16 ޖެނުއަރީ 2022
ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޕްރޮޑިއުސްކުރާ "މޭޑް އިން އިންޑިއާ" އަށް ވަރުން ދަވަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޕްރޮޑިއުސްކުރާ "މޭޑް އިން އިންޑިއާ" އަށް ވަރުން ދަވަން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހިރާނީގެ ފިލްމަކަށް ވަރުން ސޮއިކޮށްފައިވާ ކަމަށް ކިޔާއިރު، ހިރާނީ ހަދާ ފިލްމެއްގައި ވަރުން އާއި ޝާހްރުކް ޚާން އެކީގައި ގެންނަން ވެސް އުޅޭ ކަމަށް ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "މޭޑް އިން އިންޑިއާ" އަކީ ވަރުން އަށް ދާދި ފަހުން ފުރުސަތެއް ދިން ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުން އަޝްވިނީ އައްޔަރު ތިވާރީ 2015 ގައި ޑައިރެކްޓްކުރި "ނިލް ބައްޓޭ ސައްނާޓާ" ގެ ސްކްރީން ރައިޓަރު ނީރަޖް ސިންގާއި ހިރާނީ ގުޅިގެން ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ.
"މޭޑް އިން އިންޑިއާ" ޑައިރެކްޓްކުރާނީ ހިރާނީއާ އެކު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކަރަން ނަރްވޭކަރެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނީ މި އަހަރުގެ މެދުތެރޭގަ އެވެ.
ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އާއި ވަރުން ދާވަން
ވަރުން ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ނިތޭޝްގެ ނަން އިއުލާން ނުކުރާ ފިލްމުގެ އިތުރުން ޑައިރެކްޓަރު ސްރީރާމް ރަގްވަމް ހަދަން ނިންމާފައިވާ ބަޔޮގްރެފިކަލް ޑްރާމާ "އެއްކީސް" ހިމެނެ އެވެ.
ވަރުންގެ ދެ ފިލްމެއް މި އަހަރު ގެނެސްދޭން ހަމަޖެހިފައިވެ އެވެ. އެއީ ހޮރޯ-ކޮމެޑީ "ބޭޅިޔާ" އާއި ރޮމޭންޓިކް ކޮމެޑީ "ޖުގް ޖުގް ޖިޔޯ" އެވެ.
ހިރާނީ ޕްރޮޑިއުސްކުރާ ފިލްމަކަށް ވަރުން ނެގިއިރު، ހިރާނީ މިހާރު އަންނަނީ ޝާހުއާ އެކު ސޯޝަލް ކޮމެޑީއެއް ހެދުމަށް ތައްޔާރުވަމުންނެވެ. "ޕީކޭ" އާއި "3 އިޑިއަޓްސް" ފަދަ ފިލްމުތައް ގެނެސްދިން ހިރާނީގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ސަންޖޫ" އެވެ.
ޝާހްރުކަށް ހިރާނީގެ ސްކްރިޕްޓް ނިންމާލައިފި
އަލިޒޭ ބޮލީވުޑަށް ނުކުންނަނީ ތައި ރީމޭކަކުން
އިންޑިއާގެ ފިލްމުތަކާ މެދު ދެކޭގޮތް ބަދަލުކޮށްލާނެ
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
ވަރުން އެންމެ ބޭނުންވި ޑައިރެކްޓަރާ އެކު ފިލްމެއް
ފިލްމެއް ހޮވުން ފަސޭހައެއް ނޫން: ސަންޖަނާ
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
އަކްޝޭގެ "ރައުޑީ ރާތޯޑް 2" އަށް ތައްޔާރު ވަނީ
ފައިސާ އަށް ވުރެ ކޮންޓެންޓް މާ މުހިއްމު: އަޔޫޝްމަން
ޝިލްޕާއަށް ގިނަ ހުށަހެޅުންތަކެއް