Roadha Mihaaru
ސާކް ޓީޓީ މުބާރާތް: ލަންކާއިން ރާއްޖެއަށް ދޫކޮށްލައިފި

ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތް ރާއްޖޭގައި ބާއްވަން ލަންކާއިން ފުރުސަތު ދޫކޮށްލައިފި

03 ޖެނުއަރީ 2022

މި އަހަރު ބާއްވަން ކަނޑައަޅާފައި އޮތް ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމުގެ ފުރުސަތު ލަންކާ އަށް ދީފައިވަނިކޮށް، އެ ފުރުސަތު ރާއްޖެ އަށް ދިނުމަށް ލަންކާ އިން ނިންމައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މި އަހަރު ބާއްވަން ކަނޑައަޅާފައި އޮތް ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމުގެ ފުރުސަތު ލަންކާ އަށް ދީފައިވަނިކޮށް، އެ ފުރުސަތު ރާއްޖެ އަށް ދިނުމަށް ލަންކާ އިން ނިންމައިފި އެވެ.

ކުރިން ހަމަޖެހިފައި އޮތީ 2021 ގެ ޖޫނިއާ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ފަހު 2022 ގައި ލަންކާގައި ބޭއްވުމަށެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި 2021 ގެ މުބާރާތް ބޭއްވޭ ގޮތެއް ނުވި އެވެ.

ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިދިޔަ އަހަރު މުބާރާތް ނުބޭއްވުނު ނަމަވެސް، ގައުމުތަކުގެ ވިސްނުން ހުރީ 2022 ގައި ލަންކާ އަށް ދީފައިވާ ފުރުސަތުގައި ކުރިއަށް ދިއުމަށެވެ.

"ލަންކާއިން ކޮންމެ ވެސް ވަރަކަށް އުޅުނު. އެކަމަކު އަޅުގަނޑުމެން ލަންކާގެ އެސޯސިއޭޝަންގެ ރައީސްއާ ވާހަކަ ދައްކަމުން ދިޔައީ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވިފައި ނުވާތީ އެ ބޭފުޅުން ވެސް ވިދާޅުވި އޯކޭއޭ. ރާއްޖޭގައި ކުރިއަށް ގެންދާށޭ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދެކުނު އޭޝިއާގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމުން މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

"ކޮންފޯމްކޮށް ނުދިނަސް އިންޑިއާ އާއި ޕާކިސްތާނުން ވެސް އިޝާރާތްކޮށްފައި ވަނީ ރާއްޖޭގައި ބާއްވާ މުބާރާތުގައި ވާދަކުރާނެ ކަމަށް."

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު

ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު

ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތް ރާއްޖޭގައި ކުރިއަށް ދާނީ މާޗު 20-22 އަށެވެ. އަލީ ވިދާޅުވީ ފައިނަލް ޑޮކިޔުމެންޓްތައް މި ހަފުތާގައި ސައުތު އޭޝިއާ ޓީޓީ ފެޑެރޭޝަނަށް ފޮނުވާނެ ކަމަށެވެ. މުބާރާތް ކުރިއަށްދާނީ ސޯޝަލް ސެންޓަރު އިންޑޯގަ އެވެ.

މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ ސެޕްޓެމްބަރު މަސް ތެރޭ އިންޓަނޭޝަނަލް ޓީޓީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތް ކުރިއަށް ގެންދާނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެންނެވެ. އަލީ ވިދާޅުވީ އެ މުބާރާތަށް ދެކުނު އޭޝިއާ އިން ބޭރު ގައުމުތަކަށް ވެސް ދައުވަތު ދޭނެ ކަމަށެވެ.

Sports tourism ge therein TT ge habakah Raajje ah veveyne: Vivek Kohli

Sports tourism ge therein TT ge habakah Raajje ah veveyne: Vivek Kohli

The most trusted news source in the Maldives

Mihaaru

ސްޕޯޓްސް ޓުއަރިޒަމްގެ ތެރެއިން ރާއްޖެ އަކީ ޓީޓީގެ ހަބަކަށް ވެވިދާނެ

ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެންނެވި، ކޮމަންވެލްތު ޓީޓީ ފެޑްރޭޝަންގެ ޗެއާމަން، ވިވެކް ކޯލީ ވިދާޅުވީ، ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ރާއްޖެ އަށް ޓީޓީގެ ހަބަކަށް ވެވޭނެ ކަމަށެވެ.

"ކޮމަންވެލްތުގެ ޓީޓީގެ ކުރިއެރުމަށް ރާއްޖެއަކީ މުހިންމު ބައިވެރިޔަކަށްވާން އަހަރެމެން ބޭނުން. އަހަންނަށް ރާއްޖެ ފެންނަނީ ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި މުހިންމު އެއް ތަނބުގެ ގޮތުގައި،" އިންޑިއާގެ ކުރީގެ ޓީޓީ ޗެމްޕިއަން ކޯލީ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

"އަހަރެން ބޭނުން ކޮމަންވެލްތުގެ ގައުމުތަކުގައި އެކަން ފެތުރިގެންދާން. ކޮމަންވެލްތު ގައުމުތަކުގެ ގޮތުގައި ވަރަށް ރީތި ގައުމުތައް އެބަހުރި. ރާއްޖެ އަކީ އޭގެއިން އެއް ގައުމު. އެ ހުރިހާ ގައުމަކަށް ވުރެ ރާއްޖެއަށް މިކަމުގައި އަދާކުރެވެން އޮތް ދައުރު މާ ބޮޑު. ސަބަބަކީ ރާއްޖޭގެ ޓޭބަލް ޓެނިސް މިދަނީ ފުޅާވެ ހެދި ބޮޑުވަމުން."