10 މެއި 2022
ރާއްޖޭގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް ދެ ކެޓަގަރީން ވެސް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް ދެ ކެޓަގަރީން ވެސް ރާއްޖޭގެ ފާތިމަތު ދީމާ އަލީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޓީމު އަދި ޑަބަލްސް އިވެންޓްތަކުގެ ނާކާމިޔާބަށް ފަހު ސިންގަލްސް މެޗުތަކުގައި ދީމާގެ އިތުރުން ޖޫނިއާ ބައިގައި ވާދަކުރި އައިޝަތު ރަފާ ނާޒިމު ވެސް ވަނީ ކުރި އެރުން ހޯދައިފަ އެވެ.
ޖޫނިއާ ބައިގެ އެއްވަނަ އަށް ދީމާ ދަތުރު ކުރީ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ޖޫނިއާ ބައިގެ ދެ މެޗުން ވެސް ސީދާ ތިން ސެޓުން އޭނާ ކާމިޔާބު ކުރި އެވެ. އަދި ކެޑޭޓް ބައިގެ ކުއާޓާގެ ޖާގަ ޔަގީންވި ނަމަވެސް އެހެން ކުޅުންތެރިންގެ މެޗުތައް ހުރުމުން ދީމާ މަގާމު އަދި ކަށަވަރެއް ނުވެ އެވެ. ޓީމު އިވެންޓްގެ ސިންގަލްސް މެޗުތަކުގައި ކުޅުނު ހުރިހާ މެޗުތަކެއް ކަހަލަ ގޮތަކަށް ދީމާ ކާމިޔާބު ކުރި އެވެ.
ޖޫނިއާ ބައިގައި ވާދަކުރާ ރާއްޖޭގެ ރާފާ ނާޒިމު މެޗު ކާމިޔާބު ކުރުމަށް ފަހު އުފާފާޅު ކުރަނީ: އޭނާ ވަނީ ސިންގަލްސް ބައިގައި ޕާކިސްތާންގެ ކުޅުންތެރިޔާ ބަލިކޮށްފަ: އޭނާ އަދި ކުޅުނީ ސިންގަލްސް ބައިގެ އެންމެ މެޗެއް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސިންގަލްސް ބައިގައި ރަފާ ކުޅުނީ އެންމެ މެޗެކެވެ. ޕާކިސްތާންގެ ހައިކާއާ ވާދަކޮށް ރާފާ މޮޅުވީ ފަހަތުން އަރައި 3-1 ގޭމުންނެވެ. ކެޑޭޓް ބައިގައި ވެސް ރާއްޖެ ބަލިކޮށް ފައިނަލަށް ދަތުރު ކުރި ޕާކިސްތާންގެ އަންހެން ޓީމުގައި ހިމެނޭ ހައިކާ ވަނީ ރަފާ އާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށްފަ އެވެ.
ސިންގަލްސްގައި ކުޅުނު ރާއްޖޭގެ ފިރިހެން ޓީމުގެ ކުޅުންތެރިންނަށް ކާމިޔާބެއް ނުލިބުނެވެ.
މުބާރާތުގެ ޓީމު އިވެންޓްގެ ތިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ. ކެޑޭޓް ކެޓަގަރީގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ފައިނަލުގައި ވެސް އިންޑިއާ ވާދަކުރީ ޕާކިސްތާނާ ދެކޮޅަށެވެ. އިންޑިއާ ވަނީ ދެ މެޗު ވެސް ސީދާ ތިން ގޭމުން ކާމިޔާބު ކޮށްފަ އެވެ. ޖޫނިއާ ބައިގައި އަންހެން ފައިނަލުގައި ލަންކާ އާ ވާދަކޮށް އިންޑިއާ ކާމިޔާބު ހޯދީ 4-1 ގޭމުންނެވެ.
ޖޫނިއާ ބައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝް އެވެ. ފައިނަލުގައި ސްރީ ލަންކާއާ ވާދަކޮށް 3-2 ގޭމުންނެވެ. މުބާރާތުގެ އެންމެ ފަހު ދުވަހަކީ މާދަމާ އެވެ. މުބާރާތް ނިންމުމްުގެ ރަސްމިއްޔާތު މާދަމާ ހަވީރު އޮންނާނެ އެވެ.
ދެވަނަ ރިހި މެޑަލް، ދެން އޮތީ ރަނަށް ކުރެވޭ އުންމިދު
ދީމާ ބަލިކޮށް ސިންގަލްސްގެ އިވެންޓްތައް އިންޑިއާ އަށް
ފައިނަލު ކަށަވަރުވުމާއެކު ދީމާގެ ލޮލުން ފާއްދާލީ ކަރުނަ
ޖޫނިއާ އަދި ކެޑޭޓް ބައިން ވެސް ދީމާ ސެމީ ފައިނަލަށް
ކެޑޭޓް ގައިވެސް ދީމާ ރާއްޖެ ސެމީއަށް ގެންގޮސްދީފި
ރާއްޖޭގެ ފުރަތަމަ ދެމެޗު ލަންކާ އަދި ޕާކިސްތާނާ އެކު
ގައުމީ ޓީމާ ގުޅެން ދީމާ ރާއްޖެ އަތުވެއްޖެ
ދީމާ؛ ވިދިވިދިގެން ފަސްވަނަ ފަހަރަށް ގައުމީ ޗެމްޕިއަން
ދީމާ، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފި!
މުންސިފަށް ރޭންކިން އެއްވަނަ، ދީމާ މަގާމު ދިފާއުކޮށްފި