Roadha Mihaaru

ރިހެބުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ރިހެބުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

15 މެއި 2020

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.

ހިންމަފުށީ ކައުންސިލްގެ ނައިބު ރައީސް ހަސަން ފާއިޒް، "މިހާރު" އަށް ވިދާޅުވީ އެ ތިން މީހުން ޕޮޒިޓިވްވިކަން އެނގުނީ މީގެ ތިން ދުވަސް ކުރިން ރިހެބުގެ 10 މީހެއްގެ ރެންޑަމް ސާމްޕަލް ނަގައި ހެދި ޓެސްޓްގެ ނަތީޖާ މިއަދު ލިބުމުން ކަމަށެވެ.

ރިހެބުން ތިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެޗްޕީއޭ އިން ވަނީ ހިންމަފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

Bayaku "Positive" vumun Himmafushi monitoring ge haalathah

Bayaku "Positive" vumun Himmafushi monitoring ge haalathah

The most trusted news source in the Maldives

Mihaaru

ހިންމަފުށި މޮނީޓަރިންގެ ހާލަތަށް ގެނައުން

ފާއިޒް ވިދާޅުވި ގޮތުގައި، ޕޮޒިޓިވްވި މީހުންނާ ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ހިންމަފުށީގެ މީހުން އެ ސެންޓަރުގައި މަސައްކަތް ކުރާތީ ޕޮޒިޓިވްވި މީހުންނާ ރަށުގެ ބައެއް މުވައްޒަފުން ބައްދަލުވެފައި ހުރުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ފާއިޒް ވިދާޅުވީ، ޕޮޒިޓިވްވި ތިން މީހުންނަކީ މާލެ އިން ކޮވިޑް-19 ގެ މީހަކު މިދިޔަ މަހުގެ 15 ގައި ފެނުމުން، އެ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ފަރުވާ އަށް އެ ސެންޓަރަށް ގެންގޮސްފައިވާ ބައެއް ކަމަށެވެ. އެ މީހުންނަށް އެ ބަލި ޖެހުނު ގޮތެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ފާއިޒް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް މިހާތަނަށް ހިންމަފުށިން އެ ރަށު މީހަކު ޓެސްޓް ކޮށްފައެއް ނުވެ އެވެ.

ކ. އަތޮޅު ހިންމަފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެ އަތޮޅު ތުލުސްދޫން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށް ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މާލެއާ ވަރަށް ކައިރީގައި އޮންނަ ހިންމަފުއްޓަކީ މަސް ފެކްޓަރީތަކާއި ލައިފް ފެން ފެކްޓަރީ ވެސް ހިންގާ ރަށެވެ. މޮނީޓަރީންގެ ހާލަތަށް ގެނައުމުން އެ ރަށަކަށް އަރައިފޭބުން މަނާވާނެ އެވެ. ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުކުތުން ވެސް އެ ހާލަތުގައި މަނަލެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކަށް މިއަދު އަރާފައިވާއިރު، މާލެ ފިޔަވައި މި ބަލީގެ މީހުން ފެނިފައިވަނީ ހިންމަފުޓާއި ނ. މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫންނެވެ.