06 އޯގަސްޓް 2021
ޝާހްރުކް ޚާނާ އެކު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދަން ތައްޔާރުވަމުން އަންނަ ފިލްމަށް ސޮއިނުކުރާ ކަމަށް ކާޖޮލް ބުނެފި އެވެ.
ޝާހްރުކް ޚާނާ އެކު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ހަދަން ތައްޔާރުވަމުން އަންނަ ފިލްމަށް ސޮއިނުކުރާ ކަމަށް ކާޖޮލް ބުނެފި އެވެ.
ނަން އަދި އިއުލާން ނުކުރާ މި ސޯޝަލް ކޮމެޑީ އަށް އޭނާ ސޮއިކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ އެކަން ދޮގުކޮށް ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއެއްގައި ހުނަރުވެރި ބަތަލާ ބުނީ ހިރާނީގެ ފިލްމު ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ.
"އެކަމަކު ވަރަށް ގިނަ ސްކްރިޕްޓް ކިޔަމުން މި އަންނަނީ. އަދި އެކިއެކި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާ އެކު ވާޗުއަލްކޮށް މީޓިންތައް ބާއްވައި ޕްރޮޖެކްޓްތަކަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރެވެމުންދޭ،" އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ބުންޏެވެ. "އެކަމަކު އަދި އެއްވެސް އެއްޗަކަށް ރަސްމީކޮށް ސޮއެއް ނުކުރަން."
ޝާހްރުކާ އެކީ ހިރާނީ ހަދާ ފިލްމުގެ ބަތަލާ އަކީ ކާޖޮލް ކަމަށް ވާހަކަ ދެކެވެނީ އެ ފިލްމުގެ ވާހަކަ މީޑިއާތަކުގައި 2019 އިން ފެށިގެން ދެކެވެން ފެށި ހިސާބުންނެވެ. އޭރު ހިރާނީގެ 2009 ގެ "3 އިޑިއަޓްސް" ގެ ބަތަލާ ކަރީނާ ކަޕޫރަށް ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.
ފަހުން މިދިޔަ އަހަރު ބައެއް މީޑިއާތަކުން ބުނީ ހިރާނީގެ އާ ފިލްމުގައި ޝާހްރުކާ އެކީ ފެނިގެން ދާނީ މީގެ ކުރިން އޭނާއާ އެކީ އަދި އެއްވެސް ފިލްމެއް ނުކުޅޭ ބަތަލާ ތާޕްސީ ޕައްނޫ ކަމަށެވެ. އެކަމަކު ތާޕްސީ ވެސް ވަނީ ފިލްމުން ފުރުސަތު ނުލިބޭ ކަމަށް ބުނެފަ އެވެ.
ހިރާނީގެ އާ ފިލްމުގެ ބަތަލާ އަކީ ކާޖޮލް އަށް ވެއްޖެ ނަމަ މި ފިލްމު ވާނީ 2015 ގެ "ދިލްވާލޭ" އަށް ފަހު ޝާހްރުކާ އެކީ އޭނާ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. މި ޖޯޑަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑެވެ. ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ބާޒީގަރް" އާއި "ކަރަން އަރުޖުން" އާއި ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) އާއި "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަބީ ޢަމް" އަދި "މައި ނޭމް އިޒް ޚާން" ހިމެނެ އެވެ.
ޖާކޮލް، 47، ގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ނެޓްފްލިކްސް އިން ގެނެސްދިން "ތުރިބާންގާ" އެވެ. އޭނާ އަދި މިހާތަނަށް ހިރާނީގެ ފިލްމެއް ނުކުޅެ އެވެ. އެކަމަކު "3 އިޑިއަޓްސް" ކުޅެން ލިބުމުން އޭގެ ބަތަލާގެ ރޯލުގައި މާ ހާއްސަ ކަމެއް ނެތުމުން ދޫކޮށްލި ކަމަށް ކާޖޮލް ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ޝާހްރުކަށް ހިރާނީގެ ސްކްރިޕްޓް ނިންމާލައިފި
ޝާހްރުކާއި ހިރާނީގެ ފިލްމު ޝޫޓިން ޖޫންގައި
ހިރާނީގެ ފިލްމުގައި ޝާހްރުކާ އެކީ ތާޕްސީ؟
ވަރުންގެ ފުރަތަމަ ފެނިލުން ބޮޑީ ޑަބަލްއެއްގެ ގޮތުގައި
ވިދޫއާ އެކު މަސައްކަތްކުރަން ޝާހްރުކްގެ ޝައުގެއް ނެތް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ކުޗް ކުޗް ހޯތާ ހޭ ނުކުޅުނީ ފާޑުކިޔާނެތީ: އައިޝްވާރިއާ
ހިރާނީގެ ފިލްމެއް އަނެއްކާ ވެސް ރަންބީރަށް
އާމިރުގެ ފިލްމުގައި ޝާހްރުކްގެ ރޯލެއް
ހިރާނީގެ ފިލްމަށް ޝާހްރުކް ބޯ ދިގުކުރަނީ