ބޮލީވުޑްގެ ކުރީގެ ވަރުގަދަ ދެ ސްކްރީން ރައިޓަރު ކަމަށްވާ ސަލީމް-ޖާވިދުގެ ވާހަކަ ކިޔައިދޭ ޑޮކިއުމަންޓަރީ އަށް ނެޓްފްލިކްސް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
03 ޖޫން 2021
ބޮލީވުޑްގެ ކުރީގެ ވަރުގަދަ ދެ ސްކްރީން ރައިޓަރު ކަމަށްވާ ސަލީމް-ޖާވިދުގެ ވާހަކަ ކިޔައިދޭ ޑޮކިއުމަންޓަރީ އަށް ނެޓްފްލިކްސް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މި ޑޮކިއުމަންޓަރީ އަކީ ޅެންވެރިއެއްގެ ގޮތުގައި މިހާރު މަސައްކަތްކުރާ ޖާވިދު އަޚްތަރުގެ އަންހެން ދަރިފުޅު ޑައިރެކްޓަރު ޒޯޔާ އަޚްތަރު އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަދަން ނިންމާފައި އެއްޗެކެވެ.
އާ ޑައިރެކްޓަރަކާ ހަވާލުކޮށްގެން ހަދާ ޑޮކިއުމަންޓްރީ ގެނެސްދޭނީ ޒޯޔާގެ ކޮއްކޮ އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރުހާން އަޚްތަރާއި ޕްރޮޑިއުސް ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓްގެ ތައްގަނޑުގަ އެވެ.
ފިލްމުފެއާ އިން ބުނި ގޮތުގައި ސަލީމް-ޖާވިދުގެ ޑޮކިއުމަންޓަރީއެއް ހަދަން އުޅޭކަން އެނގުމާ އެކު، އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ނެޓްފްލިކްސް އިން އަންނަނީ އޭގެ ޓީމާ އެކު މިހާރު ވަޝްވަރާތައް ކުރަމުންނެވެ. އެކަމަކު މިއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ޒޯޔާ ހާމައެއްނުކުރެ އެވެ.
ބައްޕަ ޖާވިދާ އެކު ޒޯޔާ.
ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސަލީމް-ޖާވިދުގެ ޑޮކިއުމަންޓަރީ ގެނެސްދޭ އިރު، އެ މީހުންނާ އެކު އެކްޓަރު އަމީތާބް ބައްޗަންގެ ހާއްސަ އިންޓަވިއުތަކެއް ވެސް ހިމަނާނެ އެވެ. އަމީތާބަކީ ސަލީމް-ޖާވިދުގެ ސްކްރީންޕްލޭތަކަށް ހެދި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅުނު އެކްޓަރެކެވެ.
ސަލްމާން ޚާންގެ ބައްޕަ ސަލީމާއި ފަރުހާންގެ ބައްޕަ ޖާވިދު އެކީގައި މަސައްކަތްކުރީ 1970-1980 ގެ ތެރޭގަ އެވެ. އެގޮތުން ދެ މީހުން އެކީގައި ލިޔުނު ފިލްމުތަކުގެ ތެރޭގައި އަންދާޒު (1971)، ސީތާ އޯރް ގީތާ (1972)، ޒަންޖީރު (1973)، ދީވާރު (1975)، ޝޯލޭ (1975)، ޓުރިޝޫލް (1978)، ޑޮން (1978)، ކާލާ ޕައްތަރު (1979)، ދޯސްތާނާ (1980)، ޝަކްތީ (1982) އަދި މިސްޓަ އިންޑިއާ (1987) ފަދަ ފިލްމުތައް ހިމެނެ އެވެ.
އެކީގައި ގިނަ ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔުމުގެ އިތުރަށް، ވަކިވަކިން ވެސް ސަލީމާއި ޖާވިދު ސްކްރީންޕްލޭ ލިޔުނެވެ.
ސަލީމް-ޖާވިދު އަކީ "އެންގްރީ ޔަންގް މެން"
ސާލިމް-ޖާވިދަށް ޑޮކިއުމަންޓަރީއެއް
ސަލްމާންގެ އަންތިމް އާއި އަޖޭގެ މައިދާން ޑިޖިޓަލްކޮށް؟
"މިސްޓަ އިންޑިއާ" ފުރަތަމަ ހުށަހެޅީ އަމީތާބަށް
ބޮލީވުޑްގެ ބޮޑު ފިލްމުތަކަކަށް އާ ތާރީހުތަކެއް
ސަލްމާންގެ ވާހަކަ ކިޔައިދޭ ޑޮކިއު-ސީރީޒެއް
"ހީރާމަންޑީ" އަކީ "ޕަކީޒާ" އަކަށް ނުވާނެ: ބަންސާލީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"މިމީ" އަކީ ކްރިތީގެ އެންމެ މޮޅު ފިލްމު