ނިއު ދިއްލީ (އޮގަސްޓް 3) - އިންޑިއާގައި އެންމެ ނުފޫޒް ގަދަ ސިޔާސީ އެއް ލީޑަރު ކަމަށްވާ ހޯމް މިނިސްޓަރު އަމިތު ޝާހަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
03 އޯގަސްޓް 2020
ނިއު ދިއްލީ (އޮގަސްޓް 3) - އިންޑިއާގައި އެންމެ ނުފޫޒް ގަދަ ސިޔާސީ އެއް ލީޑަރު ކަމަށްވާ ހޯމް މިނިސްޓަރު އަމިތު ޝާހަށް ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑާ ބައްދަލުވި އެންމެން އައިސޮލޭޓްވެ އަދި ޓެސްޓް ހެދުމަށް އިލްތިމާސް ކުރަން،" އުމުރުން 55 އަހަރުގެ އަމިތު ޝާހު ޓްވީޓް ކުރެއްވި އެވެ.
ޝާހު ވިދާޅުވީ އޭނާ ޓެސްޓް ކުރީ ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ކަމަށެވެ.
"އަޅުގަނޑުގެ ހާލު ރަނގަޅު. އެކަމަކު އެޑްމިޓްކުރީ ޑޮކްޓަރުން ލަފާދީގެން،" ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ޝާހު ވިދާޅުވި އެވެ.
ޝާހަކީ އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ސިޔާސީ އެންމެ އިސް ފަރާތެވެ.
އިންޑިއާގައި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ އިދާރާތަކުގެ ތެރޭގައި ޝާހުގެ މިނިސްޓްރީ ހިމެނެ އެވެ.
އިންޑިއާގައި 2014 ވަނަ އަހަރު ބޭއްވި އާއްމު އިންތިޚާބުން މޯދީ އަށް ކާމިޔާބު ލިބިވަޑައިގަތުމާ އެކު ޝާހު ވަނީ ބީޖޭޕީގެ ރައީސްގެ މަގާމަށް ހަމަޖައްސައިފަ އެވެ. ހޯމް މިނިސްޓަރަކަށް ޝާހު ހަމަޖައްސާފައި ވަނީ މިދިޔަ އަހަރު ދެ ވަނަ ދައުރަކަށް މޯދީ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެންނެވެ.
ޝާހުގެ ހޯމް މިނިސްޓަރުކަމުގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައި ވަނީ އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ކަޝްމީރަށް ދީފައިވާ އަމިއްލަ މިނިވަންކަން އުވާލުމުންނެވެ. އަދި އިންޑިއާގައި ރަސްމީ ލިޔުމެއް ނެތި އުޅޭ މީހުން ހޯދަން ކަމަށް ބުނެ ތައާރަފް ކުރި ނޭޝަނަލް ރެޖިސްޓަ އޮފް ސިޓިޒަންސް ނުވަތަ އެންއާރުސީގެ ސަބަބުން ވެސް އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. މިއީ މުސްލިމުންނަށް އަމާޒުކޮށްގެން ކޮށްފައިވާ ކަންތައް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އިންޑިއާގެ ހޯމް މިނިސްޓަރަށް ކެނެޑާއިން ބޮޑު ތުހުމަތެއް
ދިއްލީގެ ހަމަނުޖެހުމުގެ ޒިންމާ ނަގަންޖެހޭނީ އަމިތު ޝާހު
ކަޝްމީރް ފައިލްސްގެ ޑައިރެކްޓަރަށް ބޮޑު ނާކާމިޔާބީއެއް
މުމްބާއީއަށް ޓެރަރިސްޓު ހަމަލާތަކެއްގެ އިންޒާރު ދީފި
އިންޑިއާގެ ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މީދާ
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް
އިންޑިއާ މާކެޓް ހޯދަން ކުރާ މަސައްކަތުން ކުރިއެރުން
އިންޑިއާ-ޗައިނާ، ވާދަވެރިކަން ދޫކޮށް ބައިވެރިންނަށް!
ޗައިނާއިން ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމެއް!
ޓެރިފް ބޮޑުކުރިޔަސް ބޮލެއް ނުލަނބާނަން: އިންޑިއާ