ސަލްމާން ޚާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަޖްރަންގީ ބައިޖާން" ގެ ދެވަނަ ބައިގެ ސްކްރީންޕްލޭ ލިޔަމުން އަންނަ ކަމަށް އެ ފިލްމުގެ ސްކްރީން ރައިޓަރު ކޭވީ ވިޖަޔެންދުރަ ޕްރަސާދު ބުނެފި އެވެ.
20 ޖުލައި 2021
ސަލްމާން ޚާންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަޖްރަންގީ ބައިޖާން" ގެ ދެވަނަ ބައިގެ ސްކްރީންޕްލޭ ލިޔަމުން އަންނަ ކަމަށް އެ ފިލްމުގެ ސްކްރީން ރައިޓަރު ކޭވީ ވިޖަޔެންދުރަ ޕްރަސާދު ބުނެފި އެވެ.
އޭނާ އަކީ އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ބައްޕަ އެވެ. އެ ދެ ފިލްމަކީ ވެސް ވިޖަޔެންދުރަގެ ސްކްރީންޕްލޭ އަށް ހެދި ފިލްމުތަކެވެ.
ކަބީރް ޚާން ޑައިރެކްޓްކޮށް 2015 ގައި ގެނެސްދިން "ބަޖްރަންގީ ބައިޖާން" ލިޔުނު ވިޖަޔަންދުރަ، 80، ބުނީ ސީކްއެލްގެ ވާހަކައިގެ ޕްލޮޓް މީގެ ދުވަސްކޮޅެއް ކުރިން ސަލްމާނާ ވެސް ހިއްސާކޮށްފައިވާ ކަމަށާއި އޭނާ އަށް އެ ވަރަށް ކަމުދިޔަ ކަމަށެވެ.
"ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޮޓް މިހާރު އޮތީ ފައިނަލްކުރެވިފައި. އެހެންވިމަ ދެން އޮތީ މުޅި އެތި ރާވައިލުން. ޓާގެޓަކީ ކުރީ ބައިހާ ޝައުގުވެރި ފިލްމަކަށް ބަޖިރަންގީ ބައިޖާންގެ ސީކްއެލްގެ ވާހަކަ ވެސް ހެދުން،" ވިޖަޔެންދުރަ ބުންޏެވެ. "އެންމެ އުފާވި ކަމަކީ މީގެ ވާހަކަ ބުނީމަ ސަލްމާންގެ ރުހުން ލިބުނީތީ،" ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ބަޖްރަންގީ ބައިޖާން" ގެ ދެވަނަ ބަޔަކާ މެދު ވިސްނަން ފެށީ އޭނާގެ އިތުރު ސްކްރީންޕްލޭއަކަށް ސަލްމާން ޑިމާންޑްކުރުމުންނެވެ.
ކަންގަނާ ރަނާވަތުގެ 2019 ގެ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި އޭނާގެ ކުރިއަށް އޮތް ފިލްމު "ތަލައިވީ" އަކީ ވެސް ވިޖަޔަންދުރަގެ ސްކްރީންޕްލޭ އަށް ހެދި ފިލްމުތަކެވެ. އަދި ރާޖަމޯލީ މި އަހަރު ގެނެސްދޭން އުޅޭ "އާރްއާރްއާރް" އަކީ ވެސް ވިޖަޔެންދުރަގެ ވާހަކައަކަށް ހަދާފައިވާ އެއްޗެކެވެ.
ބަތަލާ ކަރީނާ ކަޕޫރަށް ހުށަޅާފައިވާ "ސީދާ: ދި އިންކާނޭޝަން" އަކީ ވެސް އޭނާގެ ސްކްރީންޕްލޭއެކެވެ.
ޕާކިސްތާނުން ފުރާ ރޭލަކުން އާއިލާގެ ބަޔަކާ ނުލައި އިންޑިއާ އަށް ދެވޭ ކުޑަ އަންހެން ކުއްޖަކު ރައްކާތެރިކަމާ އެކު ގައުމަށް ގެންގޮސްދޭން އިންޑިއާގެ މީހަކު ކުރާ އުނދަގޫ ދަތުރުގެ ވާހަކަ ކިޔައިދިން "ބަޖްރަންގީ ބައިޖާން" އަކީ 63 ވަނަ ނެޝަނަލް އެވޯޑްސްގައި ބެސްޓް ޕޮޕިއުލާ ފިލްމު ފްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް އެވޯޑް ވެސް ލިބުނު ފިލްމެކެވެ. އަދި މީގެ ވާހަކަ އަށް ފިލްމުފެއާގައި އެންމެ މޮޅު ސްޓޯރީގެ އެވޯޑް ވެސް ލިބުނެވެ.
"ބަޖްރަމްގީ ބައިޖާން" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލު ކުޅުނީ ކަރީނާ އެވެ.
"ބަޖްރަންގީ ބައިޖާން 2" ގެ ހިލަމެއް ކަބީރަކަށް ނެތް
ސީކްއެލްތަކަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން:ކަބީރް
އަލިޒޭ ބޮލީވުޑަށް ނުކުންނަނީ ތައި ރީމޭކަކުން
"ދަބަންގް 4" ގެ ސްކްރިޕްޓް ލިޔަނީ ޓިގްމާންޝޫ
ރަޖީވް އެނބުރި އަންނަ ފިލްމުގައި ސަލްމާން
ސަލްމާންގެ ބައްޕަގެ ރޯލު ސަންޖޭ އަށް ހުށަހެޅި
ޝާހްރުކަށް ހިރާނީގެ ސްކްރިޕްޓް ނިންމާލައިފި
ސަލީމް-ޖާވިދުގެ ޑޮކިއުމަންޓަރީއަށް ނެޓްފްލިކްސް ޝައުގު
ސާލިމް-ޖާވިދަށް ޑޮކިއުމަންޓަރީއެއް
ސަލްމާންގެ ބައްޕަ އަށް "ރާދޭ" ކަމަކުނުދޭ