Roadha Mihaaru
ކެޑޭޓް ގައިވެސް ދީމާ ރާއްޖެ ސެމީއަށް ގެންގޮސްދީފި

ފުލުފުލުގައި މެޗުތައް ކުޅުނު ދީމާ ކެޑޭޓް ބައިންވެސް ރާއްޖެ ސެމީ އަށް ގެންގޮސްދީފި

10 މެއި 2022

ރާއްޖޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި މިއަދު ފުލުފުލުގައި މެޗުތައް ކުޅުނު ފާތިމަތު ދީމާ އަލީގެ މޮޅު ކުޅުމާއެކު ކެޑޭޓް ބައިގައި ލަންކާގެ މައްޗަށް ކާމިޔާބު ހޯދައި ރާއްޖެއިން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ޖޫނިއާ ބައިގައި ދީމާ ލިޑްކޮށް ޕާކިސްތާން އަތުން މޮޅު ވިޔަސް ކެޑޭޓް ބައިގައި ރާއްޖެއިން ވަނީ ޕާކިސްތާން އަތުން ބަލިވެފަ އެވެ. ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-2 ގޭމުންނެވެ. އެކަމކު މިރޭ އިރާކޮޅު ލަންކާގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 3-1 ގޭމުންނެވެ. ފުރަތަމަ ގޭމް ލަންކާއިން ކާމިޔާބު ކުރި އެވެ.

ފުރަތަމަ ގޭމްގައި ލަންކާގެ ލެސެންޔާ ސެދުމިތީ އަތުން ރާއްޖޭ މިޝްކާ މުހައްމަދު އިބްރާހިމް ބަލިވީ ސީދާ ތިން ސެޓުންނެވެ. ލެސެންޔާ މެޗު ކާމިޔާބު ކުރީ 11-6، 11-7 އަދި 11-4 ންނެވެ. ދެވަނަ ގޭމްގައި ދީމާ އާ ދެކޮޅަށް ނުކުތް ތަމާދީ ކަވިންދުޔާގެ މައްޗަށް ކުރި ހޯދައި ދީމާ ވަނީ ރާއްޖެ އަށް އުންމިދެއް ހޯދައިދީފަ އެވެ. ޑަބަލްސް ކެޓަގަރީގައި ޕާކިސްތާން އަތުން ބަލިވިޔަސް ލަންކާގެ ލެސެންޔާ އާއި ތަމާދީ އަތުން ދީމާ އާއި މިޝްކާގެ ޕެއާ ކުރި ހޯދި އެވެ.

ކެޑޭޓް ބައިގައި ރާއްޖޭގެ މިޝްކާ އާއި ދީމާ މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން: ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކެޑޭޓް ބައިގައި ރާއްޖޭގެ މިޝްކާ އާއި ދީމާ މިއަދު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން: ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކެޑޭޓް ކެޓަގަރީގައި ރާއްޖެ އަތުން ޕާކިސްތާން މޮޅުވި ނަމަވެސް އެ ޓީމު ވަނީ ލަންކާ އަތުން ސީދާ ތިން ގޭމުން ބަލިވެފަ އެވެ. ރާއްޖެ ސެމީ އަށް ދިޔައީ ދެ މެޗުގައި ވެސް ޕާކިސްތާނަށް ވުރެ ގިނައިން ގޭމް ކާމިޔާބުކޮށްފައި ވުމުންނެވެ.

އަންހެން ޖޫނިއާ ބައިގައި ވެސް ރާއްޖެ ސެމީ ފައިނަލަށް ގެންގޮސް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ މިޝްކާ އެވެ. ތިންވަނަ ގޭމްގައި ނޭޕާލްގެ ޝޫޖަލް ބަލި ކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ. އޭގެ ކުރިން ދީމާ އާއި އައިޝަތު ރަފާ ނާޒިމް ވަނީ އެ ދެކުޅުންތެރިން ކުޅުނު ގޭމް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފަ އެވެ.

ނޭޕާލްގެ ވިޔަންކާއާ ދެކޮޅަށް ކުޅުނު ސެޓްތައް ދީމާ ކާމިޔާބު ކުރީ 11-9 ންނެވެ. ދެވަނަ ސެޓް ވިޔަންކާ ކާމިޔާބު ކުރީ 12-10 ންނެވެ. އެކަމަކު 11-8 އަދި 12-10 ކުރި ހޯދައި އެ ގޭމް ރާއްޖެ އަށް ކާމިޔާބުކޮށްދިނެވެ. ރަފާ އާ ދެކޮލަށް ނުކުތީ އިވާނާ އެވެ. ތިން ސެޓް ވެސް ރަފާ ކާމިޔާބު ކުރީ 11-8 ންނެވެ.