11 މެއި 2022
ރާއްޖޭގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސްގެ ޖޫނިއާ އަދި ކެޑޭޓް ބައިން ވެސް ފާތިމަތު ދީމާ އަލީ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސްގެ ޖޫނިއާ އަދި ކެޑޭޓް ބައިން ވެސް ފާތިމަތު ދީމާ އަލީ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ދެ ކެޓަގަރީގެ ކުއާޓާ ފައިނަލުގައި ވެސް ދީމާ އާ ވާދަކުރީ ނޭޕާލްގެ ކުޅުންތެރިންނެވެ. މިއަދު ހެނދުނު ކެޑޭޓް ބައިގެ ކުއާޓާ ފައިނަލުގައި ނޭޕާލްގެ ޝޫޖަލްގެ މައްޗަށް ދީމާ ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ދީމާ ސެޓްތައް ކާމިޔާބު ކުރީ 11-4، 11-9 އަދި 11-7 ންނެވެ.
މެންދުރު ފަހު ކުޅުނު ޖޫނިއާ ބައިގެ ކުއާޓާ ފައިނަލުގައި ދީމާ ވާދަ ކުރީ ނޭޕާލްގެ ޝުބާސްތީއާ ދެކޮޅަށެވެ. އެ މެޗުގައި ޝުބާސްތީ ވަނީ ދީމާ އަށް ރަނގަޅު ޗެލެންޖެއް ދީފަ އެވެ. އެކަމަކު ދީމާ ވަނީ 3-1 ސެޓުން މެޗު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ސެޓް އޭނާ ކާމިޔާބު ކުރީ 11-4 ންނެވެ. ދެވަނަ ސެޓް ޝުބާސްތީ ކާމިޔާބު ކުރީ 11-9 ންނެވެ. އެކަމަކު ފަހު ދެ ސެޓް ފަސޭހަ ކާމައެކު ދީމާ ކާމިޔާބު ކުރި އެވެ. ތިންވަނަ ސެޓުގައި އޭނާ ކާމިޔާބު ހޯދީ 11-1 ގެ ބޮޑު ތަފާތަކުންނެވެ. މެޗުން މޮޅުވީ 11-4 ންނެވެ.
ދެވަނަ ރިހި މެޑަލް، ދެން އޮތީ ރަނަށް ކުރެވޭ އުންމިދު
ދީމާ ބަލިކޮށް ސިންގަލްސްގެ އިވެންޓްތައް އިންޑިއާ އަށް
ފައިނަލު ކަށަވަރުވުމާއެކު ދީމާގެ ލޮލުން ފާއްދާލީ ކަރުނަ
ސިންގަލްސްގެ ދެ ކެޓަގަރީން ވެސް ދީމާ ކުއާޓާ އަށް
ކެޑޭޓް ގައިވެސް ދީމާ ރާއްޖެ ސެމީއަށް ގެންގޮސްދީފި
ރާއްޖޭގެ ފުރަތަމަ ދެމެޗު ލަންކާ އަދި ޕާކިސްތާނާ އެކު
ގައުމީ ޓީމާ ގުޅެން ދީމާ ރާއްޖެ އަތުވެއްޖެ
ދީމާ؛ ވިދިވިދިގެން ފަސްވަނަ ފަހަރަށް ގައުމީ ޗެމްޕިއަން
ދީމާ، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފި!
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި