25 އެޕްރީލް 2021
ކޮވިޑް-19 އިން އިންސާނުންނަށް އެތައް ފިލާވަޅެއް ލިއްބައިދީފި އެވެ. ދިރިއުޅުމުގެ ކުރީގެ އާދަތައް ބަދަލުކޮށް "ނިއު ނޯމަލް" އަކަށް ދާން ޖެހޭކަން ވެސް ހަނދާން އާކޮށްދީފި އެވެ. މިދިޔަ އަހަރު ކުރިމަތިވި މި ބަލިމަޑުކަމުން އަރައިގަނެވޭނެ އިރެއް ނޭނގެ އެވެ. ހާލަތު އަދި ވެސް ރަނގަޅުވާތަނެއް ނުފެނެ އެެވެ.
ކޮވިޑް-19 އިން އިންސާނުންނަށް އެތައް ފިލާވަޅެއް ލިއްބައިދީފި އެވެ. ދިރިއުޅުމުގެ ކުރީގެ އާދަތައް ބަދަލުކޮށް "ނިއު ނޯމަލް" އަކަށް ދާން ޖެހޭކަން ވެސް ހަނދާން އާކޮށްދީފި އެވެ. މިދިޔަ އަހަރު ކުރިމަތިވި މި ބަލިމަޑުކަމުން އަރައިގަނެވޭނެ އިރެއް ނޭނގެ އެވެ. ހާލަތު އަދި ވެސް ރަނގަޅުވާތަނެއް ނުފެނެ އެެވެ.
އެހެންވެ ހަނދާނާއި ތާރީހަށްޓަކައި ވެސް ކޮވިޑްގެ ތެރެއިން ދަސްވި ކަންކަމާއި ލިބުނު ފިލާވަޅުތަކާއި ފެނުނު އާ މަންޒަރުތައް އާކައިވްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާތާ 34 އަހަރުވީ އިނގިރޭސިވިލާތުގެ މެތިއު ޗެޓްލް ކުރާ ކަމަކީ ކޮވިޑާ ގުޅިގެން އުފަންވި ސޯޝަލް ޑިސްޓެންސިން ނުވަތަ އިޖުތިމާއީ ގައިދުރުމާ ގުޅޭ ގޮތުން ތައާރަފުވި އަދި ތައާރަފުވަމުން އަންނަ ނިޝާންތަކުގެ ފޮޓޯ ނަގައި އާކައިވްކުރުމެވެ.
އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ހުރި އެފަދަ 300 އެއްހާ ނިޝާނުގެ ފޮޓޯ އޭނާ މިހާތަނަށް ނަގައިފި އެވެ. އެ އެއްޗެހި އިންސްޓަގްރާމުން ފެންނާނެ އެވެ. މި މަސައްކަތް އަދިވެސް ކުރިއަށް އޮތީ އެވެ. ފޮޓޯތައް ނަގަނީ ގެންގުޅޭ ކެމެރާތަކާއި އައިފޯނުންނެވެ. އަދި ފޮޓޯތައް އާންމުކޮށް ނަގަނީ އެއް ތަނުން އަނެއް ތަނަށް ގޮސްއުޅުމުގެ ތެރޭގަ އެވެ.
"ކުރިން މިކަން ފެށީ މަޖަލަކަށް. އެކަމަކު މިހާރު ތާރީހަށް ހަނދާންތަކެއް ރައްކާކުރަން ފެށި ޕްރޮޖެކްޓެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދަނީ،" މެތިއު ބުންޏެވެ.
ސޯޝަލް ޑިސްޓެންސިން އަށް އިރުޝާދު ދީފައި ޖަހާފައި ހުރި އެތަކެއް ނިޝާނެއްގެ ފޮޓޯ ނަގާފައިވާ އިރު، އެއިން ކޮންމެ އެއްޗަކީ އެކަތި އަނެއްކާ ތަފާތު އެއްޗެކެވެ.
"އެކި ކައުންސިލްތަކުން ނިޝާންތައް ޑިޒައިންކުރުމުގައި އެކި އުސޫލުތަކާއި ވިސްނުންތައް ގެންގުޅޭކަން މި މަސައްކަތުގެ ތެރެއިން އަހަންނަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު،" މެތިއު ބީބީސީ އަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮވިޑާ އެކު އުފަންވި މި ނިޝާންތަކަކީ އެ ބައްޔަށް ފަރުވާދޭން މަސައްކަތްކުރާ ހޮސްޕިޓަލްތަކާއި އެ ނޫން ވެސް މެޑިކަލް ފެސިލިޓީތަކުގެ މުހިއްމުކަމާ އެކު ތާރީހުގެ ތެރެއަށް ދާނެ މުހިއްމު އެއްޗެއްހި ކަމަށެވެ.
މެތިއު ބުނި ގޮތުގައ އޭނާ ނަގާ ސޯޝަލް ޑިސްޓެންސިން ނިޝާންތަކުގެ ފޮޓޯތައް ބޭނުން ވަނީ ރަސްމީކޮށް ރައްކާކުރެވޭނެ ގޮތެއް ހެދުމެވެ. އެގޮތުން ފޮޓޯތަކުގެ ކަލެކްޝަނެއް މިހާރު ވެސް އިނގިރޭސިވިލާތުގެ މާސް އޮބްޒަވޭޝަން އާކައިވް އަށް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.
"މިއިން ކޮންމެ ނިޝާނަކީ އަހަރެމެންގެ މިހާރުގެ އާންމު ހާލަތު ދައްކުވައިދޭ އެއްޗެހި،" އޭނާ ބުންޏެވެ. "ފަހަރުގައި ބައެއް މީހުންނަށް މި ސައިންތަކުގެ މުހިއްމުކަން މިހާރު ނުވިސްދާނެ. އެކަމަކު މީގެ އަހަރުތަކެއް ފަހުން މި ސައިންތަކުން އަހަރެމެން ތަޖުރިބާކުރި ބޮޑު ޕޭންޑެމިކްގެ އެތަކެއް ހަނދާންތަކެއް އާކޮށްދޭނެ."
މެތިއު ކިޔައި ދިން ގޮތުގައި އޭނާ ނިޝާންތަކުގެ ފޮޓޯތައް ނަގަން އުޅޭތީ އެކަމާ ވަރަށް ގިނަ ބަޔަކު ސުވާލު ވެސް ކޮށް ހަދަ އެވެ.
"ބައެއް މީހުން އަހާނެ ކީއްހޭ ތި ކުރަނީ، ކީއްކުރަން ކުރާ ކަމެއްހޭ؟،" އޭނާ ބުންޏެވެ. "ގިނަ ފޮޓޯތައް އަހަރެން ނަގާފައި ހުންނަނީ ސައިންތަކުގެ ކައިރި އަށް ހުއްޓި، ބޫޓް ވެސް އަރާ ގޮތަށް ނަގާފައި. ފޮޓޯ ނަގާ ސަބަބު ކިޔައިދިނީމަ ގިނަ މީހުންނަށް ގަބޫލުކުރެވޭ މި ކުރަނީ ކިހާ މުހިއްމު ކަމެއްކަން."
މެތިއު ބުނީ ސޯޝަލް ޑިސްޓެންސިން ނިޝާންތަކުގެ ފޮޓޯތައް ނަގަމުން އަންނަ އިރު، އުންމީދަކީ އެފަދަ އެއްވެސް ނިޝާނެއް އުނިނުވާ ގޮތަށް އެކަން ކުރުމެވެ. އެގޮތުން ބައެއް ތަންތަނުގައި ޖަހާފައި ހުންނަ ނިޝާންތައް ފުހެވެން ކައިރިވެފައި ނުވަތަ ބައެއް ވަކިވެފައި ހުއްޓަަސް އެ އެއްޗަކާ އެކީވެސް ފޮޓޯ ނަގަ އެވެ.
"މި ބަލިމަޑުކަމުގެ ތެރޭގައި އާންމުކުރާ ސޯޝަލް ޑިސްޓެންސިންގެ ހުރިހާ ސައިންތަކެއްގެ ކަލެކްޝަނެއް ހަދަން އަހަރެން ބޭނުންވޭ. ނޭނގޭ މިކަމުގެ ތެރޭގައި ކިހާ ދުވަހެއް ވަންދެން އުޅެން ޖެހޭނެ ކަމެއް،" މެތިއު ބުންޏެވެެ.
މޫނުގައި އަތްލެވެން އުޅޭ ނަމަ އަންގައިދޭ ޑިވައިސްއެއް
ފޮޓޯ ނަގާ މީހުންނަށް ނެޓް ޖިއޯގެ ޝޯއެއް
އެޕަލްގެ ފޭސް އައިޑީ ހުރިހާ އުފެއްދުމަކަށް
ކޮވިޑްގް ބޭސް ބޭނުން ކުރަން ފެށި ފުރަތަމަ ގައުމަކަށް ޔޫއޭއީ
ވަރުގަދަ، މުޅިން ތަފާތު ސްމާޓް މާސްކެއް
ކޮވިޑް-19 ގެ "ފަރުވާއަކަށް" އިންހޭލާއެއް
ބަކިންހަމް ޕެލަސްގެ ގާޑަން ޕާޓީތައް ކެންސަލް
ރާނީ ފުރަތަމަ ފަހަރަށް މާސްކް އަޅުއްވައިގެން
މަޝްހޫރު ނެޕީ ކުންފުންޏެއް މާސްކަށް ހާއްސަވެއްޖެ
ސީރިއާގެ ރެފިއުޖީންނާ ގުޅިގެން ޕީޕީއީ އުފައްދަނީ