ޒިއަމެން (ސެޕްޓެމްބަރު 5) - ދެ ގައުމު ގުޅުނު ބޯޑަރު ކައިރީ މަޝްރަހު ހޫނުވިތާ ދުވަސްކޮޅެއް ފަހުން ގުޅުން ރަނގަޅު ކުރުމުގެ ބައްދަލުވުމެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޗިންޕިން މިއަދު ބައްދަލު ކުރައްވައިފި އެވެ.
05 ސެޕްޓެމްބަރ 2017
ޒިއަމެން (ސެޕްޓެމްބަރު 5) - ދެ ގައުމު ގުޅުނު ބޯޑަރު ކައިރީ މަޝްރަހު ހޫނުވިތާ ދުވަސްކޮޅެއް ފަހުން ގުޅުން ރަނގަޅު ކުރުމުގެ ބައްދަލުވުމެއް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޗިންޕިން މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޗައިނާގެ ބަނދަރުމަތީ ރަށެއް ކަމަށްވާ ޒިއަމެންގައި ބޭއްވި ބްރިކްސް ސަމިޓުގެ ތެރޭގައި ދެ ލީޑަރުން ބައްދަލު ކުރެއްވި އިރު ބޯޑަރުގެ ހަމަނުޖެހުންތައް ތިން މަހަށް ކުރިއަށް ދިޔަ އެވެ. ނަމަވެސް މޯދީ ޗައިނާ އަށް ވަޑައިގަންނަވާކަން އިއުލާން ކުރުމުގެ ކުރިން ޗައިނާގެ ބޯޑަރު ކައިރިން އިންޑިއާ ސިފައިން ވަނީ ފަހަތަށް ޖައްސައިފަ އެވެ.
ޗައިނާގެ ރަސްމީ މީޑިއާ އިން ބުނެފައި ވަނީ ޗައިނާ-އިންޑިއާގެ މެދުގައި ހަމަޖެހޭ ރަނގަޅު ގުޅުމެއް އޮންނަން ޖެހޭނެ ކަމަށް މޯދީ އަރިހު ޝީ ދަންނަވާފައިވާ ކަމަށެވެ. އަދި ތިން ދުވަހުގެ މުއްދަތަށް ކާމިޔާބުކަމާ އެކު ސަމިޓް ބޭއްވުމުން މޯދީ ވަނީ ޝީ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ އެސް. ޖައިޝަންކަރު ވިދާޅުވީ ދެ ގައުމުން ވެސް ކުރިއަށް އޮތް ތަނުގައި ދޭދޭ ގުޅުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދެ ގައުމުން ވެސް ބޭނުން ވަނީ މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން އިތުރު ކުރުމަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރަޝިޔާ، ބްރެޒިލް އަދި ސައުތު އެފްރިކާ ވެސް ހިމެނޭ ބްރިކްސް ސަމިޓުގައި އިގްތިސާދީ މައްސަލަތަކުގެ އިތުރުން ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ޓެސްޓާއި ޗައިނާ-އިންޑިއާގެ ބޯޑަރު މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ.
އިންޑިއާއަށް އަދަބު ދޭން ޓްރަމްޕް ޖެއްސެވި ހިސާބު ގޯސް
އިންޑިއާ-ޗައިނާ، ވާދަވެރިކަން ދޫކޮށް ބައިވެރިންނަށް!
އިންޑިއާގެ ބޮޑުވަޒީރު މޯދީ ޗައިނާއަށް ވަޑައިގަންނަވަނީ
ބްރިކްސް މަހާސިންތާ މިއަދު ފަށަނީ
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ރާއްޖެ-އިންޑިއާގެ ގުޅުމަކީ މައްސަލައެއް ނޫން: ޗައިނާ
މޯދީ ޗަައިނާ އަށް ވަަޑައިގެން ޝީއާ ބައްދަލު ކުރައްވަނީ
ޗައިނާއިން ރައީސް މުއިއްޒު އާއި މޯދީގެ ބައްދަލުވުމެއް!
"ރާއްޖެ ކުޑަވުމަކީ ބުލީއަށް ލިބޭ ލައިސަންސެއް ނޫން"
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ