Roadha Mihaaru
ފިލްމެއް ހޮވުން ފަސޭހައެއް ނޫން: ސަންޖަނާ

ކުޅޭނެ ފިލްމެއް ހޮވުން ފަސޭހައެއް ނޫން: ސަންޖަނާ

29 ޑިސެމްބަރ 2021

ކުޅޭނެ ފިލްމެއް ހޮވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުވާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ބަތަލާ ސަންޖަނާ ސާންގީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅޭނެ ފިލްމެއް ހޮވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މިދިޔަ އަހަރު ދަންޖެހިގެން މަރުވި އެކްޓަރު ސުވާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ބަތަލާ ސަންޖަނާ ސާންގީ ބުނެފި އެވެ.

ހޮލީވުޑްގެ މަޝްހޫރު ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް" އަސްލަކަށް ބަލައިގެން ހެދި އެ ފިލްމަކީ ޒުވާން ބަތަލާ ލީޑް ބަތަލާއެއްގެ ރޯލު ވެސް ކުޅުނު ފުރަތަމަ ފިލްމެވެ. އޭނާ ކުރިން ފެނިފައި ވަނީ ކުދި ސަޕޯޓިން ރޯލުތަކުންނެވެ.

އޭގެ ތެރޭގައި ރަންބީރް ކަޕޫރްގެ "ރޮކްސްޓާ" އާއި އިރުފާން ޚާންގެ 2017 ގެ "ހިންދީ މީޑިއަމް" ގެ އިތުރުން އަލީ ފަޒަލްގެ 2017 ގެ "ފުކްރޭ ރިޓާންސް" ހިމެނެ އެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި 25 އަހަރުގެ ސަންޖަނާ ބުނީ "ދިލް ބޭޗާރާ" އަށް ފަހު ކުޅޭނެ ފިލްމެއް ހޮވުން ވެސް ވީ ވަރަށް އުނދަގޫ ކަމަކެވެ. އުންމީދީ ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސަންޖަނާ އެ ފިލްމަށް ފަހު ކުޅުނީ ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ "އޯމް: ދަ ބެޓްލް ވިތިން" އެވެ.

"އޯމް" ގެ ބަަތަލު އަދިތިޔާ (ކ) އާއި ޑައިރެކްޓަރު ކަޕިލްއާ އެކު ސަންޖަނާ.

އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ އަދިތިޔާ ރޯއި ކަޕޫރް ބަތަލުގެ ރޯލު ކުޅުނު އެއްޗެކެވެ. "ބާގީ" 2 އާއި 3 ގެ އަދި އަންނަ އަހަރު "ހީރޯޕަންތީ 2" ގެނެސްދޭ ޑައިރެކްޓަރު އެހުމަދު ޚާން ޕްރޮޑިއުސް ކޮށްފައިވާ "އޯމް" އަކީ ކަޕިލް ވަރުމާގެ ޑައިރެކްޝަނެކެވެ.

"ދިލް ބޭޗާރާ އަކީ ވަރަށް އިމޯޝަނަލް ފިލްމެއް. އެކަހަލަ ފިލްމެއް ކުޅެފައި ދެން ކުޅޭނެ ފިލްމެއް ހޮވުންވީ ވަރަށް ވެސް އުނދަގޫ ކަމަކަށް. ވަރަށް ގިނަ ސްކްޕްރިޓްތައް ކިޔައި އޮޑިޝްންޔަކެއް ވެސް ހެދުމަށް ފަހު އިތުރު ޕްރޮޖެކްޓަކާ ހަވާލުވީ. އެކަމަކު އެންމެ ހިތްހަމަޖެހުނު ކަމަކީ އަހަންނަށް އިތުބާރު ކޮށްފައި ވަރުގަދަ އެކްޝަން ރޯލެއް އެހުމަދު ސާ ދިނީމަ." މި އަހަރުގެ ސެޕްޓެމްބަރުގައި ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރިި ސަންޖަނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ ފިލްމުގައި ކުޅެފައިވާ ކެރެކްޓާގެ ހުރިހާ ސްޓަންޓްތަކަކީ އަމިއްލަ މަސައްކަތެވެ.

"އޯމްގައި ކުޅުނު ކާވިއާގެ ކެރެކްޓާ އަކީ ޚުދު އަހަންނަށް ވެސް ސަޕްރައިޒިން ރޯލެއް. އަހަރެންގެ އަމިއްލަ މިޒާޖާ ވެސް ވަރަށް ނުގުޅޭ ޒާތުގެ ރޯލެއް އެއީ، އެކަމަކު އުންމީދުކުރަން ބެލުންތެރިންނަށް އެ ރޯލު ވަރަށް ކަމުދާނެ ކަމަށް." އޭނާ ބުންޏެވެ.

"އޯމް" ރިލީޒްކުރާނެ އިރެއް އިއުލާން ނުކުރާއިރު، "މަންޖާ" ކިޔާ ފިލްމަކަށް އޭނާ އޮތީ ސޮއިކޮށްފަ އެވެ.