ޑިވެލޮޕްމެންޓް ފުޓްބޯޅަ ނުވަތަ ޔޫތު ގައުމީ ޓީމުތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދޭނެ ކަމަށާއި އެކަމަކު، އެކަންކަން ނިންމާނީ ޓެކްނިކަލް މީހުންގެ މަޝްވަރާގެ މަތިން ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
03 އޯގަސްޓް 2025
ޑިވެލޮޕްމެންޓް ފުޓްބޯޅަ ނުވަތަ ޔޫތު ގައުމީ ޓީމުތަކަށް ވާދަވެރި މެޗުތަކެއް ހޯދައިދޭނެ ކަމަށާއި އެކަމަކު، އެކަންކަން ނިންމާނީ ޓެކްނިކަލް މީހުންގެ މަޝްވަރާގެ މަތިން ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްއާ ގުޅިގެން މޯލްޑިވްސް ސޮކަ މޭޓްސްއިން މިދިޔަ އަހަރު ބާއްވަން ފެށި ދިވެހި ޔޫތު ލީގަކީ ޑިވެލޮޕްމެންޓް ފުޓްބޯޅަ އަށް ހާއްސަކޮށް ބާއްވާ އެއް މުބާރާތެވެ. ދެން އޮތީ މިދިޔަ ދެ އަހަރު މެދުކެނޑުނު އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތެވެ. އަދި ކޮންމެ އަހަރަކު އެއްފަހަރު އެކި އުމުރުފުރާތަކަށް ޔޫތު ޗެމްޕިއަންޝިޕް ވެސް އެފްއޭއެމުން ބާއްވަ އެވެ.
އިންޓަ ސްކޫލް ބާއްވި އިރު ބޭއްވީ މުބާރާތް ކުރުގަޅުވާލައިގެން އަވަހަށް ނިންމައިލެވޭތޯ އެވެ. ޔޫތު ޗެމްޕިއަންޝިޕަކީ ކުރު މުބާރާތެކެވެ. ވާދަވެރި ލީގެއްގެ ގޮތުގައި މިދިޔަ އަހަރު ދިވެހި ޔޫތު ލީގުގައި ތިން އުމުރުފުރާއަކުން އެއް ބުރުގެ ލީގެއް ކުޅުނެވެ.
ތޯރިގް ވިދާޅުވީ ހާއްސަގޮތެއްގައި އުމުރުން 19 އަހަރުންދަށް އަދި 16 އަހަރުންދަށުގެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.
"އުމުރުން 16 އަހަރުންދަށް އަދި 17 އަހަރުންދަށް 19 އަހަރުންދަށުގެ އުމުރުފުރާއަކީ މިހާރު އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދޭންޖެހޭ އުމުރުފުރާއަށް ވެފައި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގައި އެބައޮތް ޔޫތު ޓީމުތަކެއް. އެހެންވީމަ (ޔޫތު ލީގު) ވާދަވެރިކޮށް ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމު ކަމެއް،" ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޓަ ސްކޫލް މުބާރާތާ މެދު ގޮތް ނިންމާނީ ޓެކްނިކަލް މީހުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
"ޔޫތު ލީގު ކުޅުންތޯ، އިންޓަ ސްކޫލް ކުޅުންތޯ. އަޅުގަނޑު ދޫކޮށްލާނީ ޓެކްނިކަލް ބޭފުޅުންނަށް،"
އެފްއޭއެމްގެ އެކި ކޮމިޓީތަކަށް މީހުން އައްޔަން ކުރުމަށް، ކްލަބްތަކުން ކެންޑިޑޭޓުންގެ ނަންތައް ފޮނުވަން އެފްއޭއެމުން ވަނީ އަންގައިފަ އެވެ. ނަންތައް ފޮނުވުމުގެ ސުންގަޑިއަކީ މިއަދުގެ 2 ޖެހުމުގެ ކުރިންނެވެ. އެ ކޮމިޓީތަކުގެ ތެރޭގައި ޓެކްނިކަލް އަދި ޑިވެލޮޕްމެންޓް ކޮމިޓީ ވެސް ހިމެނެ އެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް އަންނަ އަހަރު
ހުޅުމާލޭ ބިން އަލުން ހޯދަން އެފްއޭއެމުން މަޝްވަރާ އަށް
އަންހެން ފުޓްބޯޅަ ފަށަން އެސްއޯއީތަަކަށް ދައުވަތުދެނީ
ހަފުތާއެއްގެ ތެރޭ ފުޓްބޯޅަ ކަލަންޑަރު ފައިނަލު ކުރަނީ
ފުޓްބޯޅައަށް އިސްލާހުތަކެއްގެ ގެންނާނެކަމުގެ އުއްމީދުގައި
ފުޓްބޯޅަ ކޮޅަށްނަގަން ރަށްތަކަށް ޓޮމް ދެނީ ޔަގީންކަން
އަތޮޅުތަކަށް އެފްއޭގައި ބަސްބުނުމުގެ ހައްގުދޭނަން: ޓޮމް
އެފްއޭ އިންތިހާބު: ހުރިހާ ކްލަބެއްގެ ތާއީދު ޓޮމް އަށް
ކުރިން ބައްސާމް ފަޅީގައި އޮތް ގްރީންގެ ތާއީދު ތޯރިގަށް
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް