22 ޑިސެމްބަރ 2021
ލޯފަން ފޮޓޯގްރާފަރެކޭ ބުނެފި ނަމަ ލިބޭނީ ހަމަ ހައިރާން ކަމެކެވެ. އެއާ އެކު ދެން އުފެދޭނެ ބޮޑު ސުވާލަކީ ލޮލަށް ނުފެންނަ މީހަކު ފޮޓޯ ނަގާނީ ކިހިނެއް ހެއްޔޭ އެވެ؟ އެ ސުވާލަށް ދޭނެ ޖަވާބު ހޯދާނީ މިސްރުގެ ލޯފަން ފޮޓޯގްރާފަރު އިސްރާ އިސްމާއީލްގެ ތަޖުރިބާއިންނެވެ. އުމުރުން 22 އަޖަރުގެ މި ޒުވާނަކީ ކެމެރާ ހިފައިގެން މިސްރުގެ އެލެގްޒެންޑްރިއާގެ ތަންތަން އާންމުކޮށް އޭނާގެ ކެމެރާގެ ލެންސަށް އަރުވަމުން އަންނަ ކުޅަދާނަ ފޮޓޯގްރާފަރެކެވެ.
ލޯފަން ފޮޓޯގްރާފަރެކޭ ބުނެފި ނަމަ ލިބޭނީ ހަމަ ހައިރާން ކަމެކެވެ. އެއާ އެކު ދެން އުފެދޭނެ ބޮޑު ސުވާލަކީ ލޮލަށް ނުފެންނަ މީހަކު ފޮޓޯ ނަގާނީ ކިހިނެއް ހެއްޔޭ އެވެ؟ އެ ސުވާލަށް ދޭނެ ޖަވާބު ހޯދާނީ މިސްރުގެ ލޯފަން ފޮޓޯގްރާފަރު އިސްރާ އިސްމާއީލްގެ ތަޖުރިބާއިންނެވެ. އުމުރުން 22 އަޖަރުގެ މި ޒުވާނަކީ ކެމެރާ ހިފައިގެން މިސްރުގެ އެލެގްޒެންޑްރިއާގެ ތަންތަން އާންމުކޮށް އޭނާގެ ކެމެރާގެ ލެންސަށް އަރުވަމުން އަންނަ ކުޅަދާނަ ފޮޓޯގްރާފަރެކެވެ.
ފެނުމުން މަހުރޫމް ވިޔަސް، "ކެމެރާއާ އެކު" އިސްރާ އަކީ ހަމަ ލޮލަށް ފެންނަ މީހެކެވެ. އޭނަގެ ފޮޓޯތައް އެކަމަށް ހެކިދެ އެވެ. އަދި އިސްރާ ލައްވައި ފޮޓޯ ނަގުވާ މީހުން ވެސް އޭނަގެ ކުޅަދާނަކަމުގެ ވާހަކަ ދައްކަ އެވެ. އެވެ. ހުރިހާ ހިއްސުތަކެއް ސަލާމަތުން ތިބޭ ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނަށް ވަކި ދޫނުކުރާ ވަރަށް އިސްރާގެ މަސައްކަތް ފުރިހަމަ އެވެ.
އޭނާ ބުނި ގޮތުގައި ހަޔާތުގެ އެންމެ ބޮޑު ހުވަފެނަކަށް ވެފައި އޮތީ ނުކުޅެދޭ މީހަކަށް ވިޔަސް އަމިއްލަ ހުނަރާއި މަސައްކަތުން އައިޑެންޓިޓީއެއް ހޯދުމެވެ. އެގޮތުން ފޮޓޯގްރާފަރެއްގެ ގޮތުގައި މިސްރުގައި އިސްރާ މިހާރު ވަރަށް މަޝްހޫރެވެ. އޭނާގެ އާދަޔާހިލާފު މި ވާހަކަ މިހާރު ރޮއިޓާސް ފަދަ ދުނިޔޭގެ ބޮޑެތި މީޑިއާތަކަށް ވެސް ވަނީ އަރައިފަ އެވެ.
ICYMI: Meet Israa Ismail, a visually impaired photographer in Egypt, who relies on her senses of hearing and touch to click portraits pic.twitter.com/LwCkWi89uZ
— Reuters (@Reuters) December 20, 2021
އިސްރާ ކިޔައި ދިން ގޮތުގައި އަބަދުވެސް އެންމެ ޝައުގުވެރި ވަނީ މާސް މީޑިއާއަށެވެ. އެހެންވެ އޭގެ ތެރެއިން ފޮޓޯ ނެގުމަކީ ވަރަށް ލޯބިކުރާ ކަމަކަށް ވާތީ އެކަން އޭނާ ދަސްކުރީ މިސްރުގެ ފޮޓޯގްރާފަރެއް ކަމަށްވާ ޚާލިދު ފަރީދުގެ ގާތުންނެވެ. ލޯފަން މީހަކަސް، އިސްރާގެ އަތުގައި ކެމެރާ ޖެހިއްނެ ނަމަ އޭނާ އަކީ ދެން މުޅިން އެހެން މީހެކެވެ. އޭނާގެ ކެމެރާ އަށް މަންޒަރުތައް ނަގަނީ ހިތުގެ އަލިކަމާއި މާހައުލުގެ އިހުސާސްތަކާ އެކީގަ އެވެ.
"ކޮލެޖްގައި ކިޔެވި އިރު ވެސް ކުދިކުދި ފޮޓޯގްރަފީ ކޯސްތައް ހެދިން. ފަހުން ޚާލިދު ކައިރިން މި މަސައްކަތް ދަސްކުރީ ވެސް ފޮޓޯގްރަފީ އަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން އަމިއްލަ އަށް އެދިގެން." އިސްރާ ބުންޏެވެ.
"ސްމާޓްފޯނަކީ އަބަދުވެސް އަތުގައި އޮންނަ ގިނަގިނައިން ކުޅޭ އެއްޗަކަށްވީމަ އެއާ ކުޅެން ވަރަށް ފަރިތަ. އެކަމަކު ކެމެރާ އިން ފޮޓޯ ނަގަން ދަސްކުރަން ޖެހުނީމަ ފުރަތަމަ އެކަން އެހާ ފަސޭހަ ކަމަކަށް ނުވި."
އޭނާ ބުނީ ހާލިދުގެ ގާތުން ފޮޓޯ ނަގަން ދަސްކުރުމުގެ ކުރިން މުޅިން ވެސް އެކަމަށް ބޭނުންކުރީ ސްމާޓްފޯން ކަމަށެވެ.
"އެކަމަކު ފުރަތަމަ ވެސް ޚާލިދު އަހަންނަށް ފޮޓޯނަގަން ދަސްކޮށް ދިނީ ކެމެރާ އިން. އެކަންވީ ސަޕްރައިޒަކަށް. ސްމާޓްފޯނަކީ އަބަދުވެސް އަތުގައި އޮންނަ ގިނަގިނައިން ކުޅޭ އެއްޗަކަށްވީމަ އެއާ ކުޅެން ވަރަށް ފަރިތަ. އެކަމަކު ކެމެރާ އިން ފޮޓޯ ނަގަން ދަސްކުރަން ޖެހުނީމަ ފުރަތަމަ އެކަން އެހާ ފަސޭހަ ކަމަކަށް ނުވި." އިސްރާ ބުންޏެވެ.
ނަމަވެސް ޚާލިދުގެ ގާތުން ދަރިވަރުވެގެން އިސްރާ އަކީ މިހާރު ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ފޮޓޯގްރާފަރެކެވެ. އޭނާ އަކީ މިހާރު މިސްރުގެ ޒުވާނުން ރޯލް މޮޑެލްއެލެވެ. އިސްރާގެ ހުވަފެނަކީ ފޮޓޯގްރަފީ ދާއިރާ އިން ކުރިއަށް ގޮސް މަގުބޫލު މީހަކަށްވާށެވެ. މިކަމުގައި އޭނާ އަށް މިހާރު ވެސް އާއިލީ ސަޕޯޓް ވަރަށް ބޮޑެވެ.
ފޮޓޯ ނަގާ މީހުންނަށް ނެޓް ޖިއޯގެ ޝޯއެއް
ލޯފަން، އެކަމަކު ޒިޔާއު ނުކުރާ ތަޖުރިބާއެއް ނެތް
ހަތަރު ދަރިންގެ މަރާ އެކު ދެން ދިން އަނިޔާ މާ ބޮޑު
"އަފްގާން ގާލް" އަށް އިޓަލީގެ ރެފިއުޖީއެއްގެ ދަރަޖަ
މަސްނޫއީ ފަޔަކާ އެކު ޓްރެޑްމިލްގައި ދުވެގެން ރެކޯޑެއް
19 އަހަރުގެ ޕައިލެޓެއް އެކަނި ދުނިޔެ ވަށައި ބުރަކަށް
މަތިންދާބޯޓުގައި ފަހާފޮށި ބަހައްޓައިގެން ފަހަނީ
އަތް ނެތަސް ކާރު ރޭސް ޖަހާ މީހެއް
ބޮލީވުޑްގެ މިހާރުގެ އަންހެން ޑައިރެކްޓަރުން
ފިރިމީހާގެ ފޯނު ބެލުމުން އަނބިމީހާ ޖޫރިމަނާކޮށްފި