12 އޯގަސްޓް 2022
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސްގެ އަންހެން ޓީމު އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޓީޓީ ޓީމުގެ އުމުރަކީ ނިސްަތުން ބަލާއިރު 19.75 އެވެ. މި ޓީމުގައި ތަޖުރިބާކާރު ނަމަކަށް ހުރީ ފާތިމަތު ޖުމާނާ ނިމާލެވެ.
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސްގެ އަންހެން ޓީމު އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޓީޓީ ޓީމުގެ އުމުރަކީ ނިސްަތުން ބަލާއިރު 19.75 އެވެ. މި ޓީމުގައި ތަޖުރިބާކާރު ނަމަކަށް ހުރީ ފާތިމަތު ޖުމާނާ ނިމާލެވެ.
ދެން ތިބި ތިން ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމް، ފާތިމާތު ދީމާ އަލީ އަދި މަލާކު މުއިއްޒު އަކީ ޒުވާން، ކުރިމަގު އޮތް ތިން ކުޅުންތެރިންނެވެ. ރާއްޖޭގެ ޓީމަށް ވުރެ އުމުރުގެ ގޮތުން ދޮށީ ކުޅުންތެރިން ހިމެނޭ ޓީމުތަކާ ދެކޮޅަށް ކުޅެ ލޯ މެޑަލް ހޯދުމަކީ ރާއްޖޭގެ ޓީޓީގެ ކުރިމަގަށް މުހިންމު ކާމިޔާބެއްގެ ގޮތުގައި ރާއްޖޭގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ދެކިލައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮތް އަންހެން ޓީމުން ހާސިލު ކުރަމުން މިދަނީ މީގެ ކުރިން ރާއްޖޭގެ ޓީޓީގައި ހާސިލު ވެފައި ނެތް ކަންތައްތަކެވެ.
"މީގެ ކުރިން ނުވާ ކަންތައްތަކެއް މި ކުޅުންތެރިން މިހާ ޅަ އުމުރުގައި މި ލިބެނީ. މިއީ ވަރަށް ބޮޑު އެކްސްޕީރިއަންސެއް،" ކުރީގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ ވިދާޅުވި އެވެ.
ޓީޓީ ޓީމަށް މަރުހަބާ ކިޔުމަށް ތުރުކީގައި ތިބި ރާއްޖޭގެ ކޮންޓިންޖެންޓުން ބޭއްވި ކުޑަ ހަފުލާގެ ތެރެއިން --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ
އޭނާ ވިދާޅުވީ މި ކާމިޔާބު ލިބުމުގައި ކުޅުންތެރިން އަމިއްލަ އަށް ކުރި މަސައްކަތް ވެސް މުހިންމު ދައުރެއް އަދާ ކުރެ އެވެ. ކުޅުންތެރިންގެ ޅަ އުމުރުގައި ބެލެނިވެރިން އަމިއްލަ އަށް ވެސް ބޭރުގެ ޓްރެއިނިންތަކަށް ފޮނުވައިގެން ކުރަމުން ގެންދާ މަސައްކަތް ވެސް ޝިއުރީ ފާހަގަ ކުރި އެވެ. ޓީޓީ އެސޯސިއޭޝަންގެ މެނޭޖުމެންޓާ ޔޫތު ސްޕޯޓްސް މިނިސްޓްރީގެ ހިއްސާ ވެސް އަންހެން ޓީމުގެ މި ކާމިޔާބުގެ ފަހަތުގައި ހިމެނޭނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ.
"މައުންޓަންގެ ޕީކު މި ފެންނަނީ މެޑަލްގެ ސިފައިގައި އެކަމަކު އެގެ ތިރީގައި މިއޮތީ ބުރަ މަސައްކަތާއި ގުރުބާނީ. ކާމިޔާބު މި ލިބެނީ އެއް ދުވަހު ދެ ދުވަހުގެ މަސައްކަތަކުން ނޫން. ހަމަ ހުރެފަ ބަހައްޓާފަ އެއް ނޫން. ވަރަށް ގިނަ ދުވަހުގެ މަސައްކަތުން،" ޝީއުރީ ވިދާޅުވި އެވެ.
އިއްޔެ ސެމީ ފައިނަލުގައި އިރާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ. އެ މެޗުގެ ސިންގަލްސްގެ ދެވަނަ ގާމްގައި އަިއޝަތު ރަފާ ނާޒިމު ވަނީ ނެދާ ޝަހްޝަވާރީ އާ ދެކޮޅަށް 2-2 ން ގޭމް އެއްވަރު ވެސް ކޮށްފަ އެވެ. ލަންޑަންގައި 2012 ގައި ބޭއްވި އޮލިމްޕިކް ގޭމްސް އަށް ކޮލިފައިވި ނެދާ ވަނީ ޑިސައިން ސެޓް ކާމިޔާބުކޮށް 32 ސެޓުން އެ މެޗު ހޯދާފަ އެވެ.
މެޗުގައި ޝިއުރީ (ކ) ދީމާ އަށް އިރުޝާދު ދެނީ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ
ފުރަތަމަ ސިންގަލްސް މެޗުގައި އިރާންގެ މަހްޝިދު އަޝްތަރީ އާ ދެކޮޅަށް ދީމާ ބަލިވީ ތިން ސެޓުންނެވެ. ޝިއުރީ ވިދާޅުވީޑިފެންސިވް ފަޅި ރަބަރުގައި ކުޅެން ޖެހުމުން ދީމާ އަށް ކުޅެން އުނދަގޫވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަޅިން ދީމާ ކުޅެން ޖެހުމުން އިރާންގެ ކުޅުންތެރިޔާ އަށް ވީ ބޮޑު އެޑްވާންޓޭޖަކަަށެވެ.
"ރަބަރުގެ އެފަޅިން ކޫޅޭކަށް ވަރަށް ދިވެހި ކުޅުންތެރިންނަށް ވަރަށް ނުލިބޭ. އެ ފަޅިން ކުޅެން އެންމެ ފަރިތަ ކުޅުންތެރިޔަކަށް ދިވެހި ޓީމުގައި ހުރީ ވެސް ޖުމާނާ. ނަސީބު ދިމާ ކުރި ގޮތުން ރަފާ އަށް ޖެހުނީ އެ ފަޅި އިރާންގެ ކުޅުންތެރިޔާ އަށް އެޑްވާންޓޭޖަކަށް އެކަންވީ،" ޝިއުރީ ވިދާޅުވި އެވެ.
ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ވެސް އިރާން އެވެ. އެ ޓީމުން ކާމިޔާބު ހޯދީ ފައިނަލުގައި ތުރުކީ ބަލި ކުރުމަށް ފަހު އެވެ. ބްރޯންޒް މެޑަލް އާއެކު ރާއްޖެ އަށް ލިބުނީ ތާރީހީ ކާމިޔާބެއް ކަމަށް ޝިއުރީ ވިދާޅުވި އެވެ.
"ބްރޯންޒް މެޑަލް އަކާއެކު ތާރީހުގެ ތެރެއަށް ވަދެގެން މިދިޔައީ އެކަމަށްޓަކައި ހަމަ ﷲ އަށް ހަމްދު ކުރަން،" އޭނާ ވިދާޅުވި އެވެ.
ޓީޓިގެ ގައުމީ ކޯޗަކަށް ކްރޮއޭޝިއާގެ ކޮރެނިޗް
ޓީޓީގެ ކާމިޔާބުން ޝިއުރީ އަށް ފެންނަ ދުރު މަންޒަރު
ދިވެހި ޓީޓީ ޓީމު ކްރޮއޭޝިއާ ޓީމުގެ ޓްރޭނިން ކޭމްޕަށް
ކޮމަންވެލްތު ގޭމްސްއަށް ގައުމީ ޓީޓީ ޓީމު ކޮލިފައިވެއްޖެ
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ
އިރާންގެ ޕެއާ ބަލިކޮށް ޝައްފާނާއި މުންސިފް ދެވަނަބުރަށް
އަންހެން ޓީޓީ ޓީމަށް ލަންކާ އަތުން ތާރީހީ މޮޅެއް
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!
މުންސިފް ބަލިކޮށް ގައުމީ ތަށި އަޚްޔާރު ހޯދައިފި
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި