10 މެއި 2022
އިއްޔެ ރާއްޖޭގައި ފެށި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް، މުބާރާތުގައި ދިވެހި ޓީމަށް ސަޕޯޓް ދިނުމަށް އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ވަޑައިގަތުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށް، ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ރާއްޖޭގައި ފެށި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޓޭބަލް ޓެނިސް، މުބާރާތުގައި ދިވެހި ޓީމަށް ސަޕޯޓް ދިނުމަށް އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ވަޑައިގަތުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށް، ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ހެނދުނު ރާއްޖެ ކުޅުނު މެޗުތައް ބައްލަވައިލެއްވުމަށް، ކްރިކެޓް ބޯޑް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް އާއި ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އާދަމް ވަޑައިގެންނެވި އެވެ. އަދި ރޭ ބޭއްވި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އަލީ ވިދާޅުވީ ރާއްޖޭގެ ޓީޓީ އަށް މުހިންމު މުބާރާތެއް ކުރިއަށްދާ ދަނޑިވަޅެއްގައި އެހެން ކުޅިވަރުތަކުން ޓީޓީ އާއެކު އެކުގައި ތިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އިއްޔެ ހެނދުނު ރާއްޖެ ކުޅުނު މެޗުތައް ބައްލަވާ ލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެން: ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ވެސް ވަޑައިގެންނެވި
"އެބޭފުޅުންގެ ޕްރެސެންސް އެތަނުން ފެނުނީމަ ވެސް އަޅުގަނޑު ހިތްހަމަޖެހުނު،" އޭނާ ވިދާޅުވި އެވެ.
ރޭ ހުޅުވުމުގެ ރަސްމިއްޔާތަށް ބައެއް ބޭފުޅުން ވަޑައިގެންނެވީ ދައުވަތު އެރުވުމުންނެވެ. އެކަމަކު މެޗުތައް ބައްލަވަން ވެސް ބައެއް ބޭފުޅުން އަމިއްލަ ފުޅަށް ވަޑައިގެންނެވި އެވެ. ހުރިހާ އެސޯސިއޭޝަންތަކުގެ ރައީސުން ހާޒިރުވެ ނެތް ނަމަވެސް އެކުޅިވަރު ތަމްސީލުކުރާނެ ބޭފުޅުން ހާޒިރުވެ ތިއްބެވިކަން އަލީ ފާހަގަ ކުރި އެވެ.
"ނެޓްބޯޅައިން ބާސްކެޓްބޯޅައިން ވޮލީން ފުޓްބޯޅައިގައި ކޯޗު [އަލީ] ސުޒޭން ވެސް ވަޑައިގެން މެޗުތައް ކުޅުނު ގަޑީގައި އިންނެވި،" އަލީ ވިދާޅުވި އެވެ.
ރާއްޖޭގައި މިއަދު ފެށި ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ބައްލަވާލައްވަނީ --.ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ވިދާޅުވީ ކުޅިވަރުތަކުގައި މެދުގައި ބަދަހިކަން އޮތީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެގޮތަށް އިސްނަންގަވައިގެން މަސައްކަތް ކުރެއްވުމުން ކަމަށެވެ.
"މިތިއްބެވީ ތަފާތު ވިސްނުމުގެ ބޭފުޅުން. އެކަމަކު މިހުރިހާ އެންމެން ގޮވައިގެން ވެސް ބަދަހި ކަމާއެކު ކުރިއަށް ވަޑައިގެންނެވުނީ މިނިސްޓަރު މަހްލޫފް ވެސް އެގޮތުގައި ހުންނެވީމަ،" އަލީ ވިދާޅުވި އެވެ.
ރޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓީޓީއޭއެމްގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ މުބާރާތުގެ އިންތިޒާމުތައް ފުރިހަމަވުމަކީ ޓީޓީގެ އިތުރުން ރާއްޖޭގެ ކުޅިވަރަށް ވެސް ލިބިގެންދާ އުފަލެއް ކަމަށެވެ.
ދެވަނަ ރިހި މެޑަލް، ދެން އޮތީ ރަނަށް ކުރެވޭ އުންމިދު
ކެޑޭޓް ގައިވެސް ދީމާ ރާއްޖެ ސެމީއަށް ގެންގޮސްދީފި
މިޝްކާ ޕްރެޝަރުން ނުކުމެ ނޭޕާލާ ދެކޮޅަށް ރާއްޖެ މޮޅުކޮށްދީފި
ޖޫނިއާ އަންހެން ޓީމުން ޕާކިސްތާން ބަލިކޮށްފި
ރާއްޖޭގެ ފުރަތަމަ ދެމެޗު ލަންކާ އަދި ޕާކިސްތާނާ އެކު
އައިއޯއައިޖީގައި ޓީޓީއަށް ދިންފޯރި ޒުވާންޓީމަށް މުހިންމު
ޓީޓީ ޓީމުގެ ޓްރޭނިންތަކަށް ކްރޮއޭޝިއާގެ ކޯޗެއް
ސާކް ޓީޓީ މުބާރާތް: ލަންކާއިން ރާއްޖެއަށް ދޫކޮށްލައިފި
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ
އިރާންގެ ޕެއާ ބަލިކޮށް ޝައްފާނާއި މުންސިފް ދެވަނަބުރަށް