22 ޑިސެމްބަރ 2021
ބޮލީވުޑްގެ ދުވަސްވީ ތަޖުރިބާކާރު ދެ ތަރިން ކަމަށްވާ ޑިމްޕަލް ކަޕާޑިއާ އާއި ޕަންކަޖް ކަޕޫރްގެ ވާހަކައެއް ކިޔައިދޭ ފިލްމެއް އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ދުވަސްވީ ތަޖުރިބާކާރު ދެ ތަރިން ކަމަށްވާ ޑިމްޕަލް ކަޕާޑިއާ އާއި ޕަންކަޖް ކަޕޫރްގެ ވާހަކައެއް ކިޔައިދޭ ފިލްމެއް އިއުލާންކޮށްފި އެވެ.
ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ހަދާ "ޖަބް ކުލީ ކިތާބު" އަކީ އާންމުކޮށް ކޮމެޑީ ރޯލުތައް ކުޅެމުން އަންނަ އެކްޓަރު ސޯރަބް ޝުކްލާ ލިޔެ، ޑައިރެކްޓްކުރާ އެއްޗެކެވެ. އޭނަ ކުރިން ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި އައި އޭމް 24 (2012)، ޕައްޕޫ ކާންޓް ޑާންސް ސާލާ (2011) އަދި ރާތު ގައީ ބާތު ގައީ (2009) ހިމެނެ އެވެ
ސޯރަބްގެ އާ ފިލްމު "ޖަބް ކުލީ ކިތާބު" ގެ ލީޑް ކާސްޓަށް ނެގި ޑިމްޕަލް އަކީ އަކްޝޭ ކުމާރުގެ މައިދައިތަ އެވެ. ކުރީގެ މަޝްހޫރު އެކްޓަރު ރާޖޭޝް ކަންނާގެ އަންހެނުން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "ޓެނެޓް" އިންނެވެ.
ޑިމްޕަލް، 64، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބުރައްމަސްތުރާ"، "އަ ތާޒްޑޭ"، "ޕަތާން" އަދި ޑައިރެކްޓަރު ލަވް ރަންޖަންގެ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.
"ޖަބް ކުލީ ކިތާބް" ގެ ލީޑް އެކްޓަރު ޕަންކަޖަކީ ޝާހިދު ކަޕޫރްގެ ބައްޕަ އެވެ. މި މަހުގެ 31 ގައި ރިލީޒްކުރާ "ޖާޒީ" އިން ދެބަފައިން އެކީގައި ފެންނާނެ އެވެ. ބަތަލާ ސުޕްރިޔާ ޕަތަކްގެ ފިރިމީހާ ޕަންކަޖް، 67، އަކީ ވެސް މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ އެކްޓަރެކެވެ.
އެޕްލޯސް އެންޓަޓައިންމަންޓާއި ޝޫ ސްޓްރެޕް ފިލްމްސް ގުޅިގެން ހަދާ "ޖަބް ކުލީ ކިތާބް" ގެ ކާސްޓްގައި އަޔޫޝްމަން ކްރާނާގެ ކޮއްކޮ އަޕަރްޝަކްތީ ކްރާނާ އާއި ކުރީގެ ބަތަލާ ނީމަލްގެ ފިރިމީހާ ސަމީރު ސޯނީގެ އިތުރުން މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ނައުހީދު ސައިރުސީ ހިމެނެ އެވެ.
ދީޕިކާ ޕަދްކޯނާއި އަރުޖުން ކަޕޫރް ކުޅުނު 2014 ގެ "ފައިންޑިން ފެނީ" ގައި ވެސް ޕަންކަޖާއި ޑިމްޕަލް މަސައްކަތްކޮށްފައިވެ އެވެ.
ރާޖޭޝް ކަންނާ އަށް ފިލްމެއް، ޑައިރެކްޓްކުރާނީ ފަރާ
ޓްވިންކަލް އަށް ރާޖޭޝް ކަންނާ މަރެއް ނުވޭ!
"ޓޮއިލެޓް" ހެދި ޑައިރެކްޓަރު ބައޮޕިކެއް ހަދަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮބީގެ "ބަރުސާތު" އިން ހަނދާންތަކެއް
އަކްޝޭ ބަފާބެގެ ރެކޯޑާ އެއްވަރުކޮށްފި
ނޯލާންގެ ފިލްމަށް ޑިމްޕަލް ސޮއިކޮށްފި
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
އަކްޝޭގެ "އޯއެމްޖީ 2" ތައުލީމީ ނިޒާމަށް