Roadha Mihaaru
މުންސިފް ބަލިކޮށް ގައުމީ ތަށި އަޚްޔާރު ހޯދައިފި

ތަޖުރިބާކާރު މުންސިފް ބަލިކޮށް ގައުމީ ތަށި އަޚްޔާރު ކާމިޔާބުކޮށްފި!

06 ސެޕްޓެމްބަރ 2024

ފައިނަލުގައި ތަޖުރިބާކާރު މޫސާ މުންސިފް އަހްމަދު ބަލިކޮށް، ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަޚްޔާރު އަހްމަދު ޚާލިދު ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފައިނަލުގައި ތަޖުރިބާކާރު މޫސާ މުންސިފް އަހްމަދު ބަލިކޮށް، ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަޚްޔާރު އަހްމަދު ޚާލިދު ހޯދައިފި އެވެ.

ގައުމީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔަކީ، އެ ތަށި 11 ފަހަރު ހޯދި މުންސިފެވެ. މި ފަހަރުގެ މުބާރާތުގެ ކުރިން އޮތް ޓީޓީގެ ގައުމީ ރޭންކިން މުބާރާތާއި އެސޯސިއޭޝަން ކަޕުން އެއްވަނަ ހޯދައި، ގައުމީ މުބާރާތާ މުންސިފް ކުރިމަތިލީ ބޮޑު އިތުބާރާ އެކު އެވެ.

އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން މުންސިފް ހޯދީ ސްރީ ލަންކާގެ ކުޅުންތެރިޔާ، ރަސިކާ މަނޮޖް ބަލިކުރުމަށް ފަހު އެވެ. ގައުމީ ރޭންކިންގައި އޭނާ ވަނީ އަޚްޔާރު ވެސް ބަލިކޮށްފަ އެވެ.

ގައުމީ ފައިނަލު ކާމިޔާބު ކުރުމަށް ފަހު އަޚްޔާރު އުފާފާޅު ކުރަނީ: އޭނާ މެޗު ކާމިޔާބު ކުރީ ބެސްޓް އޮފް ފައިވް އަށް ކުޅެ 4-3 ސެޓުން

ގައުމީ ފައިނަލު ކާމިޔާބު ކުރުމަށް ފަހު އަޚްޔާރު އުފާފާޅު ކުރަނީ: އޭނާ މެޗު ކާމިޔާބު ކުރީ ބެސްޓް އޮފް ފައިވް އަށް ކުޅެ 4-3 ސެޓުން

އެކަމަކު ގައުމީ މުބާރާތުގެ ފައިނަލުގައި ވިދިވިދިގެން ތިންވަނަ ފަހަރަށް މުންސިފަށް ނާކާމިޔާބު ކުރިމތިލާން ޖެހުނީ، މިއަދު ހަވީރު ކުޅުނު ފައިނަލުގައި ވާދަވެރި ކުޅުމަކަށް ފަހު ބެސްޓް އޮފް ސެވަންއަށް ކުޅެ 4-3 ސެޓުން ބަލިވެގެންނެވެ.

މިއީ ގައުމީ ސިންގަލްސް ޗެމްޕިއަންކަން އަޚްޔާރު ހޯދި ފުރަތަމަ ފަހަރެވެ.

އަޚްޔާރު ވަނީ 19 އަހަރުންދަށުގެ ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެ އުމުރުފުރާގެ ފައިނަލުގައި އޭނާ ކާމިޔާބު ހޯދީ ޒީކް ހަސަން ލަތީފް ބަލިކުރުމަށް ފަހު އެވެ.

އޯޕަން ބައިގެ މިކްސްޑް ޑަބަލްސް ފައިނަލަށް ފާތިމަތު ދީމާ އަލީ އާއި ޕެއާވެ އަޚްޔާރު ފައިނަލަށް ދަތުރު ކުރި އެވެ. އެ ޕެއާ ބަލިކޮށް ޗެމްޕިއަންކަން ހޯދީ މުންސިފާއި އާއިޝަތު ރަފާ ނާޒިމުގެ ޕެއާ އެވެ.