02 އޮކްޓޯބަރ 2018
ބޮލީވުޑްގައި މިހާރު ފިޔަޖަހަން ފަށާފައިވާ ބަތަލާ ނޯރާ ފަތެހީގެ އޭނާގެ ލަވަ ކިޔުމުގެ ހުނަރު ވެސް ފޭނުންނަށް ދައްކައިލަން ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑްގައި މިހާރު ފިޔަޖަހަން ފަށާފައިވާ ބަތަލާ ނޯރާ ފަތެހީގެ އޭނާގެ ލަވަ ކިޔުމުގެ ހުނަރު ވެސް ފޭނުންނަށް ދައްކައިލަން ތައްޔާރުވެއްޖެ އެވެ.
ޓީ ސީރީޒުން ވީޑިއޯ ލަވައެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ލަވައާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަ ނުކުރިޔަސް، މި ލަވަ ވެގެން ދާނީ ނޯރާ އަށް ކޯ-ޕްރޮޑިއުސަރެއްގެ ކްރެޑިޓް ވެސް ލިބޭ އަދި އޭނާ އަމިއްލަ އަށް ލިޔެ، އަމިއްލަ އަޑުން ކިޔާފައިވާ ލަވައަކަށެވެ.
ކެނެޑާގެ ރަށްވެހިކަން އޮންނަ މޮރޮކޯ އަށް އުފަން ނޯރާ ބުނި ގޮތުގައި އޭނާގެ އަމާޒަކީ ހުނަރު ދައްކާލައި، އިންޑިއާ އާއި މޮރޮކޯ ގުޅުވައިލަދިނުން ކަމަށެވެ. އަދި ބޮލީވުޑްގައި އޭނާ ކުރާ މަސައްކަތުން އެ އަމާޒަށް ވާސިލު ވެވޭނެ ކަމަށް ބުންޏެވެ.
ނޯރާ މޮރޮކޯގެ ލަވަކިޔުންތެރިންތަކަކާ އެކު.
"އަބަދު ވެސް އަހަރެން އެންމެ ބޭނުންވި ކަމަކީ ސަގާފަތާއި ހުނަރުގެ ތެރެއިން ދެ ގައުމު ގުޅުވައިލަދިނުން،" ބެލީ ޑާންސަރެއްގެ ގޮތުގައި ބޮލީވުޑްގައި މިހާރު ނަން ހިނގާ ނޯރާ ބުންޏެވެ. "އަހަރެން ވަރަށް ބޮޑަށް އުންމީދު ކުރަން ޕޮޕް ލަވަކިޔުންތެރިއެއްގެ ގޮތުގައި ފޭނުންނަށް ގެނެސްދޭ ފުރަތަމަ ލަވަ ވަރަށް ކަމުދާނެ ކަމަށް. ލަވަވެގެން ދާނީ މޮރޮކޯ އާއި އިންޑިއާގެ ރަހަތައް އެކުލެވޭ ލަވައަކަށް."
ނޯރާ ވަނީ އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ގެނެސް ދޭން ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ފުރުސަތު ފަހިކޮށް ދިިން ކަމަށްޓަކައި ޝުކުރު ވެސް އަދާކޮށްފަ އެވެ.
ސަލްމާން ހާންގެ ފިލްމު "ބާރަތު" ގައި ވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ހުނަރުވެރި ބަތަލާ އެންމެ ބޮޑަށް ވިދައިލީ ދާދި ފަހުން ރިލީޒް ކުރި ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ" ގައި ހިމެނޭ އައިޓަމް ލަވަ "ދިލްބަރު" ގައި ދައްކުވައި ދިން ޖާދުވި، ފަރި ނެށުންތަކާ އެކުގަ އެވެ.
އޭގެ ފަހުން ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމު "ސްޓްރީ" ގައި "ކަމަރިޔާ" ކިޔާ ނޯރާގެ އައިޓަމް ލަވައެއް ހިމަނާފައިވެ އެވެ.
އޭނާ ބޮލީވުޑަށް ތައާރަފުވީ 2014 ގައި ރިލީޒް ކުރި "ރޯރް: ދަ ޓައިގާޒް އޮފް ދަ ސެންޑަބެންސް" އިންނެވެ.
ކެނެޑާގެ ރަށްވެހިކަން ހޯދި ސަބަބު އަކްޝޭ ކިޔައިދީފި
"ދިލްބަރު" އިން ކެރިއާ ބަދަލުކޮށްލި: ނޯރާ
އިންޑިއާގެ ހޯމް މިނިސްޓަރަށް ކެނެޑާއިން ބޮޑު ތުހުމަތެއް
ފެޝަން ޑިޒައިނަރު ރޯހިތު ބާލް މަރުވެއްޖެ
މީހުން މަރާ އެޖެންޓު އިންޑިއާގެ ވަޒީފާއިން ވަކިކޮށްފި
އިންޑިއާއިން ކެނެޑާގެ އިސްތިގުލާލަށް އަރައިގަތް: ޓްރޫޑޯ
އިންޑިއާ އާއި ކެނެޑާއިން ސަފީރުން ބޭރުކޮށްފި
ރާއްޖޭގައި ފިލްމުތައް ޝޫޓްކުރަން ބޮލީވުޑަށް ރައީސްގެ ހާއްސަ ދައުވަތެއް!
ބޮލީވުޑް ތަރިންގެ ހާއްސަ ވަގުތުކޮޅެއް ރާއްޖެ އަށް
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"