18 ޖުލައި 2020
ފޮޓޯ ނަގަން އޮންނަ ލޯތްބާއި ޝައުގުވެރިކަމާ އެކު އިންޑިއާ މީހަކު އޭނާގެ ދަރިންނަށް ކެމެރާ ބްރޭންޑްތަކުން ނަން ދިނުމަށް ފަހު ގެ ވެސް ކެމެރާއެއްހެން ހަދައިފި އެވެ.
ފޮޓޯ ނަގަން އޮންނަ ލޯތްބާއި ޝައުގުވެރިކަމާ އެކު އިންޑިއާ މީހަކު އޭނާގެ ދަރިންނަށް ކެމެރާ ބްރޭންޑްތަކުން ނަން ދިނުމަށް ފަހު ގެ ވެސް ކެމެރާއެއްހެން ހަދައިފި އެވެ.
ތިން ފަންގިފިލަ އަށް އިމާރާތްކޮށްފައިވާ މި ގޭގެ ކުރިމަތީގައި ހުރެ ބަލައިލާ އިރު ހީވަނީ ބޮޑު ކެމެރާއެއްގެ ކުރިމަތީގައި ހުރެވެހޭންނެވެ. އެގޮތުން ކެމެރާގެ ބޮޑު ލެންސެއް ވެސް ގޭގެ ޑިޒައިނުން ސިފަކޮށްދެ އެވެ.
ކަރްނާޓަކާގެ ބެލްގޯމް ޑިސްޓްރިކްޓްގެ ޝަސްތުރީ ނަގަރްގައި އިމާރާތްކޮށްފައިވާ މި ގެއަކީ ރަވީ ހޮންގާލް އާއި އޭނާގެ އަންހެނުން ކުރްޕާ ހޮންގާލް އާއި އާއި އެ މީހުންގެ ތިން ދަރިން އުޅޭ ގެއެކެވެ. ފޮޓޯ ނެގުމަށް އަބަދު ވެސް ލޯބިކުރާ ރަވީގެ ޑީއެލްސްއާރް ކެމެރާ ސިފަކޮށްދޭ ގެއަށް ދީފައިވާ ނަމަކީ "ކްލިކް" އެވެ. އޭނާގެ ތިން ދަރިންގެ ނަމަކީ ނިކޯން، ކެނޯން އަދި އެޕްސަނެވެ.
A camera-obsessed photographer from India builds a camera-shaped house! 49-year-old Ravi Hongal has spent over $95,000 building the 3-story house, which looks like a camera in the town of Belgaum in India. pic.twitter.com/uzqThg7dCj
— Nirmal Kumar Ganguly (@NirmalGanguly) July 13, 2020
ރަވީ ބުނި ގޮތުގައި 1986 އިން ފެށިގެން ރަސްމީ ކެރިއަރެއްގެ ގޮތުގައި ފޮޓޯ ނެގުމުގެ މަސައްކަތުގެ ތެރެއަށް ނުކުތް ފަހުން، އޭނާ ކެމެރާއާ އެކު ނޫޅޭ ހަނދާނެއް ނުވެ އެވެ.
ރަވީ ބުނީ އެކި ދުވަސްވަރު އެކި ކަހަލަ ކެމެރާތައް ގެންގުޅުނު ކަމަށާއި ފޮޓޯގްރަފީގެ ތެރޭގައި އޭނާ ބޭނުންކުރި ހުރިހާ އެއްޗެއް ވެސް ހަނދާނަކަށް ރައްކާކޮށްފައި ހުންނާނެ ކަމަށެވެ.
"ކައިވެނިކޮށްގެން ދަރިން ލިބުނީމަ ހިތަށް އެރީ ކުދިންނަށް ނަން ވެސް ދޭނީ ކެމެރާތަކަށް ނިސްބަތްކޮށްފައޭ. އެކަމާ އާއިލާ އިން ފުރަތަމަ ވަރަށް ދެކޮޅު ވެސް ހެދި. އެކަމަކު ފަހުން އެންމެން ވެސް ގަބޫލުވި. އަހަރެންގެ ބައްޕަ އަކީ ފޮޓޯ ނަގަން ލޯބިކުރި މީހެއް. އަދި ބައްޕަ ގެންގުޅުނު ކެނޯން ކެމެރާއެއް ގެންގުޅުނު ދުވަސްވަރު އަހަންނަށް ވެސް ލޯބިން ކެނޯން ކިޔައި އުޅުނު،" ރަވީ ބުންޏެވެ. "ދެން އަބަދު ވެސް ދެކެވެމުން އައި ހުވަފެނެއް ކެމެރާއެއް ސިފަވާ ގޮތަށް ގެ އިމާރާތްކުރުމަކީ. އެކަން ހާސިލުވީމަ ވަރަށް އުފާވެއްޖެ. މިއީ ދަރިންގެ ސަޕޯޓާއި ހިތްވަރު."
އޭނާ ބުނި ގޮތުގައި ބޭރުން ކެމެރާއެއް ގޮތަށް ފެނުމުގެ އިތުރަށް މުޅި ގޭގެ އިންޓީރިއާ އިން ވެސް ސިފަކޮށްދޭނީ ކެމެރާ އާއި ފޮޓޯގްރަފީ އެވެ.
"މި ގެ އިމާރާތްކުރީ ރައްޓެހިންނާއި އާއިލާގެ މީހުންގެ ފަރާތުން ވެސް ލިބުނު އެހީ އާއި އަހަރެމެން ކުރިން ދިރިއުޅުނު ގެ ވިއްކާލައިގެން ލިބުނު ފައިސާ އިން،" ރަވީ ބުންޏެވެ. "މުޅި ގެއަށް ހަރަދުވި ނުވަދިހަ ފަސްހާސް ޑޮލަރު."
ރަވީ، 49، ބުނިގޮތުގައި އޭނާގެ ހަޔާތުން ރަމްޒުކޮށް ދެނީ "ޕެޝަނަކަށް އޮތް ލޯތްބެ" ވެ. އަދި ކެމެރާއެއް ސިފަކޮށް ގެއެއްގައި އުޅުމަކީ ހުވަފެނެއްގެ ތެރޭގައި އުޅުން ކަހަލަ ކަމެއް ކަމަށް ބުންޏެވެ.
ގެ ހެދީ އެކޮޅުކޮޅުން، ސަމާލުކަން ބޮޑު
ފޮޓޯ ނަގާ މީހުންނަށް ނެޓް ޖިއޯގެ ޝޯއެއް
ގައިދުރުކުރުމުގެ ނިޝާންތައް ހަނދާނަށްޓަކައި ރައްކާކުރަނީ
ގޯތި ލިބޭ ލިސްޓުގައި އަނެއްކާވެސް އިންޑިއާ މީހެއް
ގޯއްޗަށް ޝަރުތު ހަމަވާ ލިސްޓުގައި އިންޑިއާ މީހެއް!
ޓާޓާގެ ފްލެޓްތައް ވިއްކަން ހުޅުވާލައިފި
އޯޑިއޯން އާއި ނާދީ ބިމުގައި މަސައްކަތް ފަށައިފި
ހުއްދަ ދިން ވަރަށް ވުރެ އިތުރަށް ޓާޓާ އިން ފްލެޓް!
އިސްރާ؛ މިސްރުގެ ލޯފަން ފޮޓޯގްރާފަރު
4000 ފްލެޓްގެ މަސައްކަތްފަށަން 34 މިލިއަން ޑޮލަރު