04 ސެޕްޓެމްބަރ 2021
އަކްޝޭ ކުމާރުގެ އޯ މައި ގޯޑް (އޯއެމްޖީ) 2 އަކީ އިންޑިއާގެ ތައުލީމީ ނިޒާމަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަކްޝޭ ކުމާރުގެ އޯ މައި ގޯޑް (އޯއެމްޖީ) 2 އަކީ އިންޑިއާގެ ތައުލީމީ ނިޒާމަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބުދަ ދުވަހު މުމްބާއީގައި ޝޫޓިން ފެށި ފިލްމާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާ އިން ބުނީ މީގެ މައިގަނޑު ޕްލޮޓް ބިނާކޮށްފައި ވަނީ އިންޑިއާގައި ދަރިވަރުންނަށް ދެވޭ އިމްތިހާނުތަކާއި ކޮލެޖްތަކުން ޖާގައެއް ހޯދަން ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކުގެ ކުރިމަތިވާ ޕްރެޝަރުތަކާއި އެކަމުގެ ސަބަބުން ދިމާވާ އެކި މައްސަލަތައް ކަމަށެވެ. މީގެ ކުރިން މި ތީމަށް ހަދައި މި ފަހުން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި ކުރީގެ އެކްޓަރު އިރުފާން ޚާންގެ 2017 ގެ "ހިންދީ މީޑިއަމް" އާއި 2018 ގެ "އަނގްރޭޒީ މީޑިއަމް" ގެ އިތުރުން އިމްރާން ހާޝިމީގެ 2019 ގެ "ވާއި ޗީޓް އިންޑިއާ؟" ހިމެނެ އެވެ.
މިއީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު 2012 ގެ ފިލްމު އޯ މައި ގޯޑް (އޯއެމްޖީ) ގެ ސީކްއެލް އެވެ. އުމޭޝް ޝުކްލާ ލިޔެ، ޑައިރެކްޓްކުރި އެ ސޯޝަލް ކޮމެޑީ އަކީ ދީނީ މައްސަލަތަކަށް ހެދި ފިލްމެކެވެ.
ފިލްމުގެ ދެވަނަ ބައި އަމިތު ރާއި ޑައިރެކްޓްކުރާ އިރު، މައިގަނޑު ކާސްޓްގައި މި ފަހަރު އަކްޝޭއާ އެކު ހިމެނެނީ ޕަންކަޖް ތުރިޕަތީ އާއި ޔާމީ ގޯތަމެވެ. ބުދަ ދުވަހު "އޯމްއެމްޖީ 2" ގެ ޝޫޓިން ފެށި އިރު، އަކްޝޭ މި ވަގުތު ހުރީ މިދިޔަ މަހު ރިލީޒްކުރި އޭނާގެ "ބެލް ބޮޓަމް" ގެ ޑައިރެކްޓަރު ރަންޖީތު ތިވާރީއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމު "ސިންޑްރެއްލާ" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގަ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި "އޯއެމްޖީ 2" ގެ ކްރޫއާ އަކްޝޭ ގުޅޭނީ އަންނަ މަހުގެ ތެރޭގަ އެވެ.
އަލިޒޭ ބޮލީވުޑަށް ނުކުންނަނީ ތައި ރީމޭކަކުން
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
ހިރާނީގެ "މޭޑް އިން އިންޑިއާ" ގައި ވަރުން
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
އަކްޝޭގެ "ސެލްފީ" ގައި އިމްރާން
ވިކީ ބޭނުމީ "އަތުރަންގީ ރޭ" ޑައިރެކްޓަރުގެ ފިލްމެއް
ފިލްމެއް ހޮވުން ފަސޭހައެއް ނޫން: ސަންޖަނާ
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް