24 އޯގަސްޓް 2021
ޝާހްރުކް ޚާނާ އެކު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދަން ނިންމާފައިވާ ސޯޝަލް ކޮމެޑީގެ ސްކްރީންޕްލޭ ނިންމާލައިފި އެވެ.
ޝާހްރުކް ޚާނާ އެކު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދަން ނިންމާފައިވާ ސޯޝަލް ކޮމެޑީގެ ސްކްރީންޕްލޭ ނިންމާލައިފި އެވެ.
މީގެ މަސައްކަތް 2019 ގައި ފެށި ފަހުން، ސްކްރީންޕްލޭގައި ކުޅަދާނަ އަންހެން ސްކްރީން ރައިޓަރު ކަނިކާ ދިލަން ވެސް ހިއްސާވެފައިވެ އެވެ. އޭނާ ސްކްރީންޕްލޭ ލިޔުނު ފިލްމުތަކުގެ ތެރޭގައި ދާފި ފަހުން ނެޓްފްލިކްސް އިން ޕްރީމިއާކުރި ތާޕްސީ ޕައްނޫގެ "ހަސީން ދިލްރުބާ" އާއި ކަންގަނާ ރަނާވަތުގެ 2019 ގެ "ޖަޖްމެންޓަލް ހޭ" ކިޔާ އަދި ތާޕްސީގެ 2018 ގެ "މަންމަރުޒިޔާ" ހިމެނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ހިރާނީ އާއި ކަނިކާ ހިތްހަމަޖެހޭ ވަރަށް ސްކްރީންޕްލޭ ނިންމައިލެވުމާ އެކު މިހާރު ވަނީ ޝާހްރުކާ އެކީ ފިލްމުގައި ހިމެނޭނެ އިތުރު ކާސްޓުން ނެގުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަޝްހޫރު ކާސްޓީން ޑައިރެކްޓަރު މުކޭޝް ޗަބްރާއާ އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ ލީޑް ބަތަލާއަކަށް ނަގާނީ ތާޕްސީ އެވެ. ކުރިން މި ފިލްމުގެ ބަތަލާ އަކީ ކަރީނާ ނުވަތަ ކާޖޮލް ކަމަށް ވެސް އަޑުއެރި އެވެ. އެކަމަކު ކާޖޮލް ވަނީ ފިލްމު ހުށަހެޅި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.
ކާސްޓުން ފައިނަލްވުމާ އެކު ހިރާނީގެ އާ ފިލްމު އޭގެ ނަމާ އެކު ރަސްމީކޮށް އިއުލާންކުރާނެ އެވެ. ކެނެޑާ އާއި އިންޑިއާގެ ޕަންޖާބްގައި ބޮޑު ބައި ޝޫޓްކުރާ މި ފިލްމަކީ ހިޖުރަކުރުމާ ބެހޭ ވާހަކައެއް ކިޔައިދޭނެ ފިލްމެކެވެ. މިއީ ހިރާނީއާ އެކު ޝާހްރުކް މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.
"މުންނާބާއީ" އާއި "3 އިޑިއަޓްސް" އަދި "ޕީކޭ" ގެނެސްދިން ހިރާނީ، 58، ގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާ އެކު 2018 ގައި ގެނެސްދިން "ސަންޖޫ" އެވެ.
ޝާހްރުކްގެ ފިލްމަކަށް ސޮއެއްނުކުރަން: ކާޖޮލް
ޝާހްރުކާއި ހިރާނީގެ ފިލްމު ޝޫޓިން ޖޫންގައި
ހިރާނީގެ ފިލްމުގައި ޝާހްރުކާ އެކީ ތާޕްސީ؟
ހިރާނީގެ "މޭޑް އިން އިންޑިއާ" ގައި ވަރުން
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން
ވަރުންގެ ފުރަތަމަ ފެނިލުން ބޮޑީ ޑަބަލްއެއްގެ ގޮތުގައި
ވިދޫއާ އެކު މަސައްކަތްކުރަން ޝާހްރުކްގެ ޝައުގެއް ނެތް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ކުޗް ކުޗް ހޯތާ ހޭ ނުކުޅުނީ ފާޑުކިޔާނެތީ: އައިޝްވާރިއާ