08 ޑިސެމްބަރ 2019
ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ އަތުގައި އިންޑިއާގެ ރަށްވެހިކަމުގެ ބަދަލުގައި ކެނެޑާގެ ރަށްވެހިކަން އޮންނާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން އޭނާ ކުރިން ނުދައްކާ ވާހަކަތަކެއް ދައްކައިފި އެވެެ.
ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ އަތުގައި އިންޑިއާގެ ރަށްވެހިކަމުގެ ބަދަލުގައި ކެނެޑާގެ ރަށްވެހިކަން އޮންނާތީ އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން އޭނާ ކުރިން ނުދައްކާ ވާހަކަތަކެއް ދައްކައިފި އެވެެ.
އިންޑިއާގައި އުޅުނަސް ކެނެޑާގެ ރަށްވެހިކަން އޮންނާތީ މި އަހަރުގެ ކުރީކޮޅު ބޭއްވި އިންޑިއާގެ ގާނޫނު ހަދާ މަލީހުގެ ތިރިގެ ލޯކް ސަބާގެ އިންތިހާބުގައި އޭނާ އަށް ވޯޓެއް ވެސް ނުލެވެ އެވެ.
ކެނެޑާގެ ރައްވެއްސެއްގެ ގޮތުގައި އެ ގައުމުގެ ޕާސްޕޯޓެއް ގެންގުޅުމާ ބެހޭ ގޮތުން އަކްޝޭ ބުނީ އެކަން ކުރީ ކެނެޑާގައި ދިރިއުޅޭ އިންޑިއާގެ ރައްޓެއްސަކު ދިން ލަފައެއްގެ މަތިން ކަމަށެވެ. އަދި އެކަން ކުރީ ކެރިއަރު ސަލާމަތްކުރުމަށްޓަކައި ކަމަށް ވެސް ބުންޏެވެ.
@akshaykumar talks about acquiring Indian citizenship at an event by @HindustanTimes pic.twitter.com/4Oy8dqRcEj
— Bollywood Hungama (@Bollyhungama) December 6, 2019
ހުކުރު ދުވަހު ނިއު ދިއްލީގައި ފެށި 17 ވަނަ ހިންދުސްތާން ޓައިމް ލީޑަޝިޕް ސަމިޓްގައި ބަތަލާ ކަރީނާ ކަޕޫރާ ވެސް އެކު ކުރިއަށް ގެންދިޔަ ޑިސްކަޝަނެއްގެ ތެރޭގައި އަކްޝޭ ބުނީ ކެނެޑާގެ ރަށްވެހިކަން ހޯދަން ނިންމީ އޭނާ ކުޅުނު 14 ފިލްމެއް ފުލުފުލުގައި ފްލޮޕްވުމުން ކެރިއަރު އެ ހިސާބުން ނިމުމަކަށް އައިކަމުގެ ބިރު ވެސް ހީވެގެން ކަމަށެވެ.
"އެ ވާހަކަ އަހަރެންގެ އެކުވެރިޔާއާ ހިއްސާކުރީމަ އޭނާ ބުނަނީ އަންނާށޭ ކެނެޑާގައި އުޅެން. ދެ މީހުން އެކީގައި މިތަނުގައި މަސައްކަތްކުރާނީއޭ. ހަގީގަތުގައި ފުލުފުލުގައި ގިނަ ފިލްމުތަކެއް ފްލޮޕްވީމަ އަހަރެން ހުރީ ކެރިއަރު ނިމުމަކަށް އަތުވެދާނެތީ ވަރަށް ބިރުން ހަދާނެ ގޮތްހުސްވެފައި،" އަކްޝޭ ބުންޏެވެ. "އެކަންތައްގަނޑުގެ ތެރެއިން މީގެ އެތައް އަހަރެއް ކުރިން ހިނގި ކަމެއް އެއީ."
އޭނާ ބުނީ ކެނެޑާގެ ރަށްވެހިކަން ލިބުނު ނަމަވެސް ކެނެޑާ އަށް ދިރިއުޅުން ބަދަލުނުކުރަން ނިންމީ ފުލުފުލުގައި 14 ފިލްމު ފްލޮޕްވުމަށް ފަހު، 15 ވަނަ ފިލްމު ބޮޑު ހިޓަކަށްވުމުން ކަމަށެވެ.
"އެއީ އަހަރެންގެ ނަސީބޭ ބުނާނީ. އަހަރެން މިހާރު އޮންނާނީ އިންޑިއާގެ ރަށްވެހިކަން ހޯދަން ވެސް އެޕްލައިކޮށްފައި. އަހަރެން ބޭނުމެއް ނޫން އުފަން ގައުމު ދޫކޮށް އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރާކަށް،" މިހާރު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ބުންޏެވެ. "ކެނެޑާގެ ޕާސްޕޯޓެއް އަހަރެންގެ އަތުގައި އޮވެގެން ވަރަށް ގިނަ ބަޔަކު އެކަމާ ގުޅޭ ގޮތުން އެކި ކަހަލަ ނޭދެވޭ ވާހަކަތައް ދައްކާ. އެއީ ހަގީހަތުގައި ވަރަށް ހިތުގައި ޖެހޭ ކަމެއް. އަހަންނަކީ ވެސް އަބަދު ވެސް އިންޑިއާ މީހެއް."
ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ފިރިމީހާ ބުނީ އޭނާގެ އަންހެނުންނާއި އަމިއްލަ އާއިލާގެ ހުރިހާ އެންމެންނަކީ ވެސް އިންޑިއާގެ ރަށްވެހިކަން އޮންނަ މީހުން ކަމަށެވެ. އަދި އެ މީހުންނަށް ލިބޭ އާމްދަނީން ޓެކްސް ވެސް ދައްކަނީ އިންޑިއާ އަށް ކަމަށް ބުންޏެވެ.
"އެހެންވީމަ އަބަދު ވެސް އަހަރެންގެ ދިރިއުޅުން ބިނާވެފައި އޮންނާނީ އިންޑިއާގައި،" އަކްޝޭ ބުންޏެވެ.
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
އަކްޝޭގެ ފަރާތުން އިތުރު ތިން ކްރޯޑް ރުޕީސް
ރަށްވެހިކަމާ ދޭތެރޭ ސުވާލު އުފައްދާތީ އަކްޝޭގެ ޝަކުވާ
އަކްޝޭ ކުމާރަށް އިންޑިއާގެ ރަށްވެހިކަން ލިބިއްޖެ
ރާޖޭޝް ކަންނާ އަށް ފިލްމެއް، ޑައިރެކްޓްކުރާނީ ފަރާ
ޑިމްޕަލް އާއި ޕަންކަޖްގެ ވާހަކައެއް
އިންޑިއާގެ އެންމެ އަގު ބޮޑު އެކްޓަރަކީ ޕްރަބާސް
އަކްޝޭއަށް ވެސް ކުޑައިރު ޖިންސީ ގޯނާ
ބެއާ ގްރިލްސްގެ ޝޯއަށް އަޖޭ ރާއްޖެއަށް އަންނަނީ
ބޮލީވުޑްގެ ތަރިންތަކެއް ހައްޔަރުކުރަން އެދި ކޯޓަށް