03 ނޮވެމްބަރ 2024
ކެނެޑާގައި ސިކް އެކްޓިވިސްޓުންނަށް އަމާޒުކޮށް ހަމަލާތައް ދޭން ރޭވީ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ކަމަށް ކެނެޑާ ސަރުކާރުގެ އޮފިޝަލުން ތުހުމަތުކުރެއްވުމުން އިންޑިއާ އިން އެކަން ދޮގުކޮށް ރައްދު ދީފި އެވެ.
ކެނެޑާގައި ސިކް އެކްޓިވިސްޓުންނަށް އަމާޒުކޮށް ހަމަލާތައް ދޭން ރޭވީ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ކަމަށް ކެނެޑާ ސަރުކާރުގެ އޮފިޝަލުން ތުހުމަތުކުރެއްވުމުން އިންޑިއާ އިން އެކަން ދޮގުކޮށް ރައްދު ދީފި އެވެ.
ކެނެޑާއަކީ އިންޑިއާއިން ބޭރުގައި ސިކުން އެންމެ ގިނަ ގައުމަށް ވާއިރު، "ޚާލިސްތާން" ގެ ނަމުގައި އިންޑިއާގައި ސިކުންނަށް ވަކި ދައުލަތެއް ހަދަން މަސައްކަތްކުރާ އެކްޓިވިސްޓުންގެ ވެސް އޭގެތެރޭގައި ހިމެނެ އެވެ.
ކެނެޑާއިން މީގެ ކުރިން ވަނީ 2023 ވަނަ އަހަރު ވެންކޫވާގައި، މިހާރު ކެނެޑާ ރައްޔިތަކަށް ވެފައިވާ ސިކުންގެ އެކްޓިވިސްޓެއް ކަމަށްވާ ހަރްދީޕް ސިންގް ނިއްޖާރު މަރާލުމުގައި އިންޑިއާ ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ކެނެޑާގެ އޮފިޝަލުން މި ހަފުތާގައި ބުނެފައި ވަނީ އެ ގައުމުގައި އުޅޭ ސިކުންނާ ދެކޮޅަށް ހިންގާ އަމަލުތަކުގެ ތަހުގީގު ފުޅާކޮށް ބެލުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންމެ އަރިސް އެއް ވަޒީރު ކަމަށްވާ ހޯމް މިނިސްޓަރު އަމިތު ވެސް މައްސަލައިގެ ތެރެއަށް ވަންނަ ކަމަށެވެ.
"އިންޑިއާގެ ޔުނިއަން ހޯމް މިނިސްޓަރު އަމިތު ޝާހަށް، އެއްވެސް ހަގީގަތެއް އަދި އަސާސެއް ނެތި ކޮށްފައިވާ ތުހުމަތު އިންޑިއާ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
ޖައިސްވާލް ވިދާޅުވީ ކެނެޑާގެ ޑިޕްލޮމެޓަކު ހާޒިރުކޮށް، ޝާހުގެ މައްޗަށް ކުރާ ތުހުމަތަށް ރަސްމީކޮށް ދެކޮޅުހަދައި އެކަމުގެ ރަސްމީ ސިޓީ ވެސް ދީފައިވާނެ ކަމަށެވެ.
ޖައިސްވާލް ވަނީ ކެނެޑާގެ އޮފިޝަލުން "އިންޑިއާ ބަދުނާމުކުރުމަށް" ހަގީގަތާ ހިލާފު ވާހަކަތައް އޮޅުވާލައިގެން މީޑިއާއަށް ލީކުކޮށްފައިވާ ކަމަށް ތުހުމަތުކޮށް ރައްދު ދެއްވައިފަ އެވެ. އަދި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބޮޑެތި ގެއްލުންތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި ފުލުހުން މީގެ ކުރިން ވެސް ބުނެފައި ވަނީ މީހުން މެރުމުގައި އިންޑިއާގެ ބައިވެރިވުން އޮތް ކަމުގެ "ސާފު ނިޝާން" ލިބިފައިވާ ކަމަށާއި އަދި ޚާލިސްތާން އެކްޓިވިސްޓުންނަށް ބިރުދެއްކުމާއި ހަމަނުޖެހުން ހިންގުމާއި އެހެނިހެން އިންޒާރުތައް ދިނުމުގެ ފުޅާ ކެމްޕޭނެއް ހިންގަމުންދާ ކަމަށެވެ.
އިންޑިއާ އާއި ކެނެޑާއިން ސަފީރުން ބޭރުކޮށްފި
ސިކުގެ މަރާ ގުޅިގެން އިންޑިއާގެ ޑިޕްލޮމެޓް ފޮނުވާލައިފި
މީހުން މަރާ އެޖެންޓު އިންޑިއާގެ ވަޒީފާއިން ވަކިކޮށްފި
އިންޑިއާއިން ކެނެޑާގެ އިސްތިގުލާލަށް އަރައިގަތް: ޓްރޫޑޯ
އެންކްރިޕްޓެޑް އެޕްތަކަށް އެކްސެސް ހޯދަން އެއްބަސްވުމެއް
އިންޑިއާގެ ހޯމް މިނިސްޓަރަށް ކޮވިޑް-19 ޖެހިއްޖެ
ދިއްލީގެ ހަމަނުޖެހުމުގެ ޒިންމާ ނަގަންޖެހޭނީ އަމިތު ޝާހު
ކެނެޑާގެ ރަށްވެހިކަން ހޯދި ސަބަބު އަކްޝޭ ކިޔައިދީފި
ސިކުން މަރާލި ގަތުލު އާންމާ ހެދި މެމްބަރަކު ޖަލަށް
ނޯރާ ފަތެހީ ލަވަކިޔުންތެރިއަކަށް