ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ކޮވިޑް-19 ފެތުރުނީ މިދިޔަ މަހު އެތަނަށް ފަރުވާ އަށް ގެންދިޔަ މީހެއްގެ ފަރާތުން ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ/
16 މެއި 2020
ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ކޮވިޑް-19 ފެތުރުނީ މިދިޔަ މަހު އެތަނަށް ފަރުވާ އަށް ގެންދިޔަ މީހެއްގެ ފަރާތުން ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ/
ރިހެބުގައި ފަރުވާ ހޯދަމުން އަންނަ އަންހެނަކާއި ދެ ފިރިހެނުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
އެ ތަނުގައި ތިބި ތިން މީހަކު ބައްޔަށް ޕޮޒިޓިވްވުމަކީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ވެސް ކަންބޮޑުވުމެކެވެ. އެ ތަނުން ބުނިގޮތުގައި މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމުގެ ކުރިން، އެތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންނާ ބައްދަލުވާ މުވައްޒަފުން އެ ސެންޓަރުން ވަދެ ނިކުތުން ވަނީ ހުއްޓާލައިފަ އެވެ.
Rehab ah Covid-19 vaiygotheh neiygey, varah kanboduvey: NDA
The most trusted news source in the Maldives
Mihaaru
ރިހެބަށް ކޮވިޑް-19 ވަތްގޮތެއް ނޭންގޭ ކަމަށް އެންޑީއޭއިން ބުނުން
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެންމެ ފަހުން ރިހެބަށް ފަރުވާ ހޯދަން މީހަކު ދިޔައީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ހަތަރު މީހަކު އެ ތަނަށް ދިޔަ ކަމަށާއި ޕޮޒިޓިވްވި ތިން މީހުންގެ ތެރޭގައި އޭގެ ތެރެއިން އެކަކު ހިމެނޭ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"އޭނާ ޑީޓީއާރުސީއަށް ދިއުމުގެ ކުރިން ގޮސްފައިވާ ތަންތަނަށް އަޅުގަނޑުމެން ބަލައިލިއިރު އޭނާ ގޮސްފައި ހުރި އެއް ގެއަކުން މިއަދު އަޅުގަނޑުމެންނަށް ބޭރު މީހަކު، ޕޮޒިޓިވް މީހަކު ވަނީ އައިޑެންޓިފައި ކުރެވިފައި. އެހެންވީމަ މިއީ އެ ތަނަށް ބަލި ދިއުމުގެ ޕޮޒިބަލް ރޫޓަށް ވެދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ،" ނަޒްލާ ވިދާޅުވި އެވެ.
ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓް ޓްރޭސިން ހަދައި ކޮންޓެކްޓްވި މީހުން ދެނެގަނެވިފައިވާ ކަމަށްވެސް ނަޒްލާ ވިދާޅުވި އެވެ.
"އެ ތަން ލޮކްޑައުން ކުރިކަމަށް ވިޔަސް ކޮންމެވެސް ވަރަކަށް ބައެއް ސްޓާފުން އެތަނުގެ މެނޭޖްމަންޓަށް ނޭނގި އެ ރަށު ތެރެއަށް ކޮންމެވެސް ވަރަކަށް ގޮސްފައިވޭ. އަދި ރަށު ތެރޭގައި އުޅެފައިވާ ކަމަށް. އެހެންވީމަ އެމީހުންގެ މައުލޫމާތު އަޅުގަނޑުމެން އިތުރަށް ހޯދާފައި ވަނީ،" ނަޒްލާ
އެންމެ ފަހުން ރިހެބަށް ގެންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހުން މިވަގުތު ރިހެބުގައި ނެތް ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ. އެގޮތުން އެކަކު އާއިލީ ކަމެއްގައި މާލެ ގެނެސްފައިވާއިރު އެހެން މީހަކުވެސް އިތުރު ސަބަބަކާ ހުރެ އެތަނުން ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 22 އިން ފެށިގެން އެ ސެންޓަރު ވަނީ ލޮކްޑައުންގެ ހާލަތަށް ގެނެސްފައި ކަމަށް އެންޑީއޭއާ ހަވާލާ ދެއްވައި ނަޒްލާ ވެސް ވިދާޅުވި އެވެ.
ނަމަވެސް ފަރުވާ ހޯދާ ދެ މީހަކު ބަލިވެގެން އިތުރު ފަރުވާ ހޯދުމަށް ހިންމަފުށީ ސިއްހީ މަރުކަޒަށް އޭގެ ފަހުން ގެންދިޔަ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އަދި އެތަން ލޮކްޑައުން ކުރިއަސް ބައެއް މުވައްޒަފުން އެ ރަށު ތެރެއަށް ގޮސް ހަދާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"އެ ތަން ލޮކްޑައުން ކުރިކަމަށް ވިޔަސް ކޮންމެވެސް ވަރަކަށް ބައެއް ސްޓާފުން އެތަނުގެ މެނޭޖްމަންޓަށް ނޭނގި އެ ރަށު ތެރެއަށް ކޮންމެވެސް ވަރަކަށް ގޮސްފައިވޭ. އަދި ރަށު ތެރޭގައި އުޅެފައިވާ ކަމަށް. އެހެންވީމަ އެމީހުންގެ މައުލޫމާތު އަޅުގަނޑުމެން އިތުރަށް ހޯދާފައި ވަނީ،" ނަޒްލާ ވިދާޅުވި އެވެ.
ރިހެބުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިންމަފުށީގެ މީހުން ގިނަ އެވެ.
ރިހެބުން ތިން މީހަކު ޕޮޒިޓިވްވުމުން ހިންމަފުށިން މިއަދު އިތުރު 156 ސާމްޕަލް ވަނީ ނަގައިފަ އެވެ އޭގެ ތެރޭގައި ހިމެނެނީ ރިހެބުން ނެގި 37 ސާމްޕަލަކާއި އައްސޭރި ޖަލުން 37 ސާމްޕަލްއަކާއި އިންޑަސްޓްރިއަލް ވިލެޖުން 45 ސާމްޕަލްއަކާއި ރަށު ތެރެއިން ރެންޑަމްކޮށް ނެގި 38 ސާމްޕަލްއެކެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
ހިންމަފުށީފައި ހުންނަ ރިހެބުން ތިން މީހަކު ޕޮޒިޓިވްވުމުން އެ ރަށް އެޗްޕީއޭ އިން ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ރިހެބަށް ކޮވިޑް ވަނީ ކައުންސިލްގެ އަޑުނޭހުމުން: ޝާން
ރިހެބުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ރާއްޖޭގައި މާސްކް އެޅުން ދެން މަޖުބޫރެއް ނުވާނެ
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
ފުރަތަމަ ޑޯޒަށްފަހު މާބަނޑުވެއްޖެނަމަ ދެން ދޭނީ ފައިޒާ
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަދީފި
މާލޭގައި ރެންޑަމް ސާމްޕަލް ނަގަން އަލުން ފަށައިފި