Roadha Mihaaru
ދެކުނުއޭޝިއާގެ ޓީޓީ ޗެމްޕިއަންޝިޕްގެ ޕާޓްނަރަކަށް ދިރާގު

ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

08 މެއި 2022

މާދަމާ ރާއްޖޭގައި ފަށާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގާ އެކު ސޮއިކޮށްފި އެވެ.

މާދަމާ ރާއްޖޭގައި ފަށާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގާ އެކު ސޮއިކޮށްފި އެވެ.

ދެކުނު އޭޝިއާގެ ހަތް ގައުމުގެ ތެރެއިން ހަ ގައުމުން މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގައި ވާދަނުކުރަނީ ބޫޓާން އެކަންޏެވެ. މުބާރާތް ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގަ އެވެ.

ދިރާގާ އެކު ހެދި އެއްބަސްވުމުގައި ޓީޓީއެމްގެ ފަރާތުން ސޮއިކުރެއްވީ، އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބްރޭންޑް އަދި މާކެޓިން ކޮމިޔުނިކޭޝަންގެ ސީނިއާ މެނޭޖަރު މުހައްމަދު މިރުޝާން އެވެ.

ޝިއުރީ ވިދާޅުވީ ރާއްޖޭގެ ޓީޓީ އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ދިރާގުން ބައިވެރިވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

މިރުޝާން ވިދާޅުވީ ރާއްޖޭގެ ޒުވާން އެތުލީޓުން ވާދަކުރާ މުބާރާތެއްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ ދިރާގަށް ލިބޭ ޝަރަފެއް ކަމަށެވެ. އަދި ރާއްޖޭގެ ޒުވާނުންގެ ކުރިއެރުމަށް އަބަދުވެސް ދިރާގުން އެއްބާރުލުން ދެމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތުގައި ވާދަކުރަން ޓީމުތައް މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. ޕާކިސްތާނާއި ބަންގްލަދޭޝްގެ ޓީމު އިއްޔެ ވަނީ މާލެ އައިސްފަ އެވެ. ރާއްޖޭގެ ޓީޓީ ޓީމު ވެސް ވަނީ މުބާރާތަށް ހާއްސަކޮށް ހޮޓެލްގައި ކޭމްޕްކޮށްފަ އެވެ.