އަންނަ މަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހުމަދު ތޯރިގް (ޓޮމް) ގެންނަން ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާއީދުކޮށްފި އެވެ.
15 އޮކްޓޯބަރ 2016
އަންނަ މަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި އަހުމަދު ތޯރިގް (ޓޮމް) ގެންނަން ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާއީދުކޮށްފި އެވެ.
މީގެ ތިން މަސް ކުރިން ބޭއްވި އިންތިހާބު ތޯރިގް ކާމިޔާބުކުރެއްވި ނަމަވެސް އެގްޒެކެޓިވް ކޮމިޓީގެ ފަސް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ އެކްސްކޯ އުވި އަލުން އިންތިހާބު ބާއްވަން ވަނީ ޖެހިފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން ނުވަތަ ނޫންކަން ވެސް ތޯރިގް މިހާތަނަށް ހާމަކުރައްވާފައެއް ނުވެ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބުގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް ވިދާޅުވީ އިންތިހާބަށް ތޯރިގުގެ ނަން އެންޑޯޒްކުރަން އެ ކްލަބުގެ ބޯޑުން ރޭ ނިންމާފައިވާ ކަމަށާއި އެކަމަކު މިކަމުގައި ތޯރިގުގެ ފަރާތުން އެއްވެސް އެއްޗެއް އަދި ބުނެފައި ނެތް ކަމަށެވެ.
"އެފްއޭއެމްގެ އިންތިހާބުގައި ތޯރިގް ވާދަކުރާނެ ކަމުގެ އަޑު ފެތުރިފައިވަނިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ބޯޑުން މި ގޮތަށް ނިންމުމާ އެކު، އެފްއޭއެމްގެ ރައީސަކަށް ތޯރިގް ވާދަކުރާނެ ކަމުގެ ޔަގީންކަން ވަނީ ލިބިފައި،" ފާއިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބަކުން ތޯރިގަށް ތާއީދުކުރާނެ ކަމުގެ މައުލޫމާތު އެ ކްލަބަށް ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ތޯރިގުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް އެކަންޏެވެ.
އެކްސްކޯ އުވުމުގެ ކުރިން އެފްއޭއެމްގެ ރައީސް ތޯރިގް ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް ވަކިކުރައްވައިފަ އެވެ. އެކަމަކު، އޭނާ ވަކިކުރީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ނިންމައި ފީފާ އިން ވަނީ ބައްސާމް އަލުން މަގާމާ ހަވާލުވާން އަންގައިފަ އެވެ.
އެފްއޭއެމްގެ އިމަޖެންސީ ކޮމިޓީއެއް ނެތުމާ އެކު އިންތިހާބު އިއުލާންކޮށް މިވަގުތު އެފްއޭއެމް ހިންގުމާ ހަވާލުވެފައިވަނީ ބައްސާމެވެ. އެކަމަކު އިންތިހާބު ކުރިއަށްގެންދާނީ ކޮންގްރެސް އިން ފާސްކޮށްފައިވާ އިލެކްޓޯރަލް ކޮމިޓީންނެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު
ހުޅުމާލޭ ބިން އަލުން ހޯދަން އެފްއޭއެމުން މަޝްވަރާ އަށް
ޔޫތު ލެވެލް ފުޓްބޯޅަ އަށް ރަނގަޅު ގޮތެއް ހޯދައިދޭނަން
އަންހެން ފުޓްބޯޅަ ފަށަން އެސްއޯއީތަަކަށް ދައުވަތުދެނީ
ހަފުތާއެއްގެ ތެރޭ ފުޓްބޯޅަ ކަލަންޑަރު ފައިނަލު ކުރަނީ
އެފްއޭއެމްގެ މަގާމާ ހަވާލުވެ އުމޭރު ކުޅުން ހުއްޓާލައިފި
ފުޓްބޯޅައަށް އިސްލާހުތަކެއްގެ ގެންނާނެކަމުގެ އުއްމީދުގައި
ފުޓްބޯޅަ ކޮޅަށްނަގަން ރަށްތަކަށް ޓޮމް ދެނީ ޔަގީންކަން
އަތޮޅުތަކަށް އެފްއޭގައި ބަސްބުނުމުގެ ހައްގުދޭނަން: ޓޮމް
އެފްއޭ އިންތިހާބު: ހުރިހާ ކްލަބެއްގެ ތާއީދު ޓޮމް އަށް