27 ޖެނުއަރީ 2022
ބޮލީވުޑްގެ ތަރި ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފު ކުރާނީ ތައިލެންޑްގެ ކާމިޔާބު ފިލްމެއްގެ ރިމޭކަކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ތަރި ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ބޮލީވުޑަށް ތައާރަފު ކުރާނީ ތައިލެންޑްގެ ކާމިޔާބު ފިލްމެއްގެ ރިމޭކަކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި މިއީ 2017 ގައި ރިލީޒްކުރި ހައިސްޓް ތުރިލާ "ބޭޑް ޖީނިއަސް" އެވެ. އެއީ ނައްތަވުތު ޕޫންޕިރިޔާ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ވަރަށް މަގުބޫލުވި ފިލްމެކެވެ. މީގެ ރައިޓްސް ހޯދައިގެން އަލިޒޭ ބޮލީވުޑަށް ތައާރަފުކުރާއިރު، މި ފިލްމު ހަދަން ނިންމާފައި ވަނީ ބައްޕަ އަތުލް އަގްނިހޯތުރީ އާއި މަންމަ އަލްވިރާ ޚާންގެ ފިލްމު ކުންފުނި ރީލް ލައިޕް ޕްރޮޑަކްޝަނުންނެވެ.
އަލިޒޭގެ މަންމަ އަލްވިރާ އަކީ ސަލްމާނާ އެއްބަނޑުއެއްބަފާ ހަމައެކަނި އަންހެން ކޮއްކޮ އެވެ. އަލިޒޭ ބޮލީވުޑަށް ނެރޭ ފިލްމު ވަރަށް ހާއްސަ ފިލްމަކަށް ހެދުމުގެ ގޮތުން މުޅި އާއިލާ އެ ފިލްމުގެ އެކި ކަންކަމުގައި ހިއްސާވާނެ އެވެ. ހާއްސަކޮށް ސަލްމާނެވެ.
ބޮލީވުޑް ލައިފުން ބުނި ގޮތުގައި "ބޭޑް ޖީނިއަސް" ގެ ރައިޓްސް ހޯދުމަށް ފަހު އޭގެ ސްކްރީންޕްލޭ ވެސް މިހާރު އޮތީ ގާތްގަނޑަކަށް ނިންމިފަ އެވެ. ފިލްމުގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ ނެޓްފްލިކްސް އިން 2020 ގައި ގެނެސްދިން ސީރީޒް "ޖަމްތާރާ: ސަބް ކާ ނަމްބަރު އާއޭގާ" ގެ މޭސްތިރިޔާ ސުމެންދުރާ ޕާދީއާ އެވެ.
ސަލްމާންގެ އާއިލާއިން މިހާތަނަށް ފިލްމު ކުޅެން ނުކުންނަ ހަމައެކަނި ބަތަލާގެ ޝަރަފު ލިބޭ އަލިޒޭގެ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ ތެރޭގަ އެވެ. އަދި ބެލުންތެރިންނަށް މި ފިލްމު ގެނެސްދޭނީ އަންނަ އަހަރެވެ. އެކަމަކު އެ އާއިލާއިން މިކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ
އާޔޫޝް އިސްކަންދޭނީ ސޯލޯ ލީޑް ފިލްމުތަކަށް
ހިރާނީގެ "މޭޑް އިން އިންޑިއާ" ގައި ވަރުން
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދަބަންގް 4" ގެ ސްކްރިޕްޓް ލިޔަނީ ޓިގްމާންޝޫ
ފިލްމެއް ހޮވުން ފަސޭހައެއް ނޫން: ސަންޖަނާ
"ބަޖްރަންގީ ބައިޖާން 2" ގެ ހިލަމެއް ކަބީރަކަށް ނެތް
އަކްޝޭގެ "ރައުޑީ ރާތޯޑް 2" އަށް ތައްޔާރު ވަނީ