އިންޑިއާ އާއި ޗައިނާގެ އިމުގެ މައްސަލައިގައި ޒަމާނުންސުރެ އޮންނަ ނުތަނަވަސްކަން ކުޑަވެ މިހާރު އިތުރުބާރު އުފެދި ގުޅުން ބަދަހިވަމުން އަންނަ ކަމަށް އެ ދެ ގައުމުގެ ވެރިން މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އާއި ޗައިނާގެ އިމުގެ މައްސަލައިގައި ޒަމާނުންސުރެ އޮންނަ ނުތަނަވަސްކަން ކުޑަވެ މިހާރު އިތުރުބާރު އުފެދި ގުޅުން ބަދަހިވަމުން އަންނަ ކަމަށް އެ ދެ ގައުމުގެ ވެރިން މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، ޓިއަންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބައްދަލުކުރައްވައިފަ އެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި މޯދީ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ޗައިނާ އާއި އިންޑިއާ އަކީ ވާދަވެރިންގެ ބަދަލުގައި ބައިވެރިންގެ ގޮތުގައި އޮންނަން ޖެހޭ ކަމަށް މި ބައްދަލުވުމުގައި ޝީ މޯދީ އަށް ދެންނެވި އެވެ. އަދި މޯދީ ވަނީ އެ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތީ "ސުލްހަ އާއި ހަމަޖެހުމުގެ މާހައުލެއް" ކަމަށް ވިދާޅުވެފަ އެވެ.
އެމެރިކާއާ އެކު އޮތް ވިޔަފާރީގެ ހަނގުރާމައިގެ ހިޔަނި އެޅިފައި ވަނިކޮށް ބާއްވާ މި ސަމިޓުގައި ވިއްސަށް ވުރެ ގިނަ ގައުމުތަކުން ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާއިރު އޭގެތެރޭގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވެސް ހިމެނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަނެ ރަޝިޔާއަށް އެހީވާ ކަމަށް ވިދާޅުވެ އިންޑިއާގެ މުދަލުން 50 ޕަސެންޓާ ހަމަޔަކަށް ޓެރިފް ނަގަން ނިންމައިފަ އެވެ. އެއާ އެކު އިންޑިއާ އާއި ޗައިނާގެ ގުޅުން ބަދަހިކުރުމުގެ މަސައްކަތްތަކެއް ހަލުވިކަމާ އެކު ފެށި އެވެ. މިއީ އާބާދީ އެންމެ ބޮޑު ދެ ގައުމަށް ވުމުގެ އިތުރުން މިއީ އެންމެ ބޮޑު ދެ އިގްތިސާދު ވެސް މެ އެވެ.
އިންޑިއާ އާއި ޗައިނާ ސިފައިންނާ ދެމެދު 2020 ވަނަ އަހަރު ހިމާލިޔާގެ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކަށް ފަހު މެދުކަނޑާލާފައިވާ ވައިގެ ދަތުރުތައް ދެ ގައުމުގެ މެދުގައި އަލުން ފަށާނެކަން ވެސް މޯދީ އިއުލާން ކުރެއްވި އެވެ. ނަމަވެސް އެކަމާ ގުޅޭ ތާރީހުތަކެއް ނުދެއްވަ އެވެ.
ޝީ ވިދާޅުވީ ސްޓްރެޓެޖިކް ނަޒަރަކުން ވިސްނައި، ދުރުރާސްތާ އަށް ބަލައިގެން ގުޅުން ބަދަހިކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މިރަހުމަތްތެރިންގެ ގޮތުގައި ދެމިތިބުމަކީ ދެ ގައުމަށް ވެސް އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
އެސްސީއޯ ސަމިޓަކީ ޖުމްލަ ގޮތެއްގައި ބަލާއިރު ރަމްޒީ އެއްވުމެއް ނަމަވެސް، މި ސަމިޓުގެ ސަބަބުން ލީޑަރުން އެއް ތަނަކުން ބައްދަލުވެ ކަންބޮޑުވުންތަކާއި، އެއްބަޔަކު އަނެއް ބައެއްގެ މަސްލަހަތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ފުރުސަތު ލިބެ އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތާ 80 އަހަރު ފުރުމުގެ މުނާސަބަތުގައި ބެއިޖިންގައި ބާއްވާ އަސްކަރީ ޕެރޭޑުގެ ކުރިން ބާއްވާ ސަމިޓެކެވެ.
އެ ޖަމާއަތުގައި 10 މެމްބަރު ގައުމެއްގެ އިތުރުން ރަޝިއާ، ޕާކިސްތާން އަދި އީރާން އަދި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި 16 ގައުމަކާއި އޮބްޒާވަރުން ހިމެނެ އެވެ.
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް
އިންޑިއާގެ ބޮޑުވަޒީރު މޯދީ ޗައިނާއަށް ވަޑައިގަންނަވަނީ
ބްރިކްސް މަހާސިންތާ މިއަދު ފަށަނީ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ރާއްޖެ-އިންޑިއާގެ ގުޅުމަކީ މައްސަލައެއް ނޫން: ޗައިނާ
މޯދީ ޗަައިނާ އަށް ވަަޑައިގެން ޝީއާ ބައްދަލު ކުރައްވަނީ
މޯދީ އާއި ޝީ ގުޅުން ރަނގަޅު ކުރުމުގެ ބައްދަލުވުމަކަށް
ޗައިނާއިން ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމެއް!
"ރާއްޖެ ކުޑަވުމަކީ ބުލީއަށް ލިބޭ ލައިސަންސެއް ނޫން"
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ