"މޮހްރާ" އާއި "ގުޕްތު" އާއި "ވިޝްވާތުމާ" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ބޮލީވުޑްގެ ޑައިރެކްޓަރު ރަޖީވް ރާއީ އެނބުރި އަލުން ޑައިރެކްޝަނަށް އަންނަ ފިލްމުން ސަލްމާން ޚާން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
20 ނޮވެމްބަރ 2021
"މޮހްރާ" އާއި "ގުޕްތު" އާއި "ވިޝްވާތުމާ" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ބޮލީވުޑްގެ ޑައިރެކްޓަރު ރަޖީވް ރާއީ އެނބުރި އަލުން ޑައިރެކްޝަނަށް އަންނަ ފިލްމުން ސަލްމާން ޚާން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
މިކަމާ ބެހޭ ގޮތުން އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި ރަޖީވް ބުނީ އޭނާ 1989 ގައި ގެނެސްދިން "ތުރީދޭވް" ގެ ރިމޭކެއް ހަދަން ސަލްމާން ޝައުގުވެރިކަން ފާޅުކުރުމުން އެއީ އެހާ ގަޔާވާ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. ރަޖީވް ބުނި ގޮތުގައި ކުރިން ހަދާފައިވާ ފިލްމުތަކާއި އަދި ކުރީގެ ފިލްމުތަކުގައި ހިމެނޭ މަގުބޫލު ލަވަތައް އަލުން ފިލްމުތަކުގައި ހިމެނުނަކީ ވެސް އޭނާ ގަބޫލުކުރާ އުސޫލެއް ނޫނެވެ.
"އެހެންވެ އަހަރެން ވަރަށް ސީދަލަށް ސަލްމާން ގާތު ބުނިން ނެތޭ ޝައުގުވެރި ކަމެއް ތުރީދޭވް އަލުން ހަދާކަށް. އެކަމަކު އެބަ މަސައްކަތް ކުރަމޭ އާ ސްކްރިޕްޓަކަށް. އަދި އޭގެ ކޮންސެޕްޓް ސަލްމާނާ ހިއްސާކުރީމަ އޭނާ ވަރަށް ޝައުގުވެރިވި." ރަޖީވް ބުންޏެވެ.
އޭނާ ބުނީ އާ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެހެންވެ، މާ ދުރު ނޫން މުސްތަގުބަލެއްގެ ތެރޭގައި ސަލްމާނާ އެކު ފިލްމުގެ މަސައްކަތް ފެށޭނެކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
"ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ފިލްމެއް ގެނެސްދެވޭތޯ ވަރަށް މަސައްކަތްކުރާނަން." މިހާތަނަށް ސަލްމާނާ އެކު މަސައްކަތްކޮށްފައި ނުވާ ޑައިރެކްޓަރު ބުންޏެވެ.
ރަޖީވް، 66، އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަން އުޅޭ އިރު، ބޮބީ ޑިއޯލް އާއި ކާޖޮލްގެ އިތުރުން މަނީޝާ ކޮއިރަލާއާ އެކު އޭނާ ގެނެސްދިން 1997 ގެ "ގުޕްތު" ގެ ސީކްއެލްއެއް ހަދަން އުޅޭކަމުގެ އަޑުތަކެއް ވެސް ކުރިން އަރާފައިވެ އެވެ. ރަޖީވް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ޕްރިޔަންކާ ޗޯޕްރާ އާއި އަރުޖުން ރާމްޕާލް ލީޑް ރޯލު ކުޅުނު 2004 ގެ "އަސަމްބަވް" އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަލިޒޭ ބޮލީވުޑަށް ނުކުންނަނީ ތައި ރީމޭކަކުން
ސޫރަޖްގެ ފިލްމަކަށް ސަލްމާން ހުރީ ތައްޔާރަށް
ސަނީގެ ދަރިފުޅުގެ ދެވަނަ ފިލްމު އަންނަ މަހު
"ހީރާމަންޑީ" އަކީ "ޕަކީޒާ" އަކަށް ނުވާނެ: ބަންސާލީ
ޑައިރެކްޓަރު ރަވައިލްގެ ލޯބީގެ ފަސް ފިލްމެއް
ޖޫހީ ވެސް ބަންސާލީގެ "ހީރާމަންޑީ" އަށް
އަމީތާބް "ޗެހެރޭ" ކުޅުނީ ހިލޭ
ޝާހްރުކަށް ހިރާނީގެ ސްކްރިޕްޓް ނިންމާލައިފި
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު