02 ސެޕްޓެމްބަރ 2021
ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުމުގެ ކުރިން އޭނާ ސްކްރީނުން "ފާޑަކަށް" ދައްކައިލިކަން އެނގޭ ހެއްޔެވެ؟ މިއީ ކުރިން ގިނަ ބަޔަކަށް އެހާ ބޮޑަށް އެނގިފައި އޮތް ކަމެއް ނޫނެވެ.
ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަން ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުމުގެ ކުރިން އޭނާ ސްކްރީނުން "ފާޑަކަށް" ދައްކައިލިކަން އެނގޭ ހެއްޔެވެ؟ މިއީ ކުރިން ގިނަ ބަޔަކަށް އެހާ ބޮޑަށް އެނގިފައި އޮތް ކަމެއް ނޫނެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯ ކްލިޕަކުން މި ވަނީ ވަރުންގެ ފުރަތަމަ ފެނިލުމަކީ ކޮބައިކަން ހާމަކޮށް ދީފަ އެވެ. އެއީ ކަރަން ޖޯހަރްގެ 2010 ގެ ފިލްމު "މައި ނޭމް އިޒް ޚާން" އެވެ.
ޝާހްރުކް ޚާނާއި ކާޖޮލް ލީޑް ރޯލު ކުޅުނު އެ ފިލްމުގައި ވަރުން ދައްކާލީ ޝާހްރުކް ކުޅުނު ކެރެކްޓާގެ ކޮއްކޮއެއްގެ ގޮތުގައި އުޅުނު ޖިމީ ޝެރްގިލްގެ ބޮޑީ ޑަބަލްއެއްގެ ގޮތުގައި އެވެ. މަންމަގެ ރޯލު ކުޅުނު ޒަރީނާ ވައްހާބް ފެންނަ އެ މަންޒަރުގައި ވަރުން ދައްކާލީ ގޭތެރޭގެ މަންޒަރެއްގައި އިށީނދެގެން އިންނަ އިރު ފުރަހަގުންނާއި އަރިމަތިންނެވެ. އެހެންވެ އެއީ ސީދާ އޭނާކަން ކުރިން ނޭނގި އޮތީ އެވެ.
ޖިމީ އަކީ މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ 2000 ވަނަ އަހަރުގެ ފިލްމު "މުހައްބަތޭން" ބޮޑު ކާސްޓްގައި ހިމެނި އެ ފިލްމުން ވިދާލި އެކްޓަރެކެވެ. އެ ފިލްމުގައި ޝާހްރުކް، އަމީތާބް ބައްޗަން، އައިޝްވާރިއާ ރާއީ، އުދޭ ޗޯޕްޅާ، ޝަމީތާ ޝެޓީ، ޖުގަލް ހަންސްރާޖް، ޕްރިތީ ޖަންގިއާނީ އަދި ކިމް ޝަރުމާ ހިމެނެ އެވެ.
"މައި ނޭމް އިޒް ޚާން" ގައި ޖިމީގެ ބޮޑީ ޑަބަލްއެއްގެ ގޮތުގައި ބައިވެރިވާން ވަރުން އަށް ފުރުސަތު ލިބުނު މި ފިލްމަކީ އޭނާ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކަރަންއާ އެކު މަސައްކަތްކުރި ފިލްމެކެވެ. ވަރުންގެ އިތުރުން ސިދާތު މަލްއުތުރާ އަކީ ވެސް ފިލްމުގެ އެސިސްޓަންޓެކެވެ.
އެ ދެ މީހުން އެކްޓަރުންގެ ގޮތުގައި ބޮލީވުޑަށް ތައާރަފުކުރީ ކަރަންގެ 2012 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިންނެވެ. އޭގެ ފަހުން ވަރުން އާއި ސިދާތުވެފައި ވަނީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގަ އެވެ.
ވަރުންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށް ގެނެސްދިން "ކޫލީ ނަމްބަރު 1" އެވެ. ވަރުންގެ ކުރިއަށް ހުރި ފިލްމުތަކަކީ "ބޭޅިޔާ" އާއި "ޖުގް ޖުގް ޖިއޯ" އަދި "އެއްކީސް" އެވެ.
ކުޗް ކުޗް ހޯތާ ހޭ ނުކުޅުނީ ފާޑުކިޔާނެތީ: އައިޝްވާރިއާ
ނީޓޫގެ "ޖުގް ޖުގް ޖިޔޯ" އަންނަ އަހަރު
ރިޝީ މަރުވި ފަހުން ނީޓޫ ކުޅުނު ފިލްމު ހާއްސަވާނެ
"މިސްޓަ ލޭލޭ" އަކީ މިހާރު "ގޯވިންދާ މޭރާ ނާމް"
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވަރުންގެ އާއިލާއިން ބޮލީވުޑަށް އާ މޫނެއް
ޝާހްރުކަށް ހިރާނީގެ ސްކްރިޕްޓް ނިންމާލައިފި
ޝާހްރުކްގެ އަންހެން ދަރިފުޅު ބޮލީވުޑަށް ނެރޭނީ ޒޯޔާ
ޝާހްރުކްގެ ފިލްމަކަށް ސޮއެއްނުކުރަން: ކާޖޮލް