28 ޖޫން 2023
ސަރުކާރުން އިއުލާންކުރި މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އިންޑިއާގެ ރައްޔިތެއް ހިމެނޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސަރުކާރުން އިއުލާންކުރި މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އިންޑިއާގެ ރައްޔިތެއް ހިމެނޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މާލެ ސަރަހައްދުން ހިލޭ ބިން ދޫކުރާ "ބިންވެރިޔާ" ލިސްޓުގައި ބުނާ ގޮތުން އޭނާ އަށް ގޯތި ލިބުމުގެ ޝަރުތު ހަމަވެ އެވެ.
އެކަނި ކުރިމަތިލައިގެން އޭނާ އަށް ވަނީ 62 ޕޮއިންޓު ލިބިފަ އެވެ. އަދި ގުޅިގެން ހުށަހަޅައިފިނަމަ ގޯތި ލިބުމުގެ ފުރުސަތު އޮތް ކަމަށް އެ ލިސްޓުގައި ބުނެފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ އަކީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ އިންޑިއާ ރައްޔިތެކެވެ. އޭނާ ރަށްވެހިކަން ހޯދާފައި ވަނީ 2019 ވަނަ އަހަރު އެވެ. އަދި ދިވެހި އައިޑީކާޑާއި ޕާސްޕޯޓެއް ވެސް އޮވެ އެވެ.
އަދި އޭނާއަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ މީހެކެވެ.
ނަމަވެސް ރާއްޖޭގެ ރަށްވެހިކަން ހޯދިތާ ފަސް އަހަރު ވެސް ނުވާ މީހަކަށް ގޯތި ލިބިފައިވާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދިނުމުގެ އުސޫލުގައި ބުނާ ގޮތުން ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މާލެ ރައްޔިތަކަށްވާން ޖެހެ އެވެ.
މާލެ ރައްޔިތެއް މާނަ ކުރާ ގޮތަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެ އުސޫލަށް ގެނައި އިސްލާހުގައި ބުނާ ގޮތުން މާލެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރަޖިސްޓާވެފައި ނުވާ މީހުންނެވެ.
ނަމަވެސް އެ މީހެއްގެ މަންމަ އަކީ ނުވަތަ މަންމަ އަކީ މާލެ ރައްޔިތެއް ކަމަށްވެފައި ސަރުކާރުން ހިންގާފައިވާ ސިޔާސަތެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށްފަހު މިހާރު މާލެ މީހެއްގެ ގޮތުގައި ރަޖިސްޓްރީވެފައި ވާނަމަ އެފަދަ މީހުން ވެސް ބަލާނީ މާލެ ރައްޔިތެއް ކަމުގައި ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން ވަނީ ގޯތި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލައިފަ އެވެ.
ގޯތި ލިބޭ ލިސްޓުގައި އަނެއްކާވެސް އިންޑިއާ މީހެއް
ހުޅުމާލެ 2 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށްފި
މާލޭގެ ދެ ގެއެއް ނީލަމުގައި ބޭންކުން ވިއްކާލަނީ
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް 14 ދުވަހުން ނިމިއްޖެ
ގޯތި ލިބުނު ފަހުން މަރުވި މީހުންގެ ބިން ވާރިސުންނަށް
ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރު ނަގައިފި
ރައީސްގެ މެސެޖަކާ އެކު، މާލެ ބިންވެރިންގެ ސައްލާ މިރޭ
ފަޅުން ގޯތި ދިނީ އަވަހަށް ހިއްކާ ނިމޭނެތީ: އަކްރަމް
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
ކުރީގެ ބިން ދޫކޮށްލަން ޖެހޭ މުއްދަތު އިތުރުކޮށްފި