Roadha Mihaaru
އަނބިމީހާ ރުއްސަން ހެދީ އެނބުރޭ ގެއެއް

އަނބިމީހާ ރުއްސަން ހެދީ އެނބުރޭ ގެއެއް

13 އޮކްޓޯބަރ 2021

ގެ ހުންނަ ގޮތާ މެދު އަބަަދު އަނބިމީހާ ޝަކުވާކޮށް ހަދާތީ އޭނާގެ ރުއްސަން ބޮސްނިއާގެ މީހަކު އެނބުރޭ ގެއެއް ހަދައި ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ގެ ހުންނަ ގޮތާ މެދު އަބަަދު އަނބިމީހާ ޝަކުވާކޮށް ހަދާތީ އޭނާގެ ރުއްސަން ބޮސްނިއާގެ މީހަކު އެނބުރޭ ގެއެއް ހަދައި ދީފި އެވެ.

ބިން ބޮޑު އަދި ފެހިކަން ގަދަ ސަރަހައްދެއްގައި އާދައިގެ ގޮތަކަށް ހެދި މި ގެ މިހާރު 360 ޑިގްރީއެއް އެނބުރޭނެ އެވެ. އެހެންވެ، ދެން ޝަކުވާ ކުރަމުން ދިޔަ އަނބިމީހާ އަށް ގޭތެރޭގައި އޭނާ އެ ވަގުތަކު އިން ތަނެއްގައި އިނދެގެން އިރުއަރާ މަންޒަރާއި އިރުއޮއްސޭ މަންޒަރު ވެސް ފެންނާނެ އެވެ. އެކަމަކު ގެއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މީޑިއާތަކުގައި އޭނާ ދައްކާކަށް ބޭނުމެއް ނޫނެވެ.

ތަފާތު ގޮތަކަށް ގެ ހަދައިދިން ފިރިމީހާ ވޯޖިން ކުޒިކް، 27، ރޮއިޓާސް އަށް ބުނީ އެނބުރޭ ގެއާ އެކު އަންހެނުންގެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަބަދު އަބަދު ޝަކުވާތައް އިވިއިވި އަހަރެން ވަރުބަލި ވެސްވެއްޖެ. އެހެންވެ ނިންމީ އާންމުން މީހުން ނަހަދާ ގޮތަށް އެނބުރޭ ގެއެއް ހަދައި ދީގެން ޝަކުވާތަކަށް ނިމުމެއް ގެންނަން." އުތުރު ބޮސްނިއާގެ ސަބެކް އަަވަށުގައި ހުރި ގެއާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ކުޒިކް.

ކުޒިކް.

ކުޒިކް ބުނި ގޮތުގައި ގެ މިހާރު ހަދާފައި ހުރީ 24 ގަޑިއިރު އެނބުރޭ ގޮތަށެވެ. އެގޮތުން އެންމެ ބާރު ދުވެލީގައި އެންމެ 22 ސިކުންތުގެ ތެރޭގައި ވަށައި ބުރެއް ޖަހަ އެވެ.

"މިއީ ހަމަ މުޅިން އަމިއްލަ މަސައްކަތް. އެކަމަކު އަހަރެން ނުބުނާނަން މިއީ މުޅިން އާ ކަމެކޭ. އަދި އަހަރެން ކުރި ވަރަށް މޮޅު ކަމެކޭ ވެސް. މިއީ އެނގިފައި ހުރި އެއްޗެއްގެ ބޭނުން ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ކުރެވުނު މަސައްކަތެއް ކަމަށް އަހަރެން ދެކެނީ." ކުޒިކް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އެނބުރޭ ގޭގެ ތަޖުރިބާ އިން އެނގުނު އެއްޗަކީ ކަމެއް ކުރަން އަޒުމް ކަނޑައަޅައިގެން އެކަމެއް ކޮށްފި ނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ވެދާނެ ކަމެވެ.

"އެކަމަކު މުޅި ގެ ނިންމަން ހައެއްކަ އަހަރު. އަހަންނަކީ ހިތުގެ މައްސަލަތަކެއް ވެސް ހުންނަ މީހަކަށްވާތީ ދޭތެރެ ދޭތެރެ އިން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާވޭން ވެސް ހޯދަން ޖެހޭތީ ގޭގެ މަސައްކަތްތައް އެންމެ ބޭނުންވި ސްޕީޑްގައި ނުކުރެވޭ." ކުޒިކް ބުންޏެވެ.

އެކަމަކު މި މަސައްކަތް ފެށި ފަހުން އޭނާގެ އަބަދު ވެސް ދުއާ އަކީ އުމުރު ދިގުކޮށް ދިނުމެވެ. ސަބަބަކީ އެނބުރޭ ގެއެއް ހަދައިދޭން އަންހެނުން ގާތުވި ވައުދު ވެސް ފުއްދައި ދިނުމަށްޓަކަ އެވެ.

"އެހާ ދުވަސް ފަހުން ވެސް މިކަން ކާމިޔާބުވީމަ ވަރަށް ހިތްހަމަ ޖެހިފައި މި ހުރީ." ބިންހެލުން ފަދަ ގުދުރަތީ ހާދިސާތަކުން ވެސް ރައްކާތެރިކޮށްދޭ ގޮތަށް ހަދާފައިވާ ގެއާ ބެހޭ ގޮތުން ކުޒިކް ބުންޏެވެ.