Roadha Mihaaru
ކޮވިޑް-19 ގެ "ފަރުވާއަކަށް" އިންހޭލާއެއް

އިޒްރޭލުން ކޮވިޑް-19 ގެ "ފަރުވާއަކަށް" އިންހޭލާއެއް

10 ފެބުރުއަރީ 2021

ކޮވިޑް-19 އަށް މިހާރު އޮތް އުންމީދަކީ ވެކްސިނެވެ. މި ބައްޔަށް ތައްޔާރުކުރި އެތައް ވެކްސިނެއް ގައުމުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އިރު، އުފެއްދުމުގެ މަރުހަލާގަ އާއި ނެރުމުގެ މަރުހަލާގައި ވެސް އިތުރު ވެކްސިންތަކެއް އެބަހުއްޓެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އަށް މިހާރު އޮތް އުންމީދަކީ ވެކްސިނެވެ. މި ބައްޔަށް ތައްޔާރުކުރި އެތައް ވެކްސިނެއް ގައުމުތަކުގައި މިހާރު ބޭނުންކުރަމުން އަންނަ އިރު، އުފެއްދުމުގެ މަރުހަލާގަ އާއި ނެރުމުގެ މަރުހަލާގައި ވެސް އިތުރު ވެކްސިންތަކެއް އެބަހުއްޓެވެ.

ކޮވިޑަށް ވެކްސިން އުފެއްދުމުގެ މަސައްކަތުގެ ބޭރުން، އިޒުރޭލުގެ ޕްރޮފެސަރަކު މި ވަނީ ކޮވިޑަށް ފަރުވާއެއްގެ ގޮތުގައި އިންހޭލާއެއް އުފައްދާފަ އެވެ. އެ ގައުމުގެ މަޝްހޫރު ޕްރޮފެސަރެއް ކަމަށްވާ ނަދުރީ އަބާރްގެ މި އީޖާދާ ބެހޭ ގޮތުން ބުނެފައި ވަނީ މިއީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހަކު 3-5 ދުވަހުގެ ތެރޭގައި "އެއްކޮށް ރަނގަޅުކޮށްދޭ ފަރުވާއެއް" ކަމަށެވެ.

ނަދުރީ ވިދާޅުވި ގޮތުގައި އޭނާގެ މި އިންހޭލާ އަކީ އެކްސޮޒަމް އިން މުއްސަނދިކޮށްފައިވާ ސީޑީ24 އިންހޭލާއެކެކެވެ. މި އިންހޭލާ ދަމާލުމުން، ފުއްޕާމެއަށް ދިމާވެފައި ހުންނަ މައްސަލަތައް ހައްލުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންހޭލާގެ ޓްރައިލްތަކެއް ތެލް އަވީވްގެ ސޯރޯސްކީ މެޑިކަލް ސެންޓަރުގައި ވެސް ވަނީ ހަދައިފަ އެވެ. ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދިން ތިރީހަކަށް މީހުން ބައިވެރިކޮށްގެން ހެދި ޓެސްޓްތަކުން ވަނީ މިއީ ކޮވިޑުން ރައްކާތެރިކޮށް ދިނުމުގެ ފުރުސަތު ބޮޑު އެއްޗެއް ކަމަށް ދައްކާފައި ކަމަށް ބުންޏެވެ.

ތެލް އަވީވްގެ ސޮރޯސްކީ މެޑިކަލް ސެންޓަރު.

ތެލް އަވީވްގެ ސޮރޯސްކީ މެޑިކަލް ސެންޓަރު.

ސޯރޯސްކީ މެޑިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މި ހޭލާ އިން ބޭނުންކުރި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އެއް ފަހަރު އެ ބޭނުންކޮށްގެން ވެސް ބަލިން ރަނގަޅުވެފަ އެވެ. އަދި އޭގެ ތެރޭގައި ކޮވިޑް ސިވިއާ ކޭސްތަކުގެ މީހުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.

"މިއީ ހަގީގަތުގައި ވަރަށް އިފެކްޓިވް ޑިވައިސްއެއް،" ނަދުރީ ވިދާޅުވި އެވެ. "އަހަރެން ވެސް މި ހުރީ މީގެ ނަތީޖާއާ ދޭތެރޭ ވަރަށް ހައިރާންވެފައި."

ނަމަވެސް އޭނާގެ މި އިންހޭލާ އަށް ރަސްމީކޮށް ހުއްދައެއް އަދި ނުލިބެ އެވެ. ނަދީރު ވިދާޅުވި ގޮތުގައި މިހާރު މަސައްކަތްކުރަމުން އަންނަނީ އިޒްރޭލުގެ އިތުރުން އިންޓަނޭޝަނަލް އެޕްރޫވަލް އެއަށް ހޯދުމަށެވެ.