Roadha Mihaaru
ސަނީގެ ދަރިފުޅުގެ ދެވަނަ ފިލްމު އަންނަ މަހު

ސަނީގެ ދަރިފުޅު ކަރަންގެ ދެވަނަ ފިލްމު އަންނަ މަހު

19 ނޮވެމްބަރ 2021

ބޮލީވުޑްގެ ބަތަލު ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލްގެ ދެވަނަ ފިލްމު "ވެލޭ" އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލު ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލްގެ ދެވަނަ ފިލްމު "ވެލޭ" އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

ކޮމެޑީ ޖޯންރާގެ މި ފިލްމަކީ ކަރަންގެ ބޮލީވުޑަށް ތައާރަފުކުރި 2019 ގެ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެނެސްދިންތާ ދެ އަހަރު ފަހުން ބެލުންތެރިންނާ ހަމައަށް އަންނަ އޭނާގެ ދެވަނަ ފިލްމެވެ. އެ ފިލްމަކީ ބައްޕަ ސަނީ ޑައިރެކްޓްކުރި އެއްޗެކެވެ.

ކަރަންގެ ބައްޕަގެ ކަޒިންއެއް ކަމަށްވާ އެކްޓަރު އަބޭ ޑިއޯލް ވެސް މުހިއްމު ރޯލެއް ކުޅެފައިވާ "ވެލޭ" އަކީ އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، ދެވަން މުންޖާލް ޑައިރެކްޓް ކޮށްފައިވާ އެއްޗެކެވެ. މިއީ 2019 ގެ ތެލެގޫ ފިލްމު "ބްރޮޗެވަރެރޫރާ" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

"ވެލޭ" ގެ ކާސްޓުންގެ ތެރޭގައި އަނިއާ ސިންގް، ސަވަންތު ސިންގް ޕްރޭމީ، ވިވޭޝް ތިވާރީ އަދި ހާއްސަ ފެނިލުމެއްގައި މޯނީ ރޯއި ވެސް ހިމެނެ އެވެ.

ކަރަން، 30، ގެ ދެވަނަ ފިލްމާ އެކީ ކާފަ ކުރީގެ މަޝްހޫރު ތަރި ދަރްމެންދުރާ ވެސް "ވެލޭ" ގެ ޓީމަށް މަރުހަބާ ކިޔާފައިވެ އެވެ. ކާފަ އާއި ބައްޕަ ސަނީ އާއި ބޮޑުބޭބެ ބޮބީ ޑިއޯލްގެ 2007 ގެ ފިލްމު "އަޕްނޭ" ގެ ސީކްއެލްގައި އެ މީހުންނާ އެކު ކަރަން ވެސް މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ސަނީގެ ހަގު ފިރިހެން ދަރިފުޅު ރަޖްވީރު ޑިއޯލް، 27، ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ނުކުންނާނެ އެވެ. އޭނާ ނެރޭނީ މަޝްހޫރު ޑައުރެކްޓަރު ސޫރަޖް ބަރްޖާތިއާގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާގެ އަލަތު ޑައިރެކްޝަނުންނެވެ.