01 ސެޕްޓެމްބަރ 2020
އިތުރު ހަތް ރަށަކުން 20 މީހަކު، ކޮވިޑް-19އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
އިތުރު ހަތް ރަށަކުން 20 މީހަކު، ކޮވިޑް-19އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނިގޮތުގައި ބަލިޖެހިފައިވާ މީހުން ފެނިފައިވަނީ ށ. ފީވަކާއި ބ. އޭދަފުއްޓާއި ދ. ކުޑަހުވަދު އާއި ޅ. ނައިފަރާއި ރ. އިނގުރައިދު އާއި އެ އަތޮޅު ރަސްމާދޫގެ އިތުރުން ގއ. ދާންދުއިންނެވެ. އެ ރަށްތަކުން ޕޮޒިޓިވްވީ، މުޅިން ވެސް ހޯމް ކަރަންޓީނުގެ 14 ދުވަހަށް ފަހު ޓެސްޓް ކުރި މީހުންނެވެ.
އެޗްޕީއޭން އާއްމު ކުރި މައުލޫމާތުތަކަށް ބަލާއިރު ކުޑަހުވަދޫން ވަނީ އެއް މަހާއި ތިން އަހަރުގެ ދެ ފިރިހެން ކުދިން ޕޮޒިޓިވްވެފަ އެވެ. ދެން އެ ރަށުން ޕޮޒިޓިވްވީ ބޮޑު ދެ މީހެކެވެ. އޭދަފުށިން ވެސް ހަތަރު މީހަކު ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ތިން މަހުގެ ކުއްޖެއް ހިމެނެ އެވެ.
އެއް އަހަރުގެ ކުޑަކުއްޖަކާ އެކު އިނގުރައިދޫން ހަތަރު މީހަކަށް ބަލި ޖެހުނު އިރު، ދާންދޫން ވަނީ 59 އަހަރުގެ މީހަކާއި ޒުވާނަކު ޕޮޒިޓިވްވެފަ އެވެ. އަދި ނައިފަރުން، 57 އަހަރުގެ މީހަކާއެކު އިތުރު ތިން މީހަކަށް ބަލި ޖެހުނެވެ. ރަސްމާދު އާއި ފީވަކުން ޕޮޒިޓިވްވީ ދެ މީހެކެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން ދާއިރު، ރަށްރަށުން އެ ބަލި ފެންނަ މިންވަރު ވެސް ދަނީ މައްޗަށެވެ. އެގޮތުން މިހާތަނަށް 38 ރަށަކުން އަދި 15 ރިސޯޓަކުން ކޮވިޑްގެ ބަލި މީހުން ވަނީ ފެނިފަ އެވެ. ރާއްޖޭން އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 7،000އަށް ވުރެ ވަނީ އިތުރުވެފަ އެވެ.
ރަށްރަށް ހައްތާ ގޯސްވަނީ: މައްސަލައަކީ ޓެސްޓު ނުކުރުން
ރަށްރަށުގައި ކޮވިޑްގެ 900 އަށް ވުރެ ގިނަ ކޭސް!
ކަރަންޓީންނުވެ، މަސައްކަތްތަކަށް ރަށްރަށަށް ދެވޭނެ
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި
އަތޮޅު ހޮސްޕިޓަލްތައް ތައްޔާރު، އެންމެން މާލެއަކަށްނޫން
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!