26 އޯގަސްޓް 2024
ޓީޓީގެ ގައުމީ ރޭންކިންގެ އެއްވަނަ ފާތިމަތު ދީމާ އަލީ އާއި މޫސާ މުންސިފް އަހްމަދު ހޯދައިފި އެވެ.
ޓީޓީގެ ގައުމީ ރޭންކިންގެ އެއްވަނަ ފާތިމަތު ދީމާ އަލީ އާއި މޫސާ މުންސިފް އަހްމަދު ހޯދައިފި އެވެ.
މި އަހަރުގެ ރޭންކިންގެ ދެވަނަ މުބާރާތް މިދިޔަ ހަފުތާގައި ވަނީ ކުޅެފަ އެވެ.
އަންހެން ރޭންކިންގެ އެއްވަނަ ދީމާ، ދަމަހައްޓަމުން އަންނަތާ މިހާރު ހަތް އަހަރުވެއްޖެ އެވެ. ސްރީ ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ދީމާ، އެންމެ ފުރަތަމަ ގައުމީ ރޭންކިން މުބާރާތުގައި ވާދަކުރީ 2018 ގަ އެވެ. އެ އަހަރުން ފެށިގެން ގައުމީ ރޭންކިންގެ އެއްވަނަ މަގާމުގައި އެހެން ކުޅުންތެރިޔަކަށް ފުރުސަތު ނުދީ ދީމާ ދަނީ ހިފަހައްޓަމުންނެވެ.
ރޭންކިންގެ ތިން ބުރުގައި ކުޅުނު 24 މެޗުން ވެސް މޮޅުވެ ދީމާ ވަނީ ޖުމުލަ 48 ޕޮއިންޓް ސްކޯކޮށްފަ އެވެ. ކޮންމެ ބުރެއްގައި ކޮންމެ ކުޅުންތެރިޔަކު ވެސް ކުޅުނީ އަށް މެޗެވެ.
އިނގިރޭސިވިލާތުގައި އެމްބީބީއެސް (ޑޮކްޓަރުކަން) ކިޔަވަމުންދާ އާއިޝަތު ރަފާ ނާޒިމް ވާދަ ކުރި އެވެ. މިއީ އެއް އަހަރަށް ފަހު ރާއްޖޭގެ ޑޮމެސްޓިކް މުބާރާތެއްގައި އޭނާ ވާދަކުރި ފުރަތަމަ ފަހަރެވެ. މެދުކެނޑުމަކަށް ފަހު އެނބުރި އައިސް ރަފާ އަލުން ވަނީ ރޭންކިންގެ ދެވަނަ މަގާމު ހޯދާފަ އެވެ. އޭނާ ވަނީ ޖުމުލަ 21 މެޗުން މޮޅުވެ 45 ޕޮއިންޓް ހޯދާފަ އެވެ.
ތިންވަނަ ހޯދި މިޝާކާ މުހައްމަދު އިބްރާހިމް ވަނީ ފުރަތަމަ ބުރުގައި ހަ މެޗުން މޮޅުވެފަ އެވެ. ދެވަނަ ބުރުގައި އޭނާ މޮޅުވީ ފަސް މެޗުންނެވެ. ތިންވަނަ ބުރުގައި އޭނާ މޮޅުވީ ހަ މެޗުންނެވެ. އޭނާ ވަނީ 41 ޕޮއިންޓް ހޯދާފަ އެވެ.
ރޭންކިންގެ ހަތަރުވަނަ ހޯދީ މެދުކަނޑުމަކަށް ފަހު އެނބުރި އައި ލައިސާ ފަތުހުﷲ އިސްމާއީލެވެ. އޭނާ ވަނީ 15 މެޗުން މޮޅުވެ 39 ޕޮއިންޓް ހޯދާފަ އެވެ. ތިންވަނަ ހޯދީ، ތަޖުރިބާކާރު ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލު ވަނީ ރޭންކިންގެ ފަސްވަނަ ހޯދައިފަ އެވެ. ތިންބުރުން އޭނާ ވަނީ 11 މެޗުން މޮޅުވެފަ އެވެ. ލިބުނީ 35 ޕޮއިންޓެވެ.
1. ފާތީމަތު ދީމާ އަލީ – ޖުމުލަ ޕޮއިންޓް 48
2. އާއިޝަތު ރަފާ ނާޒިމް - ޖުމުލަ ޕޮއިންޓް 45
3. މިޝްކާ މުހައްމަދު އިބްރާހިމް - ޖުމުލަ ޕޮއިންޓް 41
4. ލައިސާ ފަތުހުﷲ އިސްމާއީލް – ޖުމުލަ 39 ޕޮއިންޓް
5. ފާތިމަތު ޖުމާނާ ނިމާލް – ޖުމުލަ ޕޮއިންޓް 35
ޓީޓީގެ ގައުމީ ރޭންކިން، މިއީ މިއަރު ކުޅުނު ރޭންކިންގެ ދެވަނަ މުބާރާތް
ރޭންކިންގެ ގަދަ ފަސް ކުޅުންތެރިންނަށް، ގައުމީ ޓީމުގެ ކުޅުންތެރިންނަށް ލިބޭ އިނާޔާތް ލިބޭނެ އެވެ.
އަންހެން ޑިވިޝަނަށް ވުރެ، ފިރިހެން ރޭންކިން ބުރު މިހާރު ވާދަވެރި އެވެ. ތަޖުރިބާކާރު މޫސާ މުންސިފް އަހްމަދު ވަނީ މެދުކެނޑުމަކަށް ފަހު އަލުން ރޭންކިންގެ އެއްވަނަ ހޯދައިފަ އެވެ. ކުޅުނު އަށް މެޗުން ވެސް މޮޅުވެ އޭނާ ވަނީ ޖުމުލަ 48 ޕޮއިންޓް ހޯދާފަ އެވެ.
ކުރިން ރޭންކިންގެ އެއްވަނައިގައި އޮތް އަޚްޔާރަށް މިފަހަރު ލިބުނީ ދެވަނަ އެވެ. އޭނާ ވަނީ 21 މެޗުން މޮޅުވެ 45 ޕޮއިންޓް ހޯދާފަ އެވެ.
ކުރިން ދެވަނައިގައި އޮތް ގައުމީ ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް، ރާއްޖޭގައި ނެތުމުން އޭނާ އަށް މުބާރާތުގައި ވަދަ ނުކުރެ އެވެ.
ރޭންކިންގެ ތިންވަނަ ހޯދީ ޒީކް ހަސަން ލަތީފެވެ. އޭނާ ވަނީ 18 މެޗުން މޮޅުވެ 42 ޕޮއިންޓް ހޯދާފަ އެވެ.
މީގެ ކުރިން ސީނިއާ ރޭންކިންގައި ވާދަނުކުރާ، އިބްރާހިމް އައުޒަމް އަޒީޒު ވަނީ، ފުރަތަމަ ފަހަރަށް ރޭންކިންގައި ވާދަކޮށް ހަތަރުވަނަ ހޯދާފަ އެވެ. ޖުމުލަ 15 މެޗުން މޮޅުވެ އޭނާ ވަނީ 37 ޕޮއިންޓް ހޯދާފަ އެވެ. ރޭންކިންގެ ފަސްވަނަ ހޯދި އުމެއިރު މުހައްމަދު މުއިއްޒު ވަނީ 11 މެޗުން މޮޅުވެ 35 ޕޮއިންޓް ހޯދާފަ އެވެ.
1. މޫސާ މުންސިފް އަހްމަދު – ޖުމުލަ ޕޮއިންޓް 48
2. އަޚްޔާރު އަހްމަދު ހާލިދު – ޖުމުލަ ޕޮއިންޓް 45
3. ޒީކް ހަސަން ލަތީފް – ޖުމުލަ ޕޮއިންޓް 42
4. އިބްރާހިމް އައުޒަމް އަޒީމް – ޖުމުލަ ޕޮއިންޓް 37
5. އުމެއިރު މުހައްމަދު މުއިއްޒު – ޖުމުލަ ޕޮއިންޓް 35
އޮލިމްޕިކްސް އަށް ފަހު ވެސް ދީމާއަށް ހުއްޓުމެއް ނެތް!
ދީމާގެ ކާމިޔާބު، ސައުދީ ސަފީރު އަގުވަޒަން ކުރައްވައިފި
ދީމާއަށް ޓަކައި؛ ބަންޑުންކޮށްލީ ލޯތްބާއި އިހްތިރާމް
ކްރޮއޭޝިއާ މުބާރާތުން ދީމާ އެއްވަނަ، ރަފާ ދެވަނައަށް
ރޭންކިން މުބާރާތުން ވެސް ދީމާ އާއި ޝައްފާން އެއްވަނަ
ޓީޓީގެ ގައުމީ ތަށި ދީމާ މިލްކުކޮށްފި
ދެވަނަ ރިހި މެޑަލް، ދެން އޮތީ ރަނަށް ކުރެވޭ އުންމިދު
ކެޑޭޓް ގައިވެސް ދީމާ ރާއްޖެ ސެމީއަށް ގެންގޮސްދީފި
ރާއްޖޭގެ ފުރަތަމަ ދެމެޗު ލަންކާ އަދި ޕާކިސްތާނާ އެކު
ނައިޖީރިއާ ކުޅުންތެރިޔާއަށް ނުދެވުމުން ދީމާއަށް ދެރައެއް