Roadha Mihaaru
ފައިނަލު ކަށަވަރުވުމާއެކު ދީމާގެ ލޮލުން ފާއްދާލީ ކަރުނަ

ފައިނަލުގެ ޖާގަ ކަށަވަރުވުމާއެކު ދީމާގެ ލޮލުން ފާއްދާލީ ކަރުނަ

11 މެއި 2022

ކެޑޭޓް ބައިގެ ސެމީ ފައިނަލުގައި އިންޑިއާގެ ސަންދިކާއާ ދެކޮޅަށް ރާއްޖޭގެ ދީމާ އަލީ ކުޅުނު ތިންވަނަ ސެޓަކީ މުބާރާތުގައި ފެނުނު އެންމެ ދިގު ދެމިގެންދިޔަ ސެޓެވެ. ސިންގަލްސް އިވެންޓްގެ މެޗުތައް ފަސޭހަ ކާއެކު ކާމިޔާބު ކުރި، ދީމާ އަށް ވެސް އެންމެ އުނދަގޫ ސެޓަކަށްވީ އެ ސެޓް އެވެ. ސެޓް 15-13 އިން ކާމިޔާބުވުމާއެކު ދީމާ ފެށީ ރޯށެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލި އެވެ.

ކެޑޭޓް ބައިގެ ސެމީ ފައިނަލުގައި އިންޑިއާގެ ސަންދިކާއާ ދެކޮޅަށް ރާއްޖޭގެ ދީމާ އަލީ ކުޅުނު ތިންވަނަ ސެޓަކީ މުބާރާތުގައި ފެނުނު އެންމެ ދިގު ދެމިގެންދިޔަ ސެޓެވެ. ސިންގަލްސް އިވެންޓްގެ މެޗުތައް ފަސޭހަ ކާއެކު ކާމިޔާބު ކުރި، ދީމާ އަށް ވެސް އެންމެ އުނދަގޫ ސެޓަކަށްވީ އެ ސެޓް އެވެ. ސެޓް 15-13 އިން ކާމިޔާބުވުމާއެކު ދީމާ ފެށީ ރޯށެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލި އެވެ.

މެޗުގެ އޮފިޝަލުންނާއި އަދި ސަންދިކާގެ ކޯޗާ ސަލާމް ކުރަން ދީމާ ދިޔައިރު ވެސް އޭނާ ދިޔައީ ރޮވެމުންނެވެ. ކޯޓުން ބޭރަށް ނުކުތުމާއެކު އޭނާގެ ބައްޕަ އަބްދު ސައްތާރު އަލީ އައިސް އޭނާގެ ބައްދާލައި އުރާލި އެވެ. ދީމާ އަށް ސަޕޯޓްކުރަން އައިސް ތިބި ސަރުކާރުގެ އެކި ކުންފުނިތަކުގެ މުއައްޒަފުން ދީމާ އަށް ސަޕޯޓް ކުރަމުން ދިޔަ އެވެ.

ތިންވަނަ ސެޓްގައި ގޭމް ނިންމަން އެއް ޕޮއިންޓަށް ދީމާ ކައިރިވެފައި ވަނިކޮށް އޭނާ ރަނގަޅަށް ބޯޅަ ފޮނުވައި ނުލެވުމުން ނެޓަށް އަމާޒުވި ބޯޅަތަކުންނާއި އަދި ބޭރަށް ދިޔަ ބޯޅަތަކުން ކައިރިކައިރީގައި ޕޮއިންޓް ހޯދައި ސަންދިކާ ވަނީ ދީމާ އާ އެއްވަރު ކޮށްފަ އެވެ. އަލުން ސަންދިކާ ލީޑް ނަގައި ގޭމް ނިންމަން އެއް ޕޮއިންޓަށް ވެސް ކައިރި ކުރި އެވެ. އެކަމަކު އަލުން ދީމާ ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފަ އަދި ސެޓް ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ޔަގީން ކުރި އެވެ.

ތިންވަނަ ސެޓް ޕްރެޝަރުގައި ކުޅުނު ނަމަވެސް އޭގެ ކުރިން ކުޅުނު ދެ ސެޓް ދީމާ ކުޅުނީ އިތުބާރާއެކު އެވެ. ދިވެހި ސަޕޯޓަރުންގެ އަޑުގަދަ ވެފައި ވުމުން ސަންދިކާ އަށް ކުޅެން އުނދަގޫވި އެވެ. ފުރަތަމަ ދެ ސެޓް ދީމާ ގެންދިޔައީ 11-9 އަދި 11-6 ންނެވެ.

ކެޑޭޓް ބައިގެ ސެމީ ފައިނަލް ކުޅުނުތާ 15 މިނެޓް ނުވަނީސް ދީމާ އަނެއްކާ ވެސް ނުކުންނަން ޖެހުނީ ޖޫނިއާ ބައިގެ ފައިނަލަށެވެ. އޭނާ އާ ދެކޮޅަށް ނުކުތީ އިންޑިއާގެ ޝުހާނާ އެވެ. ޝުހާނާ އާއި ދީމާ މީގެ ކުރިން ވަނީ 2018 ގައި ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ކެޑެޓް އަދި ޖޫނިއާ ޗެމްޕިއަންޝިޕްގެ ކެޑޭޓް ފައިނަލުގައި ކުޅެފަ އެވެ. އޭރު ކުޅުނު މެޗު ސުހާނާ ކާމިޔާބު ކުރީ 3-1 ދެ ގޭމުންނެވެ.

ކެޑޭޓް ސެމީ ފައިނަލުގައި ވަރުގަދަ ވާދައެއް ކުރުމަށް ފަހު ފައިނަލަށް ދަތުރު ކުރުމަށް ފަހު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އިތުރު ސެމީ އަކަށް ނުކުންނަން ޖެހުމުން ދީމާގެ ކިބައިން ވަރުބަލިކަން ފެނުނެވެ. ސީދާ ތިން ސެޓުން ސުހާނާ މެޗު ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު އެވެ. ފުރަތަމަ ސެޓްގައި ދީމާ ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެވެ. އެސެޓް ސުހާނާ ގެންދިޔައީ 11-9 ންނެވެ. އެކަމަކު ފަހު ދެސެޓް ދީމާ އަތުން ދޫވެގެން ދިޔައީ މާފަސޭހަކޮށެވެ. ފަހު ދެ ސެޓުން ސުހާނާ ކުރި ހޯދީ 11-2 އަދި 11-9 ންނެވެ.