Roadha Mihaaru
ފޮޓޯ ނަގާ މީހުންނަށް ނެޓް ޖިއޯގެ ޝޯއެއް

ފޮޓޯ ނަގާ މީހުންނަށް ނެޓް ޖިއޯގެ ޝޯއެއް

04 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ނެޝަނަލް ޖިއޯގްރަފިކް ޗެނެލް ގުޅިގެން ފޮޓޯ، ނަގަން ޝައުގުވެރިވާ މީހުންނަށް ހާއްސަ ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ނެޝަނަލް ޖިއޯގްރަފިކް ޗެނެލް ގުޅިގެން ފޮޓޯ، ނަގަން ޝައުގުވެރިވާ މީހުންނަށް ހާއްސަ ޕްރޮގްރާމަކަށް ހުޅުވާލައިފި އެވެ.

"ޔޯ ލެންސް" ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމަކީ ގުދުރަތީ މާހައުލާއި އިންސާނީ ދިރިއުޅުން ދައްކުވައިދޭ ފޮޓޯތައް ނަގަން ޝައުގުވެރިވާ މީހުންނަށް ހުޅުވައިލި ޕްރޮގްރާމެކެވެ. މީގައި ބައިވެރިވެގެން ހޮވައިލެވޭ މޮޅެތި ފޮޓޯތައް ނެޓް ޖިއޯ ޗެނެލާއި އޭގެ މެގަޒިން އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ގެނެސްދޭނެ އެވެ.

ކަރަން ބުނީ ނެޓް ޖިއޯ އިންޑިއާ އިން އޭނާ އަށް ދިން މި ފުރުސަތުގެ ސަބަބުން، ފޮޓޯ ނަގަން ޝައުގުވެރިވާ މީހުންނަށް އެތައް ފުރުސަތުތަކެއް ފަހިވާނެ ކަމަށެވެ.

"ޔޯ ލެންސް" ގައި ބައިވެރިވާން ބޭނުންވާ މީހުންނަށް www.nationalgeographicyourlens.in މި ލިންކުން ރަޖިސްޓްރީކުރެވޭނެ އެވެ.

ކަރަން ބުނި ގޮތުގައި ނެޓް ޖިއޯއާ ހިއްސާވުމަކީ އަމިއްލަ ގޮތުން ވެސް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. ސަބަބަކީ އޭނާ އަކީ އަބަދު ވެސް ކެމެރާއާ އެކީގައި އުޅޭ މީހަކަށް ވުމެވެ.

ކަލާޒްގެ ސްޓްރީމިން ޕްލެޓްފޯމް ވޫޓްގައި "ބިގް ބޮސް ވޫޓް" ހޯސްޓްކުރަމުން އަންނަ ކަރަން މި ވަގުތު އަންނަނީ އޭނާގެ އަށް ވަނަ ޑައިރެކްޝަންގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އާލިއާ ބަޓާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ.

ނެޓް ޖިއޯއާ ގުޅިގެން ހާއްސަ މަސައްކަތެއްގައި ހިއްސާވުމުގެ ޝަރަފު ކަރަން އަށް ލިބުނު އިރު، ދާދި ފަހުން ނެޓް ޖިއޯ އިން ވަނީ އެކްޓަރު ސޯނޫ ސޫދާ އެކު އެކު ވެސް ޝޯއެއް ގެނެސްދޭން ނިންމައިފަ އެވެ. އޭގެ ނަމަކީ "އިޓް ހެޕެންސް އޮންލީ އިން އިންޑިއާ" އެވެ.