Roadha Mihaaru
ގެ ހެދީ އެކޮޅުކޮޅުން، ސަމާލުކަން ބޮޑު

ގެ ހެދީ އެކޮޅުކޮޅުން، ސަމާލުކަން ބޮޑު

29 ޖެނުއަރީ 2022

އިމާރާތްކުރުމުގެ ދާއިރާ އަށް މިހާރު އައިސްފައި އޮތް ކުރިއެރުމާ އެކު ކޮންމެ ފަދަ ގޮތަކަށް ވެސް އިމާރާތެއް ހަދައިފާނެ އެވެ. ކޮލަމްބިއާ އިން މިހާރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ވެސް އުޅެނީ މުޅިން ތަފާތު ގޮތަކަށް ހަދާފައި ހުރި ގެއަކަށެވެ. މި ގެ ހުންނަނީ އެކޮޅުކޮޅުންނެވެ. އެހެންވެ ކޮލަމްބިއާގެ ގުއަޓަވީޓާގައި ހަދާފައިވާ މި ގޭގެ ފުރާޅޮ އޮންނަނީ ބިންމަތީގަ އެވެ. ތަޅުންގަނޑު ވައިގެ ތެރޭގަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ނިންމައި މިހާރު އާންމުންނަށް ދައްކައިލަން ވެސް ހުޅުވާލާފައިވާ މި ގޭގެ ވެރިޔަކީ ކޮލަމްބިއާގައި ދިރިއުޅޭ އޮސްޓްރިއާގެ ރައްޔިތެއް ކަމަށްވާ ފްރިޒް ޝަލް އެވެ. އޭނާ ބުނި ގޮތުގައި އާންމު އުސޫލާ މުޅިން ހިލާފަށް ގެއަށް ހެދުމުގެ ހިޔާލު އައީ މީގެ ހަތް އަހަރު ކުރިން ކާފަދަރިންނާ އެކު އުފަން ގައުމަށް ކުރި ދަތުރެއްގެ ތެރޭގައި ފެނުނު ގެއަކާ ހެދި އެވެ.

"އެ ގެ ވެސް ހުރީ ހަމަ މި ކަހަލަ ގޮތަކަށް. އެ ގެ ފެނިފައި ހިތަށް އެރީ ކޮންމެވެސް ދުވަހަކުން އަހަރެން ވެސް އެ ޒާތަށް ގެއަށް ހަދާނަމޭ،" ފްރިޒް ބުންޏެވެ.

އޭނާ ބުނީ އެކޮޅުކޮޅުން ގެ ހަދަން ނިންމި ވާހަކަ އާއިލާ އާއި ގާތް މީހުން ގާތު ބުނުމުން އެކަމާ އެ މީހުން އަންތަރީސްވެގެން އުޅުނު ކަމަށެވެ.

"ފުރަތަމަ އައި ރިއެކްޝަނަކީ ތިއީ ހަމަ ވެދާނެ ކަމެއްތޯ؟ ދެން އެންމެން ވެސް ބުނެފި ތިކަންވޭތޯ ބަލާށޭ،" ފްރިޒް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ގެ ހަދަން ފުރަތަމަ އުޅުނީ 2020 ހިސާބުގަ އެވެެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ހެދި މަސައްކަތް ނުުރެވި ދިގުލައިގެން ދިޔައީ އެވެ.

"މިހާރު ގެ ނިންމައި އެ ހުރީ އާންމުންނަށް ދައްކަލައިކަން ހުޅުވާލާފައި. ވަރަށް ގިނަ މީހުން ޒިޔާރަތްކުރޭ ގެ ބަލާލަން. އެކޮޅުކޮޅުން ހުރި ގެއެެއްވީމަ ގޭތެރެއިން ވެސް މުޅިން ތަފާތު ތަޖުރިބާބާއެއް ކުރެވޭނެ،" ފްރިޒް ބުންޏެވެ.