ޓޮމިކް އާއި ޑާރިއާ އެރްޕޯވިޗް ރާއްޖެ އައިސްފައިވެ އެވެ. މިރްނާ އަކީ ކޮރޮއޭޝިއާގެ ގައުމީ ސްކޮޑުގެ ވެސް ކުޅުންތެރިޔެކެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ ކޮރެނިޗް އާއެކު އެއްބަސްވީ، އޯގަސްޓް މަހު މަޑަގަސްކަރައިގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިމެންދެން ރާއްޖޭގެ ކޯޗު ކަމުގައި ހުރުމަށެވެ. ރާއްޖޭގެ ޓީޓީމުގެ ޓްރޭނިންތައް އޭނާގެ ކޯޗު ކަމުގެ ދަށުން ގެންދާނީ ކްރޮއޭޝިއާގަ އެވެ.
ގޭމްސް އަށް ތައްޔާރު ވާން ގައުމީ ޓީމުގެ ޓްރޭނިން ކްރޮއޭޝިއާގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ އަރުތަ ޕްރޮގްރާމްގެ ތެރެއިންނާއި ބީއެމްއެލްގެ ސްކޮލާޝިޕްގެ ތެރެއިން ފުރުސަތު ލިބުނު ޓީޓީ ކުޅުންތެރިންގެ ޓްރޭނިންތައް ކްރޮއޭޝިއާގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ކްރޮއޭޝިއާ އަށް ދިވެހި ކުޅުންތެރިން ވަނީ މީގެ ކުރިން ޓްރޭނިން ކޭމްޕްގައި ގޮސް ތަމްރީން ހަދައިފަ އެވެ. އެހުރިހާ ފަހރެއްގައި ވެސް ދިވެހި ކުޅުންތެރިންނަށް ކޮރެނިޗް ވަނީ އެހީތެރިކަން ފޯރުކޮށް ދިފަ އެވެ. މިިދިޔަ އަހަރު ބޭއްވި ޔޫރަޕްގެ ޓީޓީ މުބާރަތަށް ތައްޔާރު ވާން ކްރޮއޭޝިއާގެ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ވެސް އޭނާ ބައިވެރިވި އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ކޯޗަކަށް ހުރީ ގްރީސްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް (ކޮސްޓޯ) އެވެ.
އައްޔަ؛ ރަނާއި ރިހިން ކާމިޔާބު ގުނި ޓީޓީ ރައީސް
ދެން އޮތީ ޓީޓީގެ އެންމެ ބޮޑު ޗެލެންޖް: އަލީ
ތާރީހީ މެޑަލް، ޓީޓީ ކުރިމަގަށް މުހިންމު ކާމިޔާބެއް
ދިވެހި ޓީޓީ ޓީމު ކްރޮއޭޝިއާ ޓީމުގެ ޓްރޭނިން ކޭމްޕަށް
ކޮމަންވެލްތު ގޭމްސްއަށް ގައުމީ ޓީޓީ ޓީމު ކޮލިފައިވެއްޖެ
ބޮޑު ޓާގެޓަކާ އެކު ކޮސްޓޯ އަލުން ޓީޓީ ގައުމީ ޓީމަށް
ސާކް ޓީޓީ މުބާރާތް: ލަންކާއިން ރާއްޖެއަށް ދޫކޮށްލައިފި
ރޭންކިން މުބާރާތަށް ދާން ދީމާ އަށް ވިސާއެއް ނުލިބުނު
ޓީޓީގެ އިންތިހާބު އަލީ ރަޝީދު ކާމިޔާބުކުރައްވައިފި
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ