Roadha Mihaaru
އަކްޝޭ ކުމާރަށް އިންޑިއާގެ ރަށްވެހިކަން ލިބިއްޖެ

އަކްޝޭ ކުމާރަށް އިންޑިއާގެ ރަށްވެހިކަން ލިބިއްޖެ

16 އޯގަސްޓް 2023

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރަށް އަނެއްކާވެސް އިންޑިއާގެ ރަށްވެހިކަން ލިބިއްޖެ އެވެ.

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރަށް އަނެއްކާވެސް އިންޑިއާގެ ރަށްވެހިކަން ލިބިއްޖެ އެވެ.

އަކްޝޭ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއްޔެ އޭނާގެ ފޭނުންނާ އެ ވާހަކަ ހިއްސާކޮށްފަ އެވެ. އިންޑިއާގެ ރަށްވެހިކަން އަލުން ލިބުނު ކަން އަކްޝޭ އިއުލާންކުރީ އިއްޔެ ފާހަގަކުރި އިންޑިއާގެ 77 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގަ އެވެ.

މީގެ 12 ވަރަކަށް އަހަރު ކުރިން އަކްޝޭ އިންޑިއާގެ ރަށްވެހިކަން ދޫކޮށްލީ ކެނެޑާގެ ސަރުކާރުން އޭނާއަށް އެ ގައުމުގެ ރަށްވެހިކަން ދިނުމުންނެވެ. ކެނެޑާ އިން އަކްޝޭއަށް ރަށްވެހިކަން ދިނީ އޭނާގެ މަޝްހޫރުކަން ބޭނުންކޮށްގެން ދެ ގައުމުގެ ގުޅުން ވަރުގަދަކޮށް އަދި ވިޔަފާރި އާއި ޓޫރިޒަމް ކުރިއެވުމަށެވެ.

އަކްޝޭ އިންޑިއާގެ ރަށްވެހިކަން ދޫކޮށްލުމުން އޭރު ގިނަ ބައެއްގެ މަލާމަތް ވެސް އޭނާއަށް ރައްދުވި އެވެ. އޭނާ އަކީ "ކެނެޑިއަން ކުމާރޭ" ކިޔައި މަލާމާތްކުރި އެވެ.

ނަމަވެސް، 2019 ވަނަ އަހަރު އަކްޝޭ ވަނީ އިންޑިއާގެ ޕާސްޕޯޓަކަށް އެދިފައިވާ ކަމަށް މީޑިއާގައި ބުނެފަ އެވެ. އަދި ކެނެޑާގެ ރަށްވެހިކަން ދޫކޮށްލަން ނިންމި ކަމަށް ވެސް އޭރު ބުންޏެވެ.

އިންޑިއާގެ ގާނޫނުގައި އޮންނަ ގޮތުން އެ ގައުމުގައި ރަށްވެހިކަން އޮންނަ މީހަކަށް އެހެން ގައުމެއްގެ ރަށްވެހިކަމުގައި ނުހުރެވޭނެ އެވެ.