01 ޖެނުއަރީ 2022
ޗުލްބުލް ޕާންޑޭ ކިޔާ ވަރަށް ލާނެއް ފުލުހެއްގެ ރޯލުން ސަލްމާން ޚާން ފެންނަ ފްރެންޗައިޒް "ދަބަންގް" ގެ ހަތަރު ވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތްތައް ޑައިރެކްޓަރު ޓިގްމަންޝޫ ދޫލިއާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ޗުލްބުލް ޕާންޑޭ ކިޔާ ވަރަށް ލާނެއް ފުލުހެއްގެ ރޯލުން ސަލްމާން ޚާން ފެންނަ ފްރެންޗައިޒް "ދަބަންގް" ގެ ހަތަރު ވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތްތައް ޑައިރެކްޓަރު ޓިގްމަންޝޫ ދޫލިއާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
އޭނާއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ ފިލްމުގެ ސްކްރިޕްލޭގެ މަސައްކަތް ކުރާތާ މިހާރު އަހަރެއްހާ ދުވަސްވެއްޖެ ކަމަށާއި އޭގެ ފައިނަލް ޑްރާފްޓް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ދަބަންގް 4" ގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ކޮންސެޕްޓް ސަލްމާނާ ހިއްސާ ކުރުމުން އޭނާއަށް ވަރަށް ކަމުގޮސްފައިވެ އެވެ. އެހެންވެ ސަލްމާން މިހާރު އިންތިޒާ ކުރަނީ ފައިނަލް ޑްރާފްޓް ނިންމައިގެން ޓިގްމަންޝޫ ގެނެސްދޭނެ އިރަކަށެވެ.
"ސާހިބު ބީވީ އޯރް ގޭންގްސްޓާ" ގެ ފިލްމުތަކާއި "ޕާން ސީންގް ތޯމަރް" އަދި "ބްލެޓް ރާޖާ" ފަދަ ފިލްމުތައް ގެނެސްދިން ޓިގްމަންޝޫ "ދަބަންގް 4" ގެ ސްކްރިޕްޓް ލިޔުނަސް، އެ ފިލްމު ޑައިރެކްޓް ކުރާނެ ކަން ސާފެއް ނޫނެވެ. މިހާތަނަށް ޓިގްމަންޝޫ ޑައިރެކްޓްކުރި ފިލްމެއްގައި ސަލްމާން މަސައްކަތް ނުކުރެ އެވެ.
"ދަބަންގް 3" ބެލުންތެރިންނަށް ގެނެސްދިނީ ޕްރަބޫދޭވާ ޑައިރެކްޓްކޮށް 2019 ގަ އެވެ. ދެވަނަ ބައި 2012 ގައި ސަލްމާންގެ ކޮއްކޮ އަދި ފިލްމުގެ ޕްރޮޑިއުސަރު އަރުބާޒް ޚާން ޑައިރެކްޓްކޮށް ގެނެސްދިން އިރު، "ދަބަންގް" 2010 ގައި ލިޔެ، ޑައިރެކްޓްކުރީ ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ ކޮއްކޮ އަބިނާވް ކެޝަޕެވެ.
ސަލްމާން މިހާރު "ޓައިގާ 3" ގެ މަސައްކަތްކުރާ އިރު އޭނާ ކުޅެން ހުރި އިތުރު ފިލްމުތަކުގެ ތެރެއިން ރަސްމީކޮށް އިއުލާން ކޮށްފައިވާ ފިލްމުތަކަކީ ކަބީ އީދު ކަބީ ދިވާލީ (ބައިޖާން) އާއި 2014 ގެ "ކިކް" ގެ ސީކްއެލް "ކިކް 2" އެވެ.
އަލިޒޭ ބޮލީވުޑަށް ނުކުންނަނީ ތައި ރީމޭކަކުން
"ބަޖްރަންގީ ބައިޖާން 2" ގެ ހިލަމެއް ކަބީރަކަށް ނެތް
އަކްޝޭގެ "ރައުޑީ ރާތޯޑް 2" އަށް ތައްޔާރު ވަނީ
ސޮނާކްޝީ އާއި ޒަހީރަކީ "ބެސްޓް ފްރެންޑްސް"
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން
ސީކްއެލްތަކަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން:ކަބީރް
"ހީރާމަންޑީ" އަކީ "ޕަކީޒާ" އަކަށް ނުވާނެ: ބަންސާލީ
ސަލްމާން "ދަބަންގް 4" ހަދާނެކަމުގެ އިޝާރާތެއް
ސަލްމާންގެ "ބަޖްރަންގީ ބައިޖާން" ގެ ސީކްއެލްއެއް
ސަލީމް-ޖާވިދުގެ ޑޮކިއުމަންޓަރީއަށް ނެޓްފްލިކްސް ޝައުގު