Roadha Mihaaru
ޓީޓީގެ ކާމިޔާބުން ޝިއުރީ އަށް ފެންނަ ދުރު މަންޒަރު

ޓީޓީގެ ކާމިޔާބުން ޝިއުރީ އަށް ފެންނަ ދުރު މަންޒަރު

24 އޯގަސްޓް 2022

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން 2019 ގައި އަންހެން ޓޭބަލް ޓެނިސްގެ ހުރިހާ މެޑަލެއް ރާއްޖޭން ހޯދުމުން އެ ކުޅިވަރުގެ މަގުބޫލުކަން ބޮޑުވި އެވެ. އެ ގޭމްސްގައި ރާއްޖޭގެ ކޯޗިން ޓީމުގައި ހިމެނިވަޑައިގެންނެވި ކުރީގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ، އެސޯސިއޭޝަނުގެ މިހާރުގެ ނައިބް ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި އޭގެ ފަހުން ގިނަ އަދަދެއްގެ ޅަ ކުދިން ޓީޓީގެ ތެރެއަށް ވަންނަން ބޭނުންވެގެން ބެލެނިވެރިންގެ ފަރާތުން ޓީޓީއޭއެމް އަށް ހުށަހެޅި ކަމަށެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

"ބެލެނިވެރިންގެ އިތުރުން ސްކޫލްތަކުން ވެސް ރިކުއެސްޓް އައި. އެކަމަކު އޭރު ވެސް ޖާގައިގެ ދަތިކަމާ ހުރެ އެހާ ގިނަ އަދަދެއްގެ ކުދިންނަށް ކޭޓާ ކުރެވޭނެ ފުރުސަތެއް ނޯވޭ،" ޝިއުރީ ވިދާޅުވި އެވެ.

ޒުވާން ކުޅުންތެރިންގެ ބޮޑު ހިއްސާ އާއެކު ރާއްޖޭން ވާދަކުރާ ބޮޑު ތިން ގޭމްސް އިން މެޑަލް ހޯދަން ފެށުމަކީ ކުޅުންތެރިން ސީނިއާ ލެވަލްއާ ހަމައަށް ދާއިރު އިތުރު ކާމިޔާބީ އަށް އުއްމީދު ކުރެވެން އޮތް ސަބަބެއް ކަމަށް ޝިއުރީ ވިދާޅުވި އެވެ. ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމުގެ ކެރިއާގައި ޕީކަށް ވެސް ނުދެ އެވެ. އެކަމަކު ޓީޓީގައި މި ކުޅުންތެރިންގެ ކާމިޔާބު މިހާރު ވެސް ބޮޑެވެ.

ފޫވައްމުލަކު ޓީޓީ ސެންޓަރުގައި ޝިއުރީ ކޫޑަ ކުއްޖަކަށް ކިޔައި ދެނީ --- ފޮޓޯ: ރައީސް އޮފީސް

ފޫވައްމުލަކު ޓީޓީ ސެންޓަރުގައި ޝިއުރީ ކޫޑަ ކުއްޖަކަށް ކިޔައި ދެނީ --- ފޮޓޯ: ރައީސް އޮފީސް

އެކަމަކު ޓީޓީގެ މި ކާމިޔާބު ދެމެހެއްޓަން އިތުރު ގޮތަކަށް މަސައްކަތް ކުރަން ޖެހޭކަން ޝިއުރީ ގަބޫލު ކުރި އެވެ.

ސެޕްޓެމްބަރު 2020 ގައި ބޭއްވި އެސޯސިއޭޝަންގެ އިންތިހާބުގައި ނައިބު ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތުމަށްފަހު އެސޯސިއޭޝަންގައި ޝިއުރީ އެންމެ ގަދަ އަށް ދެއްކެވި ވާހަކައަކީ މިހާރު މިތިބަ ކުޅުންތެރިން ސީނިއާ އުމުރަށް ދާއިރު ދެން އެ ޖާގަތައް ފުރާނެ ޒުވާން ކުޅުންތެރިން ބޭނުންވާ ވަހަކަ އެވެ.

"ކުރިއަށް އޮތް ތަނަށް ފައުންޑޭޝަން ރަނގަޅު ކުރަންޖެހޭ. މިތިބީ ވަރަށް ޔަންގް ކުޅުންތެރިންތަކެއް. އެކަމަކު ޔަންގް ކުޅުންތެރިންނަށް ވިޔަސް ވަރަށް ލިމިޓެޑް އަދަދެއް މިހުރީ. އެހެންވީމާ އެ ކުޅުންތެރިންނަށް އެބަހުއްޓޭ ވަރަށް ބައިވަރު ފުރުސަތު. އެކަމަކު އެ ކާމިޔާބު ދެމެހެއްޓޭނީ ވަރަށް ބައިވަރު ޔަންގު ކުދިންތައް ތިބެގެންނޭ،" ޝިއުރީ ވިދާޅުވި އެވެ.

އެ ވިސްނުމުގައި އޭނާ ދިރާސާތައް ކުރި އެވެ. ޖާގައިގެ ދަތިކަން އޮތް މާލޭގައި މި މަސައްކަތް ނުފެށުނަސް ރަށްރަށުގައި މިކަން ކުރެވޭނެ ގޮތްތައް ހޯދައި ދެވިއްޖެނަމަ ޒުވާން ކުޅުންތެރިން ރެކުރޫޓް ކުރުމުގެ ޕްރޮގްރާމް ހަރުދަނާ ކުރެވޭނެ ކަމަށް އޭނާ ފެނިވަޑައިގަތެވެ. ރަށެއްގައި ބޮޑު ސައިޒުގެ ޓާފް ދަނޑެއް އަޅަން ކުރަން ޖެހޭ ހަރަދަށް ވުރެ ޓީޓީ ސެންޓަރަށް ކުރަން ޖެހޭ ހަރަދު ކުޑަ އެވެ. އެ ވިސްނުން ސަރުކާރަށް ވިސްނައި ދިނުމަށް ޔޫތު މިނިސްޓްރީ އާއެކު ބޭއްވި ބައްދަލުވުންތަކުގައި ޓީޓީއޭއެމްގެ ފަރާތުން ޝިއުރީ ހުށަހެޅުއްވި އެވެ.

ފުވައްމުލަކު ޓީޓީ ސެންޓަރު: އެ ސެންޓަރުގައި 100 އަށް ވުރެ ގިނަ ކުދިން ދަނީ ތަމްރީން ހަދަމުން --- ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކު ޓީޓީ ސެންޓަރު: އެ ސެންޓަރުގައި 100 އަށް ވުރެ ގިނަ ކުދިން ދަނީ ތަމްރީން ހަދަމުން --- ފޮޓޯ: ރައީސް އޮފީސް

"ޓީޓީ މޭޒާއި ހުރިހާ އެއްޗެއް ހޯދައި ކޮންމެ އަތޮޅެއްގައި އެއް އަހަރަށް ކޯޗަކު ބަހައްޓައިގެން ހިނގާ ހަރަދު ވެސް ބޮޑެއް ނޫން،" ގައުމީ ޓީމަށް ގިނަ މުއްދަތެއް ވަންދެން ކުޅުއްވި ކުޅުންތެރިޔާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 80 އާ ގާތް ކުރާ އަދަދަކަށް ފުޓްބޯޅަ ދަނޑު ސަރުކާރުން އަޅައިފި. އެއިން އެންމެ ދަނޑަކަށް ކުރާ ހަރަދުން 19 އަތޮޅުގައި ކޮންމެ އަތޮޅަކަށް ޓީޓީ ކޯޗަކު ގެނެސް ކުރަންޖެހޭ ހަރަދުތައް ވެސް މާ ކުޑަ. ޓީޓީ އިން އޯލް ރެޑީ ޕްރޫވްކޮށްދީފިއޭ ޕާފޯމް ކުރާކަން. އެހެންވީމަ ހިނގާށޭ ޓީޓީ އަށް ވެސް މިގޮތަށް އިންވެސްޓް ކުރަން. އަނެއްކާ އިންޓަނޭޝަނަލް މުބާރާތްތަކުގައި ޓީޓީން ޕްރޫވްކޮށްދީފި އިންވެސްޓް ކުރަން ވޯތުކަން ވެސް."

ޖޫން މަހު ފުވައްމުލަކުގައި ހުޅުވި ޓީޓީ ސެންޓަރަކީ އެ ޕްރޮޖެކްޓްގެ ފެށުމެވެ. އިންޑިއާގެ ހައި ޕްރޮފައިލް ކޯޗަކާއެކު ފުވައްމުލަކު ޓީޓީ ސެންޓަރުގައި 100 އަށް ވުރެ ގިނަ ކުދިން މިހަރު ތަމްރީން ހަދަ އެވެ. އެއީ މާލެއިން ބޭރުގައި ޓީޓީ އަށް ހާއްސަކޮށް ހުޅުވި ފުރަތަމަ ޓީޓީ ސެންޓަރެވެ. މީގެ ދެވަނަ ސެންޓަރެއްް އައްޑޫގައި ހުޅުވުމުގެ މަސައްކަތުގައި ޝިއުރީ މިހާރު ވެސް ހުންނެވީ އައްޑޫގަ އެވެ.

ފުވައްމުލަކު ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝިއުރީ ވާހަކަ ދައްކަވަނީ: އައްޑޫގައި ތިތީ ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތުގައި އޭނާ މިހާރު ހުންނެވީ އައްޑޫގައި --- ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކު ޓީޓީ ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝިއުރީ ވާހަކަ ދައްކަވަނީ: އައްޑޫގައި ތިތީ ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތުގައި އޭނާ މިހާރު ހުންނެވީ އައްޑޫގައި --- ފޮޓޯ: ރައީސް އޮފީސް

"މަދު ވެގެން ކޮންމެ އަތޮޅެއްގައި މީގެ ސެންޓަރެއް ހުޅުވިޔަސް ގިނަ އަދަދެއްގެ ކުޅުންތެރިން ލިބިގެންދާނެ. ޗައިނާ ޓޭބަލް ޓެނިސް ކޮންސެޕްޓް މީ. އަދި ރާއްޖެއިން މާ ބޮޑަށް ފަސޭހަ ވާނެ ގިނަ ޓެލެންޓް ހޯދަން ވެސް. ސަބަބަކީ މިހާރު ގިނަ ކުދިންނަށް ވެސް ޓީޓީގެ މި ކާމިޔާބު ފެނުނީމަ އިންޓަރެސްޓް ބޮޑު ވެއްޖެ. ޕޭރެންޓުން އިމްޕްރެސް ވެއްޖެ،" ޝިއުރީ ވިދާޅުވި އެވެ.

ކޮންމެ އަތޮޅެއްގައި ޓީޓީ ޓްރޭނިން ސެންޓަރެއް ހެދުމުން އެއް އަތޮޅު އަނެއް އަތޮޅާ ދެމެދު މުބާރާތްތައް ބޭއްވުމުގެ އިތުރުަށް ޓެލެންޓާއި ޓީޓީގެ ނޮލެޖް ހިއްސާ ކުރުމަށް އެކްސްޗޭޖް ޕްރޮގްރާމްތަކުން ފައިދާ ފެންނަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކި ސްޓައިލްގައި ކުޅޭ ކުޅުންތެރިން ހޯދި ޓިޓީގެ ތަފާތު ވެރައިޓީސްތައް ގިނަ ވުމަކީ އޭގެ ތެރެއިން ފުރާނާލައިގެން ހުނަރުވެރި ގިނަ ކުޅުންތެރިން ހޯދޭނެ އެވެ.

"އޭރުން ގައިމު ވެސް ޓެލެންޓް ލިމިޓެޑް ވެގެން ނުދާނެ،" ދުނިޔޭގެ ޓީޓީގެ އެއް ވަނަ ޗައިނާގެ ޓީޓީ ސެންޓަރުތަކަށް ވެސް ޒިޔާރަތް ކުރެއްވި ޝިއުރީ ވިދާޅުވި އެވެ.

މުނިއުފާ ޔޫތު ސެންޓަރުގައި ހަދާ ޓިޓީގެ ހޯލް ނިމުމުން މާލޭގައި ޓިޓީ އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދޭނެ ކަމަށް ޝިއުރީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެ އަވަހަށް މަސައްކަތް ފެށޭނީ އައްޑޫގެ އިތުރުން ގދ. ތިނަދޫ އާއި ރ. އުނގޫފާރުގައި ކަމަށެވެ.

"މި ތިން ރަށުގެ ކައުންސިލާ އެކު ވެސް ވާހަކަ ދެކެވި މަސައްކަތް ފެށުމަށް ވަނީ އަނގަބަހުން އެއްބަސް ވެވިފައި،" އޭނާ ވިދާޅުވި އެވެ.